އަތާއި އަތްތިލައިގެ ހަންގަނޑު ކުރަކިވެ ހަންގަނޑު ހަލާކުވެފައި ހުރުމަކީ އެކަމުގެ ސަބަބުން ޒީނަތްތެރިކަމާއި ރީތިކަން ގެއްލޭ ކަމެއްގެ ގޮތުގައި ވަރަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެހެންކަމުން އަތުގެ ހަންގަނޑު ރީތިކަންމަތީ މަޑުކޮށްދީ، ހަންގަނޑުގެ ތާޒާކޮށް އެގޮތުގައި ދެމެހެއްޓުމަކީ ވަރަށް ގިނަ ބައެއްގެ އުންމީދާއި ގުޅިފައިވާ ކަމެކެވެ.

އާންމު ގޮތެއްގައި ވެސް ފިހާރަތަކުން ގިނަ ވައްތަރު ވައްތަރުގެ ހޭންޑް ކްރީމް އާއި މޮއިސްޗަރައިޒާ ފަދަ ތަކެތި، އަތުގެ ހަންގަނޑަށް ޚައްސަކޮށްގެން ލިބެން ހުރެއެވެ. ނަމަވެސް ގިނަ ފަހަރަށް މިގޮތަށް ވިއްކަން ހުންނަ ބާވަތްތަކަކީ އެއިން މާ އެދެވޭ ނަތީޖާއެއް ނުފެންނަ، އަދި އުންމީދުކުރާ ފަދަ ބަދަލެއް ގެނުވައިދޭ ބާވަތްބާވަތަކަށް ނުވެއެވެ.

އެހެންކަމުން ހަންގަނޑަށް އެންމެ ފައިދާކުރުވައި ހަންގަނޑުގެ ތާޒާކަން އެންމެ ޔަޤީންކަމާއެކު ދަމަހައްޓަން އެދޭނަމަ، ބާރުގަދަ މާއްދާތަކާއި ކެމިކަލްތަކާއި އެފަދަ އެނޫންވެސް ގެއްލުންހުރި ބައިތައް މަދު ނުވަތަ އެއްވެސް ގޮތަކަށް ނުހިމެނޭ އުފެއްދުމެއް އިޚްތިޔާރު ކުރަން ޖެހެއެވެ. އެއީ އެފަދަ އުފެއްދުންތަކުގެ ސަބަބުން ބައެއް ހާލަތްތަކުގައި ހަންގަނޑުގެ ރީތިކަން ގެއްލި އަލުން އަނބުރާ އެ ރީތިކަން ގެނައުމަށް އެތައް ޚަރަދަކާއި ދުވަހެއް ހޭދަވާތީއެވެ.

ގިނަބައެއްގެ އިތުބާރު ހޯދާފައިވާ "ފުޓްވާން" ބްރޭންޑުގެ ހޭންޑް ކްރީމް، އެފަދަ އެހެން ހޭންޑް ކްރީމްތަކާއި ތަފާތުވާ ސަބަބުތައް ގިނައެވެ. ހަންގަނޑަށް ރައްކާތެރި، އެންމެ ބޭނުންތެރި މާއްދާތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ މި ހޭންޑް ކްރީމްއަކީ އަތުގެ ހަންގަނޑު ތާޒާކޮށްދީ، ހަންގަނޑުގެ ރީތިކަން ދަމަހައްޓައި ދިނުމުގައި ގިނަ ބަޔަކު ލޮލުން ދެކެ، އަތުން ހިފާފައިވާ އިތުބާރުހުރި ކްރީމެކެވެ.

ވިޓަމިން-އީ ގައި އެކުލެވޭ ނިއުޓްރިއެންޓްސް އާއި އެވޮކާޑޯ އޮއިލް އަދި ހަންގަނޑަށް ފައިދާކުރަނިވި އެނޫންވެސް އެތައް ބައެއް ހިމަނައިގެން އުފައްދާފައިވާ މި ހޭންޑް ކްރީމް އަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަތުގެ ހަންގަނޑަށް އެދެވޭ ބަދަލުތަކެއް ގެނުވައިދީ ހަންގަނޑު ރީތިކޮށްލާ މޮޅު ކްރީމެކެވެ. ހަމަ އެހެންމެ އާދަކޮށް މި ކްރީމް ބޭނުންކުރަން ފެށުމުން ހަންގަނޑު އޮމާންވެ، މަޑުކޮށްދީ ތާޒާކަންމަތީ ހަންގަނޑު ދަމަހައްޓައިދެއެވެ.

ތަޖުރިބާގެ އަލީގައި މި ހޭންޑް ކްރީމް ބޭނުންކޮށްފައިވާ ފަރާތްތަކުން ބުނާގޮތުގައި، "ފުޓްވާން - ހޭންޑް ކްރީމް" އަކީ ޖާދުލެކެވެ. އޭގައި ހިމެނޭ މުހިންމު ފައިދާކުރުވަނިވި ބައިތަކުގެ ސަބަބުން، އަތުގެ ހަންގނޑުގައި ކަޅުވެފައި ހުންނަ ތަންތަން ފިލުވާލާ، އަބަދުމެ އަބަދަށް މޮއިސްޓްވެފައި ހުރުމަށް އެހީއަކަށް ވެއެވެ. އަދި ގެއްލުންދެނިވި ބައިތަކުން ހަންގަނޑު ރައްކާތެރިކޮށްދީ މަރުވެފައިވާ ހަންތައް ފިލުވާލާ ހަންގަނޑު އާކޮށްދިނުމަށްވެސް މި ހޭންޑް ކްރީމް އެހީއަކަށް ވާކަމަށް އެފަރާތްތަކުން ބުނެއެވެ.

ހުރިހާ ވައްތަރެއްގެ ހަންގަނޑަކާއި ވެސް އެކަށީގެންވާ ގޮތަށް އުފައްދައި ތައްޔާރުކޮށްފައިވާ މި ހޭންޑް ކްރީން ކޮންމެ ދުވަހެއްގައި އެއްފަހަރަށްވުރެ ގިނައިން ބޭނުންކުރެވިދާނެއެވެ. އަދި ހަންގަނޑު ހިކިފައިވާނަމަ އާދަކޮށް އެކި ވަގުތުތަކުގައި މި ކްރީމް އަތުގައި ހާކާލުން ރަނގަޅެވެ. މިގޮތުން މި ކްރީމް އަތުގައި ހޭކުމަށްފަހު ރަނގަޅަށް ހަންގަނޑުގެ ތެރެޔަށް ވަންނާންދެން މަޑުމަޑުން އުނގުޅާލަން ވާނެއެވެ. މިގޮތުގެ މަތީން އާދަކޮށް މި ހޭންޑް ކްރީމް ބޭނުންކުރަން ފެށުމުން، މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ހެޔޮ ނަތީޖާ ފެންނާން ފަށާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ކުރާ އޮންލައިން ވިޔަފާރި، "ލިބޭ" އިން މިހާރު މި ހޭންޑްކްރީމް ވިއްކަމުންދާއިރު، އެ ފަރާތުން މި ހޭންޑްކްރީމްގެ 40 ގްރާމްގެ ފުޅިއެއް ވިއްކަނީ 130 ރުފިޔާއަށެވެ. މި ޕްރޮޑަކްޓަށް އޯޑަކުރު ކުރުމާއި، އިތުރު މައުލޫމާތު، "ލިބޭ"ގެ ފޭސްބުކް ޕޭޖް "ލިބޭއެމްވީ" މެދުވެރިކޮށް ފޯރުކޮށްދެމުންދާއިރު، 7660630 ނަމްބަރު ފޯނަށް ގުޅައިގެންވެސް ކަސްޓަމަރުންނަށް އެ ފުރުސަތު އޮންނާނެއެވެ. މާލެ ސަރަޙައްދުން މި ޕްރޮޑަކްޓު ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތްވެސް "ލިބޭއެމްވީ" އިން އަންނަނީ ފޯރުކޮށްދެމުންނެވެ.



ލިބޭ އިން ވިއްކާ އިތުރު ބައެއް ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. މަދިރީގެ އުނދަގުލުން ސަލާމަތްވުމަށް، މީރުވަސް ދުވާ އެއާފްރެޝްނާއެއް
(އަގު: 100 ރުފިޔާ) [އިތުރު މައުލޫމާތު]

 


1. ދަތްފަނިކެއުން ހުއްޓުވާ ޚާއްސަ ދަތްއުނގުޅާ ބޭސް
(އަގު: 145 ރުފިޔާ) [އިތުރު މައުލޫމާތު]


2. ސެންޓިއޯ އަލޮވެރާ & ހަޔަލަނޭޓް ފޭޝަލް މާސްކް އަދި ސްކްރަބް
(އަގު - ފޭޝަލް މާސްކް: 300 ރުފިޔާ) / (އަގު - ފޭޝަލް ސްކްރަބް: 300 ރުފިޔާ) [އިތުރު މައުލޫމާތު]


3. އަލޮވެރާ ޖެލް
(އަގު: 150 ރުފިޔާ) [އިތުރު މައުލޫމާތު]


4. ކްލިނިކް: ފްރެޝް ޕްރެސްޑް - 7 ޑޭއި ސިސްޓަމް (1000 ރުފިޔާ) [އިތުރު މައުލޫމާތު]


5. ވަޓްސަން ބޮޑީ ވޮޝް - ސްޓްރޯބެރީ (410 ގްރާމް: 190 ރުފިޔާ) [އިތުރު މައުލޫމާތު]

6. ވަޓްސަން ބޮޑީ ވޮޝް - ޓަމަރިންޑް (410 ގްރާމް: 190 ރުފިޔާ) [އިތުރު މައުލޫމާތު]

7. ޕަތުންތިޕް - ހެއާކެއާ ޕެކް (1250 ރުފިޔާ) [އިތުރު މައުލޫމާތު]