ޓްރިޕްވެރިން އިން މިފަހަރު ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުން ގޮވައިގެން އިނގިރޭސިވިލާތާއި އަޔަރލެންޑްއަށް މިއަދު ފުރައިފިއެވެ.

މިދަތުރަކީ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް ދަރިވަރުން ތަޖުރިބާ ދަތުރެކެވެ.

މިދަތުރުގައި އެސްކޫލްގައި ކިޔަވަމުންދާ 18 ދަރިވަރެއްގެ އިތުރުން 3 މުދައްރިސުން ބައިވެރިވެއެވެ. މިދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާ ޓްރިޕްވެރިންގެ ފަރާތުން މައުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޔާމިން އިދުރީސް ވިދާޅުވީ "މިދަތުރަކީ ބިލަބޮންގ ސްކޫލްގައި އާރޓްއާއި ޘަޤާފަތް ކިޔަވަމުންދާ ދަރިވަރުން ތަޖުރިބާ ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ދަތުރެއް ކަމަށާއި މިދަތުރުގައި އިނގިރޭސިވިލާތުގެ އިތުރުން އަޔަރލެންޑްއަށް ދިއުމަށް ހަމަޖެހިފައިވާކަމަށާއި މިދަތުރުގައި ސްކޮޓްލެންޑް ވޭލްސް އަދި ނޯދަން އަޔަރލެންޑްގެ ތާރީޚީ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތާއި ތަޖުރިބާ ހޯދުމަށް ހަމަޖެހިފައިވާނެކަމަށެވެ" ދަރިވަރުންނާއިއެކު މިދަތުރުގައި ޓްރިޕްވެރިންގެ ފަރާތުން ބައިވެރިވާ ޔާމިން އިދުރީސް ވިދާޅުވިއެވެ.

10 ދުވަހުގެ މިދަތުރުގައި ލަންޑަނާއި ލިވަޕޫލް އަދި ބާރމިންހަމާއި ނިއުކާސަލް ފަދަ މަޝްހޫރު ސިޓީތަކުގެ އަސާރީ ތަންތަނަށް ދަތުރުގެ ބައިވެރިން ޒިޔާރަތްކުރާނެއެވެ. މިދަތުރުގެ ބައިވެރިންނަށް ގައިށްކޮށްދޭނީ ޕްރޮޕެޝަނަލް ގައިޑުންކަމަށް ޓްރިޕްވެރިން އިން މަޢުލޫމާތު ދެއެވެ. މިދަތުރާއި ބެހޭގޮތުން ބެލެނިވެރިންނާއި ސުކޫލުގެ މެނޭޖްމަންޓްއަށް މަޢުލޫމާތު ދިނުމުގެ ސެޝަންއެއް މިދިޔަ ހަފްތާގައިވަނީ ބާއްވާފައެވެ.

ޓްރިޕްވެރިންނަކީ ގިނަ ދިވެހިންތަކެއްގެ އިތުބާރު ލިބިފައިވާ ދިވެހިން ރާއްޖޭން ބޭރަށް ޗުއްޓީއާއި އެކިކަހަލަ ޓުއަރ ދެމުންއަންނަ ޓްރެވެލް އެޖެންސީއެކެވެ. ހެޔޮއަގެއްގައި ފެންވަރު ރަނގަޅު ގިނަ ޙިދުމަތްތަކަކާއެކު ދުނިޔޭގެ އެކިކަންކޮޅުތައް ބަލާލާއި ޗުއްޓީ ހޭދަކޮށްލުމަށް ދާން ބޭނުންވާ ފަރާތްތަކަށް ތަފާތު ޕެކޭޖްތަކެއް ތަޢާރަފްކޮށް ޓްރިޕްވެރިންއިން އަންނަނީ ޚިދުމަތް ފުޅާކުރަމުންނެވެ. މިގޮތުން އެމެރިކާ ރަޝިޔާ ސައުތު އެމެރިކާގެ ގައުމުތަކަށް އާޕެކޭޖްތަކެއްވަނީ ފަށާފައެވެ.