ހދ. ކުޅުދުއްފުށީ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް މިއަދު ފަށައިފިއެެވެ.

މިއަދު ހެނދުނު ކުޅުދުއްފުށީ އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ޝެޑިއުލް ދަތުރުތައް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހެއިރެވެ.

ޝެޑިއުލް ފުލައިޓްގެ ހިދުމަތް މިއަދު ފަށާފައިވާއިރު، އެ އެއަރޕޯޓަށް ދަތުރު ކުރާނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިންނެވެ. މިހާރު އެ އެއަރޕޯޓަށް އާއްމު ދަތުރުފަތުރަށް ހުޅުވާލެވިފައިވާއިރު، އެ އެއަރޕޯޓަށް ކުރާ ދަތުރުތަކުގެ ފުރަތަމަ ހަފްތާގެ ފްލައިޓްތައް އެއްކޮށް ފުލް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މޯލްޑިވިއަން އިން ބުނީ، މި މަހުގެ 17 ވަނަ ދުވަހު ހަމައަށް ފްލައިޓްތައްވެސް ފުލްވެފައިވާކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް މޯލްޑިވިއަން އިން ކުރަން ނިންމާފައި ވަނީ ދުވާލަކަށް އެއް ދަތުރެވެ.

ކުޅުދުއްފުށި އެއާޕޯޓް ތަރައްގީކޮށްފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުންނެވެ. ރަންވޭގެ މަސައްކަތް އެކަނި ނިންމުމަށް ފަހު ޔާމީންގެ ވެރިކަމުގައި ކުޅުދުއްފުށީގައި ފްލައިޓް ޖެއްސިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ތަކުރު

    ޝުކުރިއްޔާ ރައީސް ޔާމީން.

    37
    2
  2. ާަާަަައަސްލު

    އަލްހަމްދުލިﷲ...ސާބަހޭ ރޔާމީން

    35
    1
  3. ޚ

    ސާބަސް ރައީސް ޔާމިން

    35
    2
  4. ބޮނބި

    ޝުކުރިއްޔާ ރައިސް ޔާމީން..،????

    33
    2
  5. ޢިކުރާމު

    މިހާރުވެސް މިއުޅެނީ ދާނެއެއްޗެއްނުލިބިގެން ކީއްތަވާނީ މިދުވަސްކޮޅު 5 ވަރަކައް ފުލައިޓު ބޭއްވިއްޔާ ހަމަގައިމުވެސް ފުލްވާނެ

    26
    1
  6. އުނބު އާދަނު

    މި އެޔަރޕޯޓް އެޅިޔަ ނުދިނުމަށް އޭރުގެ އިދިކޮޅުން ހެސްކިޔާފަ މަސައްކަތްކުރިއެވެ. ކުޅި ހިއްކަން ފެށީމާ ޤުދުރަތީ މުއްސަދިކަން ގެއްލުވާލަނީއޭ ކިޔާ ރަށުގެ ރައްޔިތުންނަށް ކުޅީގެ ބޭނުމާ ނެގޭނޭ ފައިދާއާ މުހިއްމުކަން ހަދަހަދައިގެން ބުނެދީ ގެންވެސް އެ މަސައްކަތް ހުއްޓުވާލެވޭތޯ ގަދަ ފައިވިއްދިއެވެ. ނަމަވެސް އެއްތަންޑު ދޫނުދީ ރައީސް ޔާމީންވަނީ މަސައްކަތް ކުރިޔަށް ގެންގޮސްފައެވެ. މިއަދު މޭ ފުއްޕާފަ އަގަތަޅަން އެ މީހުން ލަދުގަނޭބާއެވެ؟

    40
    2
    • ޞަމީރު

      ޙަފްތާއަކު އެންމެ ދަތުރެއް.. ތިވެސް ޝެޑިއުލް ކަމައް ބުނެވޭނެ..ލޮލް

      7
      7
    • ގަމާރުމޯލްޑިވިއަން

      ގަމާރުންނަކަށް ނުވިސްނޭތާ އެއާޕޯތަކީ ބޭނުން އެއާޕޯޓެއް ނޫން ކަން.ޔާމީން ވޯޓު ހޯދަން ކޮއްފަ ނުކުރާނެ ކަމެއް ނޭގިގެން ކުރި ކަމެއް އެއީ

      1
      34
  7. ާއދ.

    ކުރީގެމެންބަރ ގަފޫރު ލެޕްޓޮޕް ގަތޯ މިޖެއްސީ ފުލެއިޓް ....ސުކުރްން ސުކުރަން ދުރުވިސްނުމުގެ ތަރައަގީގެ ބާނީ ރައީސް ޔާމީން

    33
    1
  8. ޚޏޛޞޙޞ

    ބަރަާ ބަރު.....