"އޫދު އަލް ސަބާޔާ" އަކީ މިއަދު ދިވެހިންނަށް އައު ނަމެއް ނޫނެވެ. އެހެނީ "އޫދު އަލް ސަބާޔާ"އަކީ ދިވެހިންގެ ފުރަތަމަ އަތަރު ބްރޭންޑަށް ވެފައި، އަތަރުގެ ވަހުން ގިނަ ދިވެހިންގެ ހިތްތަކާއި ކުޅެލާފައިވާ ބަޔަށް ވުމުންނެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި "އޫދު އަލް ސަބާޔާ"އިން ވަނީ ގިނަ ބައެއްގެ ލޯބި ހޯދާފައެވެ. އަދި ކަސްޓަމަރުންގެ ތަރުހީބާއި އެއްވަރަށް އެފަރާތުން އަންނަނީ އެފަރާތުން ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހުވަނދުގެ އެކި ބާވަތްތަކުން ކަސްޓަމަރުން ހެއްވާލުމަށް ހާއްސަ އިސްކަމެއް ދެމުންނެވެ.

އެގޮތުން "އޫދު އަލް ސަބާޔާ"ގެ ކަސްޓަމަރުންނަށް އަނެއްކާވެސް މިއޮތީ އުފާވެރި ހަބަރެކެވެ. "އޫދު އަލް ސަބާޔާ" އިން މިވަނީ ގިނަ ބަޔަކު ލޯބިކުރާ "އޯ.އޭ.އެސް" ބޮޑީ ލޯޝަންގެ މުޅިން އާ ދެވައްތަރެއް ބާޒާރަށް ނެރެފައެވެ.

އެއީ ފިރިހެނުންނަށް ހާއްސަ ލޯޝަން، ނޮއިރް (Noir) އާއި ކަނބަލުންނަށް ހާއްސަ ލޯޝަން، ކޮކޯ (Coco) އެވެ.

ނޮއިރް އާއި ކޮކޯ އަކީ ހަށިގަނޑުގައި ގިނަ އިރު ވަސް ހުންނާނެ، ފެންވަރު ރަނގަޅު ލޯޝަނެއް ކަމަށް 'އޫދު އަލް ސަބާޔާ"އިން ބުނެއެވެ.

"އަލަށް މި ތަޢާރަފްކުރެވުނު، ދެ އަތަރު ކަމަށްވާ. ނޮއިރް އަދި ކޮކޯ ބޭނުން ކުރުމުން މަދުވެގެން އެއް ދުވަހު އޭގެ އަސަރު ހަށިގަނޑުގައި ހުންނާނެ. އަދި މިއީ ގިނަ އިރު ވަސް ހުންނަ ކޮލެޓީ މޮޅު ލޯޝަނެއް" އޫދު އަލް ސަބާޔާގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ޝަބިީން ވިދާވިއެވެ.

އޯއޭއެސް ބްރޭންޑްގެ އަތަރު ލޯޝަނާއި އެކު "އޫދު އަލް ސަބާޔާ"އިން މިވަނީ ބޮޑު ތަރުހީބެއް ލިބެމުން އަންނަ އެއަރފްރެޝްނަރގެ މުޅިން އާ ފްލޭވަރ އެއް ތައާރަފްކޮށްފައެެވެ. "އޫދު އަލް ސަބާޔާ" އިން މިފަހަރު ތައާރަފްކުރީ އޯއޭއެސް އެއަރފްރެޝްނަރ (ލަވެންޑަރ) އެވެ.

"ހަޤީޤަތުގައި އަޅުގަނޑުމެންގެ އެއަރޕްރެޝަންރަ އަށް އޮންނަ ޑިމާންޑް ވަރަށް ބޮޑު. ކުރިން ހުރި ހުރިހާ އެއަރޕްރެޝްނަރ އެއް މިހާރު ހުސްވެއްޖެ. އެހެންކަމުން އަޅުގަނޑުމެން މިފަހަރު ދިވެހިންނަށް މި ތައާރަފްކުރީ އޯއޭއެސް އެއަރފްރެޝްނަރ." ހުސެއިން ޝަބީން ވިދާޅުވިއެވެ.

އޮންލައިން ޕޭޖަކުން ފެށި "އޫދު އަލް ސަބާޔާ"ގެ އަކީ މިއަދު ދިވެހިންގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ބްރޭންޑެެކެވެ. ދިވެހިންގެ ފުރަތަމަ އަތަރު ބްރޭންޑްގެ އިތުރުން "އޫދު އަލް ސަބާޔާ" އަކީ ދިވެހިންގެ ފުރަތަމަ އަތަރު ޕާފިއުމް އަދި އަތަރު ލޯޝަންގެ އިތުރުން އަތަރު އެއަރފްރެޝަނަރ ބްރޭންޑްވެސް މެއެވެ.

"އޫދު އަލް ސަބާޔާ" ގެ އުންމީދަކީ މުސްތަގުބަލުގައި ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ އަތަރު ބްރޭންޑަކަށް ހަދައި ދުނިޔޭގެ ކޮންމެ ހިސާބަކުން "އޫދު އަލް ސަބާޔާގެ" ޕްރޮޑަކްޓްތަށް ގަނެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމެވެ.

އޫދް އަލް ސަބާޔާގެ މާލެ ފިހާރަ ހުންނާނީ މާފަންނު މިރިޔަސް މަގުގައެވެ. މި ބްރޭންޑްގެ ފިހާރައެއް އައްޑޫގައި ވެސް ހިންގަމުންދެއެވެ. އަދި އޫދް އަލް ސަބާޔާގެ ޕްރޮޑަކްޓްތައް ރީޓެއިލްކޮށް ހުޅުމާލެ ޝަރޫ މާޓުން ލިބެން ހުންނާނެއެވެ.

އޫދް އަލް ސަބާޔާއާ ގުޅޭނެ ފޯން ނަމްބަރަކީ 9495757 އެވެ.