މާލޭގެ ބާޒާރުގައި ކެރެޓް ކިލޯއެއްގެ އަގު އުފުލިއްޖެއެވެ.

ބާޒާރު މަތީގައި މިިހާރު ކެރެޓް ކިލޯއެއް ވިއްކަމުން ދަނީ 130 ރުފިޔާއަށެވެ. މިހާބޮޑަށް ކެރެޓްގެ އަގު ބޮޑެވެފައި މި ވަނީ ކެރެޓް ލިބުން ދަތިވުމާއި ގުޅިގެންނެވެ.

ބާޒާރު މައްޗަށް ބަލާއިރު، ކެރެޓް ފެންނަނީވެސް ވަރަށް މަދުންނެވެ. އަދި މާލޭގެ ބައެއް ފިހާރަތަކުންވެސް ކެރެޓް ހުސްވެފައިވާއިރު، ބައެއް ފިހާރަތަކުން ކެރެޓް ވިއްކަމުންދަނީ ފުދޭވަރަކަށް އަގުބޮޑު ކޮށެވެ. ނަމަވެސް ބައެއް ފިހާރަތަކުން އަދި ކެރެޓް އަގަށް މާބޮޑު ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ބާޒާރުމަތީ ފިހާރައެއް ހިންގާ ބައެއް މީހުން ބުނާގޮތުގައި، ކެރެޓްގެ އަގު ބޮޑުވީ ބާޒާރުން ވަރަށް ބޮޑަށް ކެރެޓް މަދުވުމުންނެވެ. އަދި ކެރެޓް ލިބުން މިވަގުތަށް ވަަރަށް ބޮޑަށް ދަތިވެފައިކަމަށް އެ މީހުން ވަނީ ބުނެފައެވެ.

"ކެރެޓްގެ އަގު ބޮޑުވީ އެ ގެނައުން ލަސްތަކެއް އުޅޭތީ. އެކަމަކު ވަރަށް އަވަހަށް ލިބޭނެ" ކަމަށް ބައެއް މީހުން ބުނެއެވެ.

މީގެ ކުރިން 15 އާއި 30 ރުފިޔާ އާ ދެމެދުގެ އަދަދަކަށް ކެރެޓް ކިލޯއެއް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޤައުމު

  ކެރެޓް ލިބުން ދަތިވަނީކީނޫން. ރޯދަމަސް ކައިރިވާތީ ކިޔާ ލަވައެއްތީ. ކޮއްމެފަހަރަކު ރޯދަ މަސް ކައިރިވީމަ އެއްޗެހި އަގުބޮޑުކޮއްފަ މިކިޔަނީ އެއްޗެހި ލިބުން ދަތިވަނީއޭ.

 2. އިހްސާން

  ރޯދަމަސް މީ ބައެއް ވިޔަފާރިވެރިންނަށް މާވަހަރުގެ އަގު ލިބޭ.....މަހެއް...ކީއްކުރާނިދޯ.... ،ދިވެހިން ވިއްޔާދޯ

 3. ޢަގަބެ

  އަނެއްކާ ކެރެޓުން ކޮންކަހަލަ ގެއްލުމެއް ވަނީ

 4. ބޮނޑި

  ކޮބާ އިކޮނަމިކު މިނިސްޓަރު؟ ރާކަނިމަސް ކެވިއްޖެތާ! ގޮތްގޮތައް ކަންކަން ބަދަލުކުރައިރު މީހުންނަށް އުފުލަންޖެހެތަކުލިފާ ދާނެ ޚަރަދުތަކެއް ތަސައްވަރު ނުކުރެވޭ މަރުދޮޅިން އުޅޭކަމަށް ވަންޏާ މިކަހަލަ ކަންތައްތައް ދިމަވެ ރައްޔިތުންގެ ދިރިއުލުމުގެ ހަލަތު ދަށަށްގޮސް ތަކެތީގެ އަގުހެސްކިޔާ މައްޗަށްދާނެ! ދެންހަމަ އަތްޖަހަންވި ދެކޮނޑުކަށިގަނޑު ނެއްޓެންދެން! ހައިރާން ހީވޭ!