މަޝްހޫރު ގިނަ ވައްތަރުތަކުގެ އަތަރާއި ސެންޓު ވިއްކަމުން އަންނަ ދާރުލް މިސްކްގެ މާލެ ފިހާރަ ހުޅުވައިފިއެވެ.

ދާރުލް މިސްކްގެ މާލެ ފިހާރަ ހުންނާނީ މަޖީދީ މަގުގައި ހުންނަ ކެމްޕަސް ގޯޅިގަނޑު ތެރޭގައެވެ. ތަފާތު ރީތިގޮތަކަށް ހަދާފައިފާ ފިހާރައިގެ އެތެރޭގައި މަޝްހޫރު ބްރޭންޑްތަކުގެ އަތަރާއި ސެންޓުތައް ފެންނަން އެބަހުއްޓެވެ. އަދި ޒަހްރާ ބްރޭންޑްގެ އަބާޔާ އާއި ބްރޭންޑެޑް ކުރުތާތައްވެސް މި ފިހާރައިންވެސް ލިބެން އެބަހުއްޓެވެ.

 

މިދިޔަ ބުދަ ދުވަހުގެ ރޭ މި ފިހާރަ ހުޅުވިގެންދިޔައިރު، އީދަށް ހާއްސަކޮށް މި ފިހާރައިގައި ހާއްސަ ޕްރޮމޯޝަންއެއްވެސް ދަނީ ކުރިއަށެވެ. އެގޮތުން މިހާރު ޑިސްކައުންޓް އަގެއްގައި އެތަނުން އަތަރާއި ސެންޓް ލިބެން ހުންނާނެއެެވެ.

މީގެ ތިން އަހަރު ކުރިން ފަށައިގެން ހިންގަމުން އަންނަ ދާރުލް މިސްކްގެ ފުރަތަމަ ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅު މަގު ހަތް ނަމްބަރު ގޯޅީގައެވެ. މި ބްރޭންޑްގެ ދެވަނަ ފިހާރަ މާލޭގައި ހުޅުވިގެންދިޔައިރު، މި ފިހާރައިންވެސް ދާރުލް މިސްކްގެ އަމިއްލަ ޕާފިއުމް އާއި އަތަރު އެ ފިހާރައިން ލިބެން ހުންނާނެއެވެ.

 

އޭގެ ތެރޭގައި، ވެލްވެޓް މަސްކް، ވެލްވެޓް ރޯސް، ވެލްވެޓް އޫދް، ވެލްވެޓް އިންޓެންސް، ޕިޔޯ ސިލްކް، މާރްވެލް، ވޭލާ، ރޫބީ، އަދި ސަފާޔާ ސެންޓާއި އަތަރު ހިމެނެއެވެ.

މީގެ އިތުރުންވެސް ދާރުލް މިސްކުގެ މި ފިހާރައިން ދުނިޔޭގެ މަޝްހޫރު ބްރޭންޑެޑް ސެންޓުގެ އަތަރުތައް ލިބެން ހުންނާނެއެވެ. އެގޮތުން ޑިއޯރް ސައުވޭޖް، ބްލެކް އެކްސް، ޕިޔޯ އެކްސެސް، މޮންޓް ބްލޭންކް، ބްލިއު ޑީ ޗެނަލް، ގުޑް ގާލް، އޮލިމްޕިއާ ސި، އަދި ޖޯޖިއޯ އަރްމަނީ ގެ ސްޓްރޯންގާ ވިތް ޔޫ ފަދަ އަތަރުތައް ވެސް ލިބެން ހުންނާނެެެވެ.

ދާރުލް މިސްކުގެ ފޯން ނަމްބަރަކީ 9889977 އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޢެޑަމް

  ކޫލް.

  1
  1
 2. ޢެޑަމް

  ޙަބޭސް

  1
  1