އައްޑޫ ސިޓީ ހިތަދޫ ނެފީ ކަލެކްޝަން ފިހާރައިން، ކުރިޔަށް އޮތް އަޟްޙާ ޢީދާއި ދިމާކޮށް ޚާއްސަ ޕްރޮމޯޝަނެއް ފަށައި، ގޮޅިޖެހި ގަމީހުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފިއެވެ.
ކޮސްމެޓިކްސް ސާމާނާއި އަންނައުނުގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ތަކެއްޗާއި ކުޅިވަރު ސާމާނު އެއްތަނަކުން ލިބޭ ނެފީ ކަލެކްޝަނުން އީދާއި ދިމާކޮށް ކުރިޔަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން %25 އާއި %35 އާއި ދެމެދުގެ ޑިސްކައުންޓް ވަނީ ދޭން ފަށާފައެވެ.
ނެފީ ކަލެކްޝަނުން މިހާރު ކުރިޔަށްގެންދާ، "ނެފީ ކަލެކްޝަން އީދު ސޭލްސް"ގެ ދަށުން، ދިވެހި ޒުވާނުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ކްއެލިޓީ ގޮޅިޖެހި ގަމީސް، އެންމެ 195 ރުފިޔާއަށް ވިއްކަމުންދާއިރު، މި ގަމީސްތަކުން ވަނީ ޕްރޮމޯޝަނަށް ޚާއްސަކޮށްގެން %35 ގެ ޑިސްޓައުންޓެއް ކަނޑައަޅާފައެވެ.
އީދާއި ދިމާކޮށް މިހާރު ނެފީ ކަލެކްޝަން ފިހާރައިން ވިއްކާ އެހެން ތަކެތީގެ އަގުވެސް ވަރަށް ބޮޑަށް ހެޔޮކޮށްފައި ވާއިރު، އޭގެތެރޭގައި ޒުވާން އަންހެނުންގެ އެކި ސައިޒުގެ ފައިވާނާއި، ކުޑަކުދިންގެ ހެދުމާއި ބޫޓު އަދި ފައިވާން ހިމެނެއެވެ.
ނެފީ ކަލެކްޝަން އިން ބުނާގޮތުގައި އެ ފިހާރައިން މިހާރު ކުރިޔަށްގެންދާ އީދު ސޭލް މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުރިޔަށްދާނެއެވެ. އަދި ފިހާރައިގެ އީދު ސޭލަށް ބޮޑު ތަރުޚީބެއް ލިބެމުންދާ ކަމަށްވެސް އެ ފިހާރައިން ވަނީ ބުނެފައެވެ.
ނެފީ ކަލެކްޝަން ފިހާރަ ހުންނަނީ ހިތަދޫ ކޮރޮވައު ސަރަޙައްދުން ބޮޑުމަގުގައެވެ.
ކަމަކުނުދޭ
މިފަހަރު އައްޑޫއިން ގޮޅިޖެހި ގަމީސް އީދަށް ގަންނާނީ ނުފޯރާމީހުން ކަމަށް ސުރުހީއިން ދޭހަވަނީ
ގޭންގް ސްޓާރުން ލާ ގޮޅި ޖެހި ގަމީހުވެ ޑުމާންޑް އޮންނާނެ އައްޑޫގަ ގިނަ ވާނީ ތިޔަ ކަހަލަ ޒުވާނުން
ސަޅި ތިޔައީ މާލޭގެ އަގުގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ކުޑަ އަގެއް