ޓްރާންސްޕޯޓް މިނިސްޓްރީން އާންމު ކޮށްފައިވާ ޓެކްސީ އަގު ތަކާއި ދެކޮޅަށް ޓެކްސީ ޑްރައިވަރުން އަދިވެސް ގޮތް ދޫނުކޮށް ޖެއްސުން ކުރަން ރާވަމުންދާ ކަން ހާމަވެއްޖެ އެވެ.

އެގޮތުން ގޮތް ދޫނުކޮށް އާންމުންނަށް ޖެއްސުންކުރުމާއި މަގުތައް ބަންދުކުރުމާއި އެއާޕޯޓަށް ދަތުރުކުރުން ހުއްޓާލުން ހިޔާލުތައް ޓެކްސީ ޑްރައިވަރުންގެ ވައިބަ ގްރޫޕެއްގައި ވަނީ ހާމަކޮށްފަ އެވެ.

"ދަތުރު ނުކޮށް މަގުތައް ބްލޮކްކޮށްގެން ވެސް ނުރުހުން ފާޅުކުރެވިދާނެ އަދި ހުރިހާ ޓެކްސީއެއް ނުކުމެ މަގުތައް ފުރާލުމުން ކާމިޔާބު ލިބޭނެ" އެކަކު ވަނީ ހިޔާލު ފާޅުކޮށްފައެވެ.

250 މީހުން ތިބި ކަމަށް ބުނާ މި ވައިބަރ ގުރޫޕުގައި ވަނީ އެޕްލިކޭޝަންތައް މެދުވެރިކޮށްގެން ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކަށް ވެސް ފާޑު ކިޔާފައެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާ އަށް ވެސް ބައެއް ޑްރައިވަރުން ގެންދަނީ ފާޑުކިޔަމުންނެވެ.

އަދި މިހާރު ކަނޑައަޅާފައިވާ އަގުތަކަށް ދަތުރުކުރާ ޓެކްސީ ޑްރައިވަރުންނާ މެދު ވެސް، ވައިބަ ގްރޫޕްގެ ބައެއް ޑްރައިވަރުން ހިތްހަމައެއް ނުޖެހުން ފާޅުކޮށް ޕްރައިވެޓް ހަޔާގެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީގެ އުސޫލާ އެއްގޮތަށް އެމްޓީސީސީން ދޭ ހިދުމަތް ބަދަލު ކުރުމާ ގުޅިގެން އެމްޓީސީސީގެ ޑްރައިވަރަކަށް ގުޅާ އުނދަގޫ ކުރަން ގުރޫޕުގައި ހިޔާލު ދީފައެވެ.

ޓެކްސީ ޑްރައިވަރުން މި ރޭވުން ރާވަމުންދާއިރު ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ޓެކްސީ ޑްރައިވަރުން ފައިސާ ނަގާތޯ ބެލުމަށް މިދިޔަ ބުދަ ދުވަހު ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ. މި އޮޕަރޭޝަންގައި ސަރުކާރުގެ އުސޫލާ ހިލާފަށް ބޮޑު އަގު ނަގާ މީހެއް ނަމަ، 750ރ. އިން ޖޫރިމަނާ ކުރެވެ އެވެ.

ސަރުކާރުން ހަމަޖެއްސި އާ އަގުތަކުގައި ހިދުމަތް ގިނަ ޑްރައިވަރުން ގެންދާއިރު އުސޫލުތަކާ ދެކޮޅުހެދުމުގެ ގޮތުން ބައެއް ޑްރައިވަރުން ދަތުރުކުރުން ވަނީ މީގެ ކުރިން ވަކި ވަގުތަކަށް ހުއްޓާލާފައެވެ.

ޓެކްސީ ޑްރައިވަރުން ވައިބާ ގުރޫޕުގައި ވަނީ މިމަހު 17 ވަނަ ދުވަހު މުޒާހަރާއެއް ކުރަން ވެސް ހިޔާލު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ބުހާރީ

    ޓެކްސީ ޑްރައިވަރުން ސައިޒް ކޮށްލަން ކެރުނު ހަމަ އެކަނި މިނިސްޓާރ އަކީ މިނިސްޓާރ އައިޝާ، އެތަށް މިނިސްޓަރުންނެއް މި ޓެކްސީ ޓްރައިވަރުން ކުރިމަތީ ކުޑަކަކޫ ޖަހައިގެން ތިބެން ޖެހުނު އެ ހުރިހާ މިނިސްޓަރުންނަށް ވުރެ ކެރިގެން ޓެކްސީ ޑްރައިވަރުން ސައިޒް ކޮށްލީ ހަމަ އައިޝާ ، ތީ ފިސާރި ކަނބަލެއް

    195
    12
    • ފިސާރި

      ރައީސް އިބޫވެސް ސައިޒުގަ ހުރީ.. ރައީސް ސައިޒުވީމަ މިނިސްޓަރު ކުރީފަހަރުވެސް ދޫ ދިނީ.. އައިޝާ ހުރީ އެފަހަރުވެސް ދޫނުދޭން.. އެއީ ބޮޑު ތިލަދުންމަތީ ފިސާރި ކަނބަލެއް

      75
      7
    • ކެނެޑީ

      ފިސާރި މާނައަކީ ގޮތްދޫނުކުރުން ދޯ

      20
      4
  2. އަޑުބަރޭ

    ވަރަށް ސާފުކޮށް މި ބުނަނީ..ކުރާ ހަޅުތާލެއް ކުރޭ އާއްމުއުދަގުލަކަށް ނުވާގޮތަށް..ކަލޭމެން މަގުތައްބަންދުކޮށް ނުހުރުއްޕާން ކުރަންޏާ އަހަރުން ނުކުނާނަން ތިކާރުތަކުގެ ބިއްލޫރިތަށް ތަޅާތިރިއަރުވާލަން...އަހަރެމެން ނަހުލާގެ ނިންމުމަށް ސާބަސްދެން..

    179
    6
    • ޚެޖެދ

      ތާއީދު.
      އަހަރެންނަށް ޖެއްސުންކުރަން ހަދައިގެން އަހރެންދާން ބޭނުންވާތަނަކަށް މިނިވަން ގައުމެއްގއި ހުރަސް އަޅާމީހަކަށް ރަނގަޅު ފިލާވަޅެއް ދޭނަން.

      23
      1
  3. މޮހަނު

    ހަޅުތާކު ކުރަންވީމަ އުނދަގޫވާވަރަށް ޓެކްސީ އޮވޭ، ރައްޔިތުންނަށް ޚިދުމަތެއް ދޭންވީމަ ޓެކްސީ ޕާރކް ކޮށްފަ ގޭގަ މީތި ކަޑައޭ، ކަނޑު ދަތުރު ކުރާ އުޅަނދުތައްވެސް އެމީހުން ގެ ޝެޑިއުލް އާއި އެއްގޮތަށް ދަނީ ޚިދުމަތް ދެމުން ކޮންމެ އަގެއްގަ ދިނަސް ޓެކްސީ ޑްރައިވަރުން ބޮޑު އަގުވެސް ބޭނުންވޭ އެކަނަކު ޚިދުމަތެއް ނުދެވޭ، އެކަނު އިންދާ އިތުރު މީހުންވެސް އަރުވަނީ

    72
    2
  4. ކަޜިމް

    ކިރިޔާވެސް އަހަރެމެން ކަމެއްކޮށްފިއްޔާ ކަލޭމެން އަތުން މާ ބޮޑު އެއްޗެއް ދާނެކަން ހަނދާންކޮށްގެން މަގު ބަންދުކުރާނީ

    133
    3
  5. ޓަވަރު

    ކާރުތައް ރައްކާތެރިކަން ބޭނުން ނުވެގެންތަ ތި އުޅެނީ....މާ ފާޑުފާޑަށް ތެޅެއްޏާ ތި ކާރުތަކަށް ހަދާނެ ގޮތް އަހަރުމެންނަށް އިނގޭ....އޭގެ ކުރިން މައިތިރިވެ، ސައިޒްވެ ހަމަ ބިމަށް އާދޭ! ަ

    77
    1
    • ....

      އެ ކާރުތަކުގަވެސް ތިބީ ކަލޭ ކަހަލަ އަތާއި ފައި ހުރި އިންސާނުން....އެންމެ ގަދަ ހެދިގެން ނޫޅޭނެ ގަދަ މީހަކު...

      9
      58
  6. ޓަވަރު

    ކާރުތައް ރައްކާތެރިކަން ބޭނުން ނުވެގެންތަ ތި އުޅެނީ....މާ ފާޑުފާޑަށް ތެޅެއްޏާ ތި ކާރުތަކަށް ހަދާނެ ގޮތް އަހަރުމެންނަށް އިނގޭ....އޭގެ ކުރިން މައިތިރިވެ، ސައިޒްވެ ހަމަ ބިމަށް އާދޭ

    57
    4
    • Anonymous

      ނުދުއްވާ ގަޑީގަ ރަޖިސްޓްރީ ކޮށްފައިވާ ގަރާޖް ގަ ބާއްވަން ވެސް އަންގަންވީ

      63
      2
  7. ޢާޟަ

    ހަމަ މަގު ބަންދުކޮށްލީ ކާރުގެ ހަތަރު ބިއްލޫރިގަނޑު ފަޅާލީ ހަނދާންކުރާތި ކަލޭމެން އެކަނިއުޅެން އޮތް ތަނެއް ނޫން މީކީ

    75
    3
  8. ހުސައިން

    މިހާރު ޓްރާންސްޕޯޓް މިނިސްޓަރަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން!! ޓެކްސީ ޑްރައިވަރުން ޓެކްސީގެ ޚިދުމަތްދެމުން އައީ ހަމަ ހިތައްއެރި ގޮތަކަށް ހިތައްއެރި އަގެއްގައި!! ބަލަމާ ހިނގާ!! ގަލްފު ހަނގުރާމައިގެ ދުވަސްވަރު ޕެޓްރޯލް އގުބޮޑުވެ ލީޓަރެއް -/16ރ އަށް އަރައިގެން ދިއުމުން ސަރުކާރުން ޓެކްސީ ދަތުރެއްގެ އަގަށް -/25ރ ހަމަޖެއްސީ!! ފަހުން ޕެޓްރޯލް ލީޓަރެއް ކުރިން ހުރި އަގަށް ތިރިވެ ނޯ،މަލް ޙާލަތަށް އެޅުމުން ކުރިން ހުރި ގޮތަށް -/10ރ އަގު ކުޑަކުރަން އުޅުމުން ޓެކްސީ ޑްރައިވަރުން ހަޅުތާލުކޮށް އެތައް ދުއްތުރާލެއްކޮށް ބިރު ދައްކައިގެން އެކަން ކުރެވޭގޮތެއް ނުވި!! ބްރިޖް ހުޅުވުމުން އަމިއްލައަށް އގެއް ކަނޑަ އަޅައިގެން -/100ރ އާއި -/150ރ އާއި ދެމެދު ދަތުރެއް ކުރަމުން އައީ!! އެކަން ސަރުކާރުން ރެގިއުލޭޓްކޮށް ކަސްޓަމަރަށާއި ޓެކްސީ ޑްރައިވަރަށްވެސް ގެއްލުން ނުވާގޮތަށް މިހާރު މިއޮތް އގުތައް ކަނޑަ އެޅީމާ މިހާރު ޑްރައިވަރުން މިފުއްޕަނީ!! މިމީހުން ބޭނުންހާ ގޮތެއް ހަދަން ރައްޔިތުން ފެލަން ދޫކޮށްގެންނުވާނެ!! އުރީދޫ އާއި ދިރާގުންވެސް އެބަޖެހޭ އިންޓަރނެޓް އަގު ކުޑަކުރަން!! ރައްޔިތުން ފެލާނުލާ!!

    69
    4
  9. މފރ

    މީވާ ގޮތެއް ނެތިފައި ވާ ސަރުކާރެއް ދޯ ،،، މިއުޅެނީ 250 ޓެކްސީ ޑުރައި ވަރުން މައިތެރި ނުކުރެވިގެން ވިއްޔަ،،،

    42
    17
  10. ސަބާސަ

    ހަމަ ތެޅިތެޅިފަ ޖެހޭނީ މައިތިރިވާން. މަގުބަންދުވާ އިރަށް ފުލުހުން އައިސް އެއްފަރާތް ކުރާނެ. ލޮލް. އެހެންނޫނަސް ހަޅުތާލު ވެސް ކުރަނީ އަނގައިންނާއި ވައިބަރ ގްރޫޕްގަ. ތިބުނާ މީހުންތައް ދަތުރުވެސް ކުރޭ. ނުކޮށްކީއްކުރާނީ. މީ އެންމެ ވިޔަފާރި ރަނގަޅު ދުވަސްކޮޅު ވިއްޔަ.

    57
    3
  11. އޯހް

    އަދިވެސް ޓެކްސީ ބޮއިކޮޓް ކުރާކަށްނުވޭތަ؟ މަ އަމިއްލަ އަށް ޓެކްސީ ބޮއިކޮޓް ކުރިތާ ކިތަންމެ ދުވަހެއް. ސައިކަލް ދުއްވަން ދަސްކުރީ ތިކަހަލަ ޤަމާރު އެއްވެސް ވަޠަނީ ސިފައެއްނެތް ޓެކްސީ ޑްރައިވަރުންގެ ދަށުނުވާންވެގެން.

    59
    1
  12. ޖެއްސުން

    އާންމުން ނުކުމެ ޖެއްްސުން ކުރަން ފަށައިފިއްޔާ މާ ގޯސްވާނެ އޭރުން ކޮންމެ ޓެކުސީއެއްގެ ފަހަތުގަ ފުލުހަކު ފާރައަށް 24 ގަޑިއިރު ބަހައްޓަންޖެހޭ ހިސާބަށް ހިނގައިދާނެ

    47
    1
  13. ސޭޓު

    ސަރުކާރަށް 8 މަސްވީއިރު ހަމައެކަނި ކަމަށްވާ ކަހަލަ ކަމަކަށް ކުރެވުނީ މިކަން އެކަނި.. އެއީ ވެސް މިނިސްޓަރު އައިޝާގެ ގައްޓާކަމުން..އެކަމަކު ވަޒީރުކަންދީގެން ތިޔަ އެމްޑީޕީ އެކްޓިވިސްޓުން ރަތްމަހަށް ދާންދެއް ގޮވި އައިޝާއަށް އެނޫނީ ނެތް ރަނގަޅަށް މަސައްކަތްކުރާ ވަޒީރަކުވެސް

    48
    5
  14. ރަނޭ

    އަގުހެޔޮކޮށް ދތުރުކުރާ މީހުންގެ ޓެކްސީއަށް ގެއްލުންދޭންވެސް ގުރޯޕުގަ ގޮވި

    26
  15. ދޮން ބަބުރު ސޮރު

    ޓުރާންސްޕޯޓް މިނިސްޓަރަށް ހަމަ ސާބަސް ދައޮލަތުގެ ނިއްމުންތައް ތަންފީޒު ވާންޖެހޭނެ.
    ތިޔަ ޓެކުސީ ދުއްވާ މީހުންނަކީ ޕއެރެތެޓުން.
    ހެނދުނު 10 ޖެހީމަ ނިކުމެ މެންދުރު 12އަށް 3000ރުފިޔާ ހޯދަނީ ނިކަމެތި ރައްޔަތުން ފެލާލަނީ.

    38
    1
  16. ޑުރައިވަރަރު

    ޢެއްކަމެއްވެސް ނުކުރެވޭނެ.އީދަށް އަތޮޅުތެރެޔަށް ދިޔަމީހުންނަށް ހުރަސްއެޅީމަކޮންކަމެއްވީ.

    32
    1
  17. ސޫދު

    ލައިސަން ވަގުތުން ބާތިލްކުރޭ...

    38
    1
  18. ހޯހޯ

    ގެއްލުން ވާނީ އަހަރުމެންނަކަނޫން... ފައިސާ ނުލިބިގެންއުޅޭ ބަޔަކު ކާރު ނުދުައްވާ ބެއްވިމަ އެކަޗެއްވެސް ނުލިބޭނެ އެހެންވީމަ ތިހަދަނީދޮގެއްނޫން..

    35
    1
  19. ޚެޖެދ

    ޖެއްސުން ކުރާ ގްރޫޕްގައި އަހަރެންގެ ބޭބެވެސް ހިމެނޭ. ސްމާރޓް ފޯން ބޭނުންކުރަން ދަސްކޮށްދޭން އުޅެ އުޅެ އެއްބަހެއް ނުވި. އެއީ މައްސަލަޖެހުނު ހިސާބު.
    ޢަވަސްރައޑުން އެބަޖެހޭ މިއެޕް ހުރިހާ ޑްރައިވަރުންނަށް ދަސްކޮށްދޭން ކުދި ކުދި އިވެންޓް ޖައްސައި މިމީހުން އަހުލުވެރި ކުރުވަން.
    ޢެއިރުން ހަމަޔަކަށް އެޅިދާނެ.

    7
    1
    • ރަނޭ

      އުނގެނެން ނޫޅޭ މީހަކު ބާކީކޮށްފަ ރަގަޅުމީހުންލާ.. ބަލަން ތިބެވޭކަށްނެތް

  20. ޒަރާނާ.

    ތިހެންތިކަންކުރާ ފަރާތްތަކުގެ އުޅަނދު ފުލުހުން މެދުވެރިކޮއް ހުޅުމާލެ ގެންގޮސް ވަކިހިސާބެއްގަ ޕާރކުކޮއް ވަކިމުއްދަތަކައް ލައިސަންސް ހިފަހައްޓާ ތިކަން ހައްލުވާނެ

  21. ޕައްލަންބެ

    ހަމަނުޖެހުންްްް ހިންގަން އުޅޭ ޓްކްސީ ޑްރައިވަރުންް އެއްގޮތަކައް ވެސް ހީނުކުރާތި އަހަރެމެން އާމުރައްޔިތުން ކަލޭމެން ކުޅޭހާ ކުޅިއެއް ބަލަން ތިބޭނެކަމައް ނިކަން މަގުތައް ބަންދުކޮއް ޖެއްސުން ކޮއްލަބަލަ ވާގޮތް ބަލާލަން މާފުއްޕުމެއް ފުއްޕާނެ ކަމެއްނެއް.

    13
  22. ރާސްޓަސް

    ހަމަނުޖެހުންްްް ހިންގަން އުޅޭ ޓްކްސީ ޑްރައިވަރުންް އެއްގޮތަކައް ވެސް ހީނުކުރާތި އަހަރެމެން އާމުރައްޔިތުން ކަލޭމެން ކުޅޭހާ ކުޅިއެއް ބަލަން ތިބޭނެކަމައް ނިކަން މަގުތައް ބަންދުކޮއް ޖެއްސުން ކޮއްލަބަލަ ވާގޮތް ބަލާލަން މާފުއްޕުމެއް ފުއްޕާނެ ކަމެއްނެއް.

    11
  23. މަ

    ފާޑުފާޑު ކުރަންޔާ ޓެކްސީ ޑްރައިވަރުނގެގޮތުގައި
    ސިފައިން ނެރެފަ ވެސް
    ޙިދުމަތްދެވިދާނެއިނގޭ.

    14
  24. ބުރޯ

    ތިޔަ ބުނާ ފަދަ ޓެކްސީ ޑޮރައިވަރުންގެ ލައިސަންސް ބާތިލް ކޮށް ޓެކްސީ ހުއްދަ ވެސް ބާތިލް ކުރޭ

    17
  25. ފަޅުވެރިން

    ތިއީ ފާއިތުވި 15/16 އަހަރު އެމްޑީޕީ އިން އުފެއްދި ފިތުނައިގެ ނަތީޖާ. މީހުންގެ ބޮލަށް ވިހަ އަޅައި އަޅައި މީހުންގެ ސިކުންޑިތައް އެވަނީ ޚަރާބު ކޮށްފައި. ޓެކްސީ ޑްރައިވަރުންގެ ތެރޭގައި ގިނަވާނީ ވެސް އެމްޑީޕީ މީހުން. އެމްޑީޕީ ވެރިކަމުގެ ފަރާތުން ހަމަ އެމްޑީޕީ މީހުންނަށް ތިވަނީ ރަނގަޅު ލަގާއެއް ދީފައި. ތިކަމުގެ ސަބަބުން ރައްޔިތުންނަށް ބުރައެއް، ދަތިކަމެއް މެދުވެރި ވާނަމަ، ބޭނުންކުރަން ފަސޭހަ ޕަބްލިކް ޓްރާންސްޕޯރޓް ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ފަސޭހަކަން ހޯދައިދޭން ސަރުކާރަށް ލާޒިމްވާނެ.

    15
    2
    • ބޯވަ

      ހަމަތެދެއް. ކާރުގަވެސް އަބަދު ކޮންމެވެސް ރޭޑިއޯއެއް އަޅުވައިގެން އެމްޑީޕީގެ މޮޅުވާހަކަ ދެއްކުން އޮންނާނީ. ބޮލާނުކުޅަދާނަ.

  26. ޢަދުރޭ

    ގޯޅިއަކަށް ވައްދާފަ ތި ޓެކްސީ ޑްރައިވަރުން ގައިގަ ރަނގަޅަށް ތަޅާލަން ވީނު ؟ އޭރުން ހުންނާނެ ރާކަނި ކެވިފަ ." މީވެސް ޚިޔާލެއް "

    14
  27. ޖައްރާފު

    ތީ މާފުއްޕާފަ އެވަރުގެ ބަޔެއްނެތްކަމައް އުޅޭބައެއް ސައިޒު ކުރުންނޫން ގޮތެއްނެތް

  28. ގަލޮޅު މީހާ

    ކަލޭމެން ނިކަން ޖެއްސުންކޮށްބަލަ .

    ރައްޔިތުން ނިކުމެ ތިކާރުތައް ހުލުޖެހީމަ މާކަ ރީޗެއް ނުވާނެ . ނުފުއްޕާ ޓެކްސީ ކުރޭ.
    މިވަރަށް ވާހަކަ .

  29. ދަމާގާޑިޔާ

    މަގުގެ އެއްފަރާތުގަ ޕުރައިވެއެޓް އެއްޗެއް މަޑުކޮއްފަ މަގުންދާ އެހެނިހެއް ދުއްވާ އެއްޗިސައް އަދިހިނގާފަދާ މީހުނައް ދެވޭގޮތައް ތަންދީފަ އޮތަސް ޓެކްސީތައް މަގުބުލޮކް ކޮއްލާ އަދި ދެވޭގޮތައް ތަންދޭއިރައް ކުރިއްޖައްސާފަ ބުލޮކު ކޮއްލަނީ މީއާމުކަމެއް މީހާރު ޓެކްސީތަކުންކުރާ އަދިފަހަތުން އައްނަ އެއްޗިއްސައް މަގުގެ ގަވާއިދު ފަޅިން ތަންނުދީ ދުއްވާނީ ހުޅުމާލެ އަދި ހުޅުމާލެ ލިންކްރޯޑް ގަވެސް ދުއްވަނީ މަގުގެ މެދުގަ ދަމާފަ ހުއްނަ ރޮނގުމަތިން ގިނައެކްސިޑެންޓް ތައްހިނގަނީއެހެން ވީމަ މިކަން ފާހަނގަ ވާނެޓެކްސީތަކުގެ ބޭރުބަލާލީމަ ހީވާނީ ތެޔޮ ހުސްކުރި ފީފާއެއްގެ ބޭރުހެން ގިނަޓެކްސީތައް

  30. ގާދިރު

    ކޮސް ގޮވުން ގިނަވެއްޖެ