ތިލަފުށީ ކޯޕަރޭޝަނަށް ތިރީގައި ތަފްޞީލްކުރެވިފައިވާ ވެހިކަލް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި ވެހިކަލް ގަނެ ސަޕްލައި ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވައި ދަޢުވަތު އަރުވައިފިއެވެ.

ތިރީގައި އެވަނީ ތިލަފުށީ ކޯޕަރޭޝަންގެ އިއުލާންގައި ހިމެނިފައިވާ އިތުރު ބައިތަކެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ދައްކަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ 'ނޮން ރިފަންޑަބްލް' ފީއެކެވެ.

ބިޑް ސެކިއުރިޓީގެ ގޮތުގައި 15000 ރުފިޔާ (ފަނަރަ ހާސް ރުފިޔާ) ބީލަން ހުށަހަޅުއްވާ އިރު ހުށަހަޅުންވަން ވާނެއެވެ. އަ ދި ބިޑް ސެކިއުރިޓީގެ މުއްދަތު މަދުވެގެން 01 ދުވަހަށް ވާންވާނެއެވެ.

ބިޑް ކާމިޔާބު ކުރައްވާ ފަރާތުން ބޭންކް ގެރެންޓީ އެއް ހުށަހެޅުމުން އެޑްވާންސް ފައިސާގެ ގޮތުގައި އަގުގެ 15 އިންސައްތަ އަށްވުރެ ބޮޑު ނުވާގޮތަށް އެޑްވާންސް ފައިސާ ހަމަޖައްސައިދެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅެ

ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ

ބިޑް ވެލިޑިޓީ މުއްދަތު މަދުވެގެން 01 ދުވަހަށް ވާންވާނެއެވެ.

މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ. ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.

ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މިކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.

ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަންއަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ތިލަފުށީ ކޯޕަރޭޝަނުން ކުރި އިއުލާން ދިވެހި ބަހުން

ތިލަފުށީ ކޯޕަރޭޝަނުން ކުރި އިއުލާން އިނގިރޭސި ބަހުން