މާދަމާއަކީ އަޝްހާ އީދުގެ ފުރަތަމަ ދުވަހެވެ. އީދާއި ގުޅުވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތަކެއް ހިންގަމުން އަންނައިރު، ރާއްޖޭގެ އެތެރޭގެ އުދުހުންތައް ބޭނުންކުރަމުން އަންނަ ޕްރައިވެޓް އެއާލައިނެއް ކަމަށްވާ ފްލައިމީ އިން ދަތުރުވެރިންނަށް ސަޕްރައިޒެއްް ދޭން ނިންމާފައިވާކަން އިއްޔެ މި ވަނީ އަންގާފައެވެ.

އީދާއި ގުުޅުވައިގެން ފްލައިމީގެ ޓީމުން ދަތުުރުވެރިންނަށް ދޭން މި އުޅެނީ ކޮން ކަހަލަ ސަޕްރައިޒެއް ހެއްޔެވެ؟.މިއީ ގިނަބައެއްގެ ހިތުގައި މިހާރު އުފެދޭނެ އެއް ސުވާލެއެވެ.

ފްލައިމީގެ އޮފިޝަލަކު ވިދާޅުވީ، މާދަމާ އެ އެއާލައިން ދަތުރުކުރާ ފަރާތްތަކާއެކު ޢީދު ފާހަގަކުރުމަށް އެއާލައިން ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން އެ އެއާލައިނުން ދަތުރުކުރާ ފަރާތްތަކަށް ސަޕްރައިޒްތަކެއް ދޭން ނިންމާފައިވާކަމަށާއި، ފްލައިމީން މާދަމާ ކުރާ ހުރިހާ ދަތުރުތަކުގައި ސަޕްރައިޒްތައް ލިބިގެންދާނެ ކަަމަށް އޮފިޝަލް ވިދާޅުވިއެެވެ.

ފްލައިމީއާއެކު މާދަމާ ދަތުރެއްކޮށްލަން ހިނގާށެވެ. އެ ޓީމުން ދޭން މި އުޅޭ ސަޕްރައިޒްއަކީ ކޮބައިތޯ ބަލަން އެބަ ޖެހެއެވެ. ފްލައިމީން މި ސަޕްރައިޒް އާއި ގުޅޭ މާބޮޑު މައުލޫމާތެއް ދީފައެއް ނުވެއެވެ.

މައުލޫމާތު ލިބޭގޮތުގައި، މާދަމާ ފްލައިމީގެ ކްރޫން ތިބޭނީ ވަރަށް ދިވެހި ވަންތައްކޮށެވެ.

މީގެ ހަތް އަހަރު ކުރިން ހިދުމަތަށް ނުކުތް ފްލައިމީން މިހާރު ދަތުރުކުރަމުން ދަނީ ދަރަވަންދޫ އަށާއި، މާމިގިއްޔަށެވެ.