ބައިނަލްއަޤްވާމީ އޯޓިޒަމް ދުވަހާއި ގުޅިގެން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް އައުޓްޑޯ ޕްލޭގްރައުންޑެއް ގާއިމު ކޮށްދިނުމަށް ދިރާގުން ނިންމައިފިއެވެ.

ދިރާގުން ބުނީ، މި ޕްލޭގްރައުންޑް ހުންނާނީ ހުޅުމާލޭގައި ހުންނަ މޯލްޑްވްސް އޯޓިޒަމް އެސޯސިއޭޝަންގެ މަރުކަޒުގައި ކަމަށެވެ. އަދި މި ޕްލޭގްރައުންޑް ގާއިމު ކޮށްދިނުމުގެ ގޮތުން ދިރާގު ގެ ފަރާތުން ޕްލޭގްރައުންޑް އިކުއިޕްމަންޓް ގެ ފުލް ސެޓްއަޕް ހަދިޔާ ކުރެވިގެންދާނެކަމަށް ދިރާގުން ބުނެއެވެ.

މި ޕްލޭގްރައުންޑްގައި ކުދިންގެ މޯޓަރ ސްކިލްސް ތަރައްގީ ވުމަށް އެހީއަކަމަށް ވެގެންދާނެ ކަމަށާއި، އަދި އޭގެ އިތުރުން ކުދިން އިޖުތިމާއީ ހުނަރުތައް އިތުރަށް ފުރިހަމަކުރުމުގެ މަގުފަހިވެގެންދާނެކަމަށް ދިރާގުން ބުންޏެވެ.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަކީ އޯޓިޒަމް އާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ އިތުރުން އާރލީ އިންޓަވެންޝަން ހެދުމަށް މަގު ފަހިކޮށްދޭ ޖަމިއްޔާއެކެވެ. ހަމަ އެހެންމެ، ކުދިންނަން ކްލާހުގެ ތެރޭގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާން އެހީތެރިވެ، ހެދިބޮޑުވުމަށް ބޭނުންވާ ތެރަޕީތައް އޯޓިޒަމް އެސޯސިއޭޝަނުން ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެއެވެ.

ކުޑަކުދިންނަށް އެހީތެރިވުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ އިސްކަންދޭ އެއް ދާއިރާއެވެ. ދިރާގު ގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނަށް އެހީ ތެރިވުމަށް ތަފާތު ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ.