އައްޑޫ ސިޓީ ހިތަދޫގައި ހުންނަ "ނެފީ މާޓް" އިން ވިއްކާ ތަކެތީގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފިއެވެ.

ނެފީ މާޓުން މިހާރު ހުސްކުރާ ސޭލެއް ފަށާފައިވާއިރު، އެ ފިހާރައިން ބުނީ، ފިހާރައިން ވިއްކާ ކާބޯތަކެތީގެ އަގު ވަރަށް ހެޔޮކޮށްފައި ވާކަމަށާއި އެގޮތުން %25 އަށްވުރެ ބޮޑު ޑިސްކައުންޓެއް އެތަކެތިން ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިހާރު ފަށައިގެން ކުރިޔަށްދާ މި ހުސްކުރާ ސޭލް މި ހިނގާ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ނެފީ މާޓުން ވިއްކާ ކާބޯތަކެތި ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ބައްލަވައިގަންނަވާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓް ރޭޓްތަކެއް ކަނޑައަޅާފައިވާ ކަމަށް އެ ފިހާރައިން ބުނެއެވެ.

ނެފީ މާޓުން ބުނީ، މި ހުސްކުރާ ސޭލަށްފަހު އެ ފިހާރަ ވެގެންދާނީ، އައްޑޫ ސިޓީން ބަދިގެ ސާމާނާއި ގޭގައި ބޭނުންކުރާ އެހެނިހެންވެސް ގިނަ ސާމާނު އެއްތަނަކުން ފަސޭހަކަމާއެކު އެންމެ ހެޔޮ އަގުގައި ލިބޭނެ ފިހާރައަށް ކަމަށެވެ.

ހިތަދޫ ބޮޑުމަގުގައި ހުންނަ މަޝްހުރު ހޯލް ސޭލް ފިހާރަ އާގަލާ މާޓް ކުރިމައްޗަށް ވާގޮތަށް ހުންނަ މި ފިހާރައަކީ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ބްރޭންޑްތަކުގެ އެކި ކަހަލަ ސާމާނު ހެޔޮ އަގުގައި ވިއްކަމުން އަންނަ ފިހާރައެކެވެ. އެގޮތުން ކާބޯތަކެތީގެ އިތުރުން ކޮސްމެޓިކްސް ސާމާނާއި ގޭތެރެޔާއި ބަދިގެ ސާމާނު މިހާރުވެސް ކޮންމެވެސް ވަރަކަށް މި ފިހާރައިން ލިބެން އެބަހުއްޓެވެ.

ނެފީ މާޓުގެ އިތުރުން މި ފިހާރައިގެ މެނޭޖްމަންޓުން ހިންގާ ނެފީ ކަލެކްޝަނުން ދަނީ ޢީދަށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. އެގޮތުން ވަރަށް ހެޔޮ އަގުގައި ކްއެލިޓީ ގަމީހާއި އެކި ކަހަލަ އަންނައުނުގެ އިތުރުން ބޫޓާއި ކުޅިވަރު ސާމާނު އެ ފިހާރައިން ދަނީ ޕްރޮމޯޝަންގެ ދަށުން ޚާއްސަ އަގުތަކެއްގައި ވިއްކަމުންނެވެ. ހިތަދޫ ބޮޑު މަގުގައި ހުންނަ "ނެފީ ކަލެކްޝަން" ފިހާރަ މިހާރު ވަނީ ހިތަދޫ ލިންކް ރޯޑުގައި ހުންނަ "ނެސޯ ހޯމް" ފިހާރައަށް ބަދަލުކޮށްފައެވެ.

"ނެފީ ކަލެކްޝަން" ފިހާރައިން ވިއްކަން ހުރި ބައެއް ގަމީސް

ނެފީ މާޓާއި ނެފީ ކަލެކްޝަނުން ހިންގަމުންދާ ޕްރޮމޯޝަންތަކާއި އެނޫން މަޢުލޫމާތު 7783828 ނަންބަރަށް ގުޅުމުން ލިބިގެންދާނެ ކަމަށް އެ ދެ ފިހާރައިގެ ފަރާތުން ވަނީ ބުނެފައެވެ.