އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދެ ފަރާތަކަށް ދީފިއެވެ.

އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުުމުގެ ހުއްދަ ދީފައިވަނީ ދެ ކެފޭއަކަށެވެ. އެއީ ސ.ހިތަދޫ ހޮޓް ބޮކްސް ކެފޭއަށާއި ސ.ފޭދޫ ތްރީ އެސް ލައުންޖް ކެފޭ އަށެވެ.

އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް އެދެވޭނެ ސަރަހައްދުތައް އިއުލާނުކުރީ މިދިޔަ މޭމަހުގެ ތެރޭގައެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ މާލެ ސިޓީން 24 ތަނަކަށްވަނީ މިހާތަނަށް ވަނީ ދީފައެވެ. އެއީ މާލޭގެ ބޮޑެތި ބައެއް ފިހާރަތަކާއި، ބައެއް ކެފޭތަކެވެ.

އެ ހުއްދަ ދޭ ތަންތަނުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެތެރެ ސާފުކޮށް ފެންނަ ގޮތަށް ހުރުމާއި، 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނަކަށްވުން ހިމެނެއެވެ. އަދި އެކަމުގެ ހުއްދަ ދޭނީ އެ މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ތަނެއްކަން ބަލާފައެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެނީ ދެ އަހަރު ދުވަހަށް 2،000 ރުފިޔާގެ ފީއަކަށެވެ. ފީ ދައްކަން ޖެހެނީ މީރާއަށެވެ. ހުއްދަ ދެ އަހަރަށް ލިބުނު ނަމަވެސް، އުސޫލުތަކާ ހިލާފުވާނަމެ ހުއްދަ ބާތިލު ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު