އަނގައިން ނުބައިވަސް ދުވަން މެދުވެރިވާ ސަބަބުތައް ގިނައެވެ. އެންމެ އާންމު ގޮތެއްގައި އަނގައިން ނުބައިވަސް ދުވަނީ ދަތްތައް، ޚާއްސަކޮށް ދޫ ސާފުކޮށް އުނގުޅުމާއި ދުރުވުމުންނެވެ. ހަމަ އެހެންމެ، ސިއްޙީ ބައެއް މައްސަލަތައް ދިމާވުމުންނާއި، ކައިބޮއެހަދާ އެއްޗެއްގެ ސަބަބުންވެސް އަނގައިން ނުބައިވަސް ދުވާފާނެއެވެ. ގިނަ ފަހަރަށް އަނގައިން ވަސް ދުވުން ގުޅިފައި އޮންނަނީ ތިމާގެ ސާފުތާހިރު ކަމާއެވެ. އެހެންކަމުން އެހެން މީހުންގެ ކުރިމަތީގައި ތިމާއަކީ ނުތާހިރު މީހެއްގެ ގޮތުގައި ފެންނާން އެއްވެސް މީހަކު ނޭދޭނެއެވެ.

އަނގައިން ނުބައިވަސް ދުވުމުން ދުރުކޮށްދޭ ގިނަ އުފެއްދުންތައް ފިހާރަތަކުންނާއި ވިޔަފާރީގެ އެކި ޒަރިއްޔާތަކުން ލިބެން އެބަހުއްޓެވެ. އެކަމަކު އޭގެ ތެރެއިން ތިމާ ބޭނުންވާ ނަތީޖާ އާއި ހަމައަށް ވާސިލުކޮށްދެނީ މަދު އުފެއްދުމެއް ކަމީ ގިނަ ބަޔަކު ދަންނަ ކަމެކެވެ. އަދި ބޭނުންވާ ނަތީޖާ ދައްކައި ދިން ނަމަވެސް އެ އުފެއްދުންތަކުންމެ ގެއްލުންދެނިވި މައްސަލަތަކާއި ކުރިމަތި ކުރުވާ ފަހަރު އަންނަނީ މަދެއްކޮށެއް ނޫނެވެ. އެއީ ދަތްތައް ރީތިކޮށް އަނގަތެރެ ސާފުކަން އިތުރުކުރުމަށް އުފައްދާ ބައެއް އުފެއްދުންތަކުގައި، ކޮންމެ ކޮންމެ މީހަކާއި ނުގުޅޭހައި ބާރުގަދަ ބައިތައް އެކުލެވިފައި ވާތީއެވެ. އެފަދަ ކަމަކާއި ދިމާވެއްޖެނަމަ އަނގައިގެ ސާފުތާހިރުކަން ގެއްލުމުގެ އިތުރުން އެތައް ދުވަހެއް ވަންދެން ބޮޑު ވޭނެއްގައި އުޅެން ޖެހިދާ ފަހަރު އާދެއެވެ.

ދަތްތައް ސާފުކޮށް ހިރުގަނޑާއި ދުލުން ޖަރާސީމު ފިލުވާލުމާއެކު އަނގައިން ނުބައިވަސް ދުވުންފަދަ މައްސަލަތަކަށް އެންމެ ރަނގަޅީ ގުދުރަތީ ޙައްލެއް ހޯދުމެވެ. ދުނިޔޭގައި ގިނަ ބަޔަކު އިތުބާރު ހޯދާފައިވާ މަޝްހޫރު "ފުޓްވާން" ބްރޭންޑުން އެންމެންނަށްވެސް ހޯދައިދިން ޙައްލަކީ އެއީއެވެ. ފުޓްވާން ބްރޭންޑުގެ "ކޮކޯމޭޓް" އަކީ އިސްވެ ފާހަގަކުރެވުނު ހުރިހާ މައްސަލައެއްގެ ހައްލެވެ. އަނގައިން ނުބައިވަސް ދުވުމުން ފަށައިގެން، ދަތްތަކުގައި އެތައް ދުވަހެއް ވަންދެން އަށަގެންފައި ހުންނަ، އެތައް ދުވަހެއްގެ މަސައްކަތުންވެސް ފިލުވާނުލެވިވާ ޖަރާސީމު މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ބޭހުން ފިލުވާލައެވެ. އަދި ހީވެސްނުކުރާހާ ރަނގަޅު ނަތީޖާ ޔަޤީންކަމާއެކު ދައްކައިދެއެވެ.

ޚާއްސަ ގޮތެއްގައި ކާށިން އަމުނާލެވިފައިވާ ފައިދާކުރަނިވި ތެލާއި، އަނގައިން މީރުވަސް ދުރުމަށް މެދުވެރިކުރުވާ ކަރަންފުލުގެ ތެޔޮ އެކުލެވޭހެން އުފައްދާފައިވާ ފުޓްވާން ބްރޭންޑުގެ "ކޮކޯމޭޓް" އަކީ ދަތްތަކާއި އަނގައިގެ ހިރުގަނޑުގެ އިތުރުން ދުލަށް އެންމެ ބޭނުންތެރި ގިނަ މާއްދާތައް ހިމަނައިގެން އުފައްދާފައިވާ މޮޅު ބޭހެކެވެ.

މި ބޭހުގެ އެންމެ ޚާއްސަ ކަމަކީ، އޭގައި އެކުލެވޭ ބައިތަކުގެ ސަބަބުން، އެތައް ދުވަހެއްގެ މަސައްކަތުންވެސް ފިލުވައިނުލެވިފައި ހުންނަ ޖަރާސީމާއި އެނޫންވެސް ގެއްލުންދެނިވި، އަދި އަނގައިގެ ތާހިރުކަން ގެއްލުވާލާ ބައިތައް ދުވަސްކޮޅެއްގެ ތެރޭގައި ފިލުވާލާކަމެވެ. އެގޮތުން ގިނައިން ކޮފީ އާއި ސައި އަދި އެނޫންވެސް އެހެނިހެން ތަކެތި ކެއިންބުއިމުގެ ސަބަބުން ބައެއް ހާލަތްތަކުގައި ދަތްތަކުގެ ހުދުކަން ގެއްލުވާލާ ބައިތަކުން ދަތްތައް ރައްކާތެރިކުރުމަށް މިބޭސް މުޙިންމު ދައުރެއް އަދާކުރެއެވެ.

ތަޖުރިބާގެ އަލީގައި "ކޮކޯމޭޓް" ބޭނުންކުރާ ފަރާތްތަކުން ބުނާގޮތުގައި، މަދު ދުވަސްކޮޅެއްގެ ތެރޭގައި ތިމާ އެންމެ ހިތްއެދޭ ބަދަލު ގެނުވައިދޭ މި ބޭހަކީ މިފަދަ އެހެން އުފެއްދުންތަކާއި އަޅާ ބަލާއިރު، "އެއްވަނަ" އެވެ. އާދަކޮށް ކޮންމެ ދުވަހެއްގައިވެސް "ކޮކޯމޭޓް" އިން ދަތް އުނގުޅާނަމަ، ހީވެސްނުކުރާހައި އަވަހަށް "ތަފާތު ފެންނާނެ" ކަމަށް އެފަރާތްތަކުން ބުނެއެވެ. ތަޖުރިބާކާރުން ބުނާގޮތުގައި މި ބޭސް ބޭނުންކުރުމުގައި އެންމެ ރަނގަޅީ، އަދި އެންމެ އަވަހަށް ނަތީޖާ ދައްކުވައިދޭނެ ގޮތަކީ، ކޮންމެ ފަހަރެއްގައިވެސް ކެއުމަށްފަހު މި ބޭހުން ދަތާއި ހިރުގަނޑު އަދި ދޫ އުނގުޅައި ސާފުކުރުމެވެ. މިގޮތުގެ މަތީން އާދަކޮށް މި ބޭސް ބޭނުން ކުރުމުން، އަނގައިގެ ސާފުކަން އިތުރުކޮށްދިނުމާއި އެކު އަނގައިން ނުބައިވަސް ދުވާ މައްސަލަ އެކީގައި ހައްލުވެގެންދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ފުޓްވާން ބްރޭންޑުގެ "ކޮކޯމޭޓް" ބޭހުގެ 20 އެމްއެލް ފުޅި، މިހާރު ރާއްޖޭގައި ހެޔޮ އަގުގައި ވިއްކަމުންދާއިރު، މި ބޭސް ލިބެން ހުރީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރާ "ލިބޭއެމްވީ" އިންނެވެ. "ލިބޭއެމްވީ"ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިހާރު މި ބޭސް ބައްލަވައިގަތުމުގެ ފުރުސަތު އޮތްއިރު، މި ބޭހާއި "ލިބޭއެމްވީ" އިން ވިއްކާ އެނޫންވެސް އުފެއްދުންތަކަށް އޯޑަރުކޮށް، އޭގެ މައުލޫމާތު، 7660630 ނަމްބަރު ފޯނަށް ގުޅުމުން ލިބޭނެއެވެ. މާލެ ސަރަޙައްދުން މި ޕްރޮޑަކްޓުތައް ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތްވެސް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ. "ލިބޭއެމްވީ" އިން މި ޕްރޮޑަކްޓު ވިއްކަނީ 40 ރުފިޔާއަށެވެ.



"ލިބޭއެމްވީ" އިން ވިއްކާ ބައެއް އެހެން ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. ދަތްފަނިކެއުން ހުއްޓުވާ ޚާއްސަ ދަތްއުނގުޅާ ބޭސް
(އަގު: 145 ރުފިޔާ) [އިތުރު މައުލޫމާތު]


2. ސެންޓިއޯ އަލޮވެރާ & ހަޔަލަނޭޓް ފޭޝަލް މާސްކް އަދި ސްކްރަބް
(އަގު - ފޭޝަލް މާސްކް: 300 ރުފިޔާ) / (އަގު - ފޭޝަލް ސްކްރަބް: 300 ރުފިޔާ) [އިތުރު މައުލޫމާތު]


3. އަލޮވެރާ ޖެލް
(އަގު: 150 ރުފިޔާ) [އިތުރު މައުލޫމާތު]


4. ކްލިނިކް: ފްރެޝް ޕްރެސްޑް - 7 ޑޭއި ސިސްޓަމް (1000 ރުފިޔާ) [އިތުރު މައުލޫމާތު]


5. ވަޓްސަން ބޮޑީ ވޮޝް - ސްޓްރޯބެރީ (410 ގްރާމް: 190 ރުފިޔާ) [އިތުރު މައުލޫމާތު]

6. ވަޓްސަން ބޮޑީ ވޮޝް - ޓަމަރިންޑް (410 ގްރާމް: 190 ރުފިޔާ) [އިތުރު މައުލޫމާތު]

7. ޕަތުންތިޕް - ހެއާކެއާ ޕެކް (1250 ރުފިޔާ) [އިތުރު މައުލޫމާތު]