ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތެޔޮ ރައްކާކުރަން ހަދާ އައު ފިއުލްފާމުގެ ސްޓްރަކްޗަރ މަސައްކަތް ނިންމާލައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ވިދާޅުވީ ތެޔޮ ރައްކާކުރަން ހަދާ އައު ފިއުލްފާމްގެ ސްޓްރަކްޗަރ މަސައްކަތް މުޅިން ނިންމާލެވިފައިވާކަމަށާއި މިހާރު ކުރިއަށްދަނީ ޕައިޕްތައް އެޅުންފަދަ ކަންކަމަށް ހައިޑްރޯ ޓެސްޓިންގ އާއި ސެޓަލްމަންޓް ޓެސްޓުތައް ހެދުން ކަމަށެވެ.
ފިއުލްފާމްގައި ޤާއިމްކުރާ ތިން ޓޭންކުގައި ދެން ކުރިއަށްދާނީ ކުލަ ލުމުގެ މަސައްކަތެވެ.
އެއާޕޯޓުގައި އަލަށް ހަދާ ފިއުލް ފާމަކީ 45000 މެޓްރިކް ޓަނުގެ ކެޕޭސިޓީގެ ފިއުލް ފާމެކެވެ. މިހާރު އެއާޕޯޓުގެ ފިއުލް ފާމް ކެޕޭސިޓީއަކީ އެންމެ 15000 މެޓްރިކް ޓަނެވެ. އަލަށް ހަދާ ފިއުލް ޓޭންކުތަކާއެކު، ފިއުލް ފާމް ކެޕޭސިޓީ 60000 މެޓްރިކް ޓަނަށް އިތުރުވާނެ އެވެ.
އެމްއޭސީއެލްއިން ވިދާޅުވީ ޕައިޕްއެޅުމާއި މިނޫންވެސް ޓޭންކުތަކަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވުމަށް ކުރިއަށްއޮތް ދެ މަސްދުވަހުގެ ތެރޭގައި ފެށޭނެކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެލާނާ އެއާޕޯޓް ތަރައްޤީ ކުރަން ފެއްޓެވި އެއް ބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް ޓާމިނަލް ފިޔަވައި އެހެން މަސައްކަތްތައް ވަނީ ނިމުމަކާއި ގާތްވެފައެވެ. ނަމަވެސް އަދިވެސް ޓާމިނަލްގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށްދާތަނެއް ނުފެނެއެވެ.
New Fuel Farm development updates @VelanaAirport
TK101- Inspection completed after Hydro Testing.
TK102- Standby for Hydro testing
TK103-Tank currently undergoing Hydrotesting / Settlement Testing.
TK201 / TK202- Preparation for Sand Blasting & Internal Lining #VIAdevelopment pic.twitter.com/TvlXOt4ZDU— Maldives Airports Company Ltd - MACL (@MACLmedia) August 13, 2019
ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕާއި އެވެ.
ވިޝަނަރީ ލީޑަރ ކުރީގެ ރައިސް ޔާމީންގެ މަސައްކަތައް ހަމަ ސާބަސް! އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގައި މިރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ބޮޑެތި ބިޔަ ތަރައްގީގެ ޕްރޮޖެކްޓްތައް ވަނީ ހިންގާފަ! އަދިވެސް ނިމެމުން މިދަނީ އެފެއްޓެވި ތަރައްގީގެ ބައިތައް! އަދި އެހާމެ ބޮޑު ވައްކަމެއްވެސް އެފަސް އަހަރުތެރޭ ސަރުކާތުތެރެއިން ބަޔަކުވަނީ ހިންގާފަ! އެކަންކުރި މީހުންގެ ތަހްގީގު ހިންގާ ބަޔަކު ޖަލައްލާ އަނެއް ބަޔަކު ހޯދަން ރެޑް ނޯޓިސް ނެރެފައި ވަނިކޮށް މިހާރު މިކުރާ ކަމަކީ ރައިސް ޔާމީން ބޮލަށް އެކަމަކު ފޫޅު ކަނޑާލާ ވގަށް ގޮވާ ބަދުނާމު ކުރުން! ޙަގީގީ ކުށްވެރިން ދޫކޮށް ރެޑްް ނޯޓިސް ނެރެފައިވާ މީހުނާ ޑީލް ހަދާ ޔާމީނާ ދެކޮޅަށް ބުހުތާން ދޮގު ހަދުވާ ކަޅާ ހުދުން ލިޔެ އެމީހުންވެސް މިނިވަން ކުރީ!! މިއީ ޖަރީމާއަކަށް ނުވޭބާ؟
ޓާމިނަލް އިންޑިއާގެ ކޮރަޕްޓް ޖީއެމްއާރަށް ނުދެވިން ސަރުކާރުން ހިންގާ ގޭސްގަނޑަކުން އެކަން ނުވެ އެދަނީ. ޔާމްބެ ގެ ވެރިކަމުގައި އެތަނުގެ ޕައުންޑޭޝަން އަޅަން ޖަހަންޖެހޭ ހުރިހާ ޕައިލް ތަކެއް ވަނީ ޖަހާނިމިފައި. އަފި ކުރީގެ ބޯޑިންގޭޓްތަކެއް'ޕިޔަބްރިޖް ވަނީ އެއްކޮށް ރޫޅާނަގާ ބިން ސާފްކޮށްފަ.