އެކި ގައުމުތަކާއި ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ ޕްރޮގްރާމްގެ ދަށުން އެމްއެމްޕީއާރުސީން މިފަހަރު އެމެރިކާގެ ނޫސްވެރިން ރާއްޖެ ގެނެސްފިއެވެ.

އިއްޔެ އެމެރިކާގެ ނޫސްވެރިން ރާއްޖެ ގެނެސްފައިވާ އިރު މީގެ ކުރިންވަނީ އިންޑިއާ، ޖަރުމަނު، އޮސްޓްރިއާ، ސުވިޒަލެންޑް، އިނގިރޭސި ވިލާތް، ސައުތު ކޮރެއާ އަދި ޗައިނާގެ މީޑިއާ ޓީމުތައްވެސް ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

އެމެރިކާގެ ނޫސްވެރިން ތިބެން ހަމަޖެހިފައިވަނީ ހެރިޓަންސް އާރަށް ރިސޯޓާއި މާކިއޯ މޯލްޑިވްސް ކޫއްޑޫގައެވެ. މި ޓީމް އިއްޔެ އައިސްފައިވާ އިރު މިމަހުގެ 18 ވާ އާދިއްތަ ދުވަހުގެ ނިޔަލަތް ރާއްޖޭގައި މަޑު ކުރަން ހަމަޖެހިފައިވާ ކަމަށްވެސް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ. އަދި ރާއްޖޭގައި މަޑުކުރާ ދުވަސްތަކުގައި ރާއްޖޭގެ ހިތްގައިމު މާހައުލާއި ކަނޑު އަޑީގެ ރީތިކަން ތަޖުރިބާ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އެމެރިކާ އަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ ބޮޑު އެއް މާކެޓެވެ. މި ދަތުރުގެ ސަބަބުން އެ ގައުމުގައި ރާއްޖެ އިތުރަށް އިޝްތިހާރު ވާނެކަމަށާއި ކުރިއަށް އޮތް މުސްތަގްބަލުގައި އިތުރަށް ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް އެމްއެމްޕީއާރުސީން އުންމީދުކުރެއެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެ ގައުމުގެ 27،684 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރު ގެ އެ މުއްދަތާއި އަޅާބަލާއިރު 34.5 ޕަސެންޓު ގެ ކުރިއެރުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯބުރި

    ކީއްވެތ ސައުދީން ނޫސްވެރީން ނުގެނައީ؟

    5
    1
  2. ބުރޯ

    ކުރީސަރުކާރު އޮތް އިރު ޓޫރިސްޓުން ރާއްޖެ ނުދިއުމަށް ގޮވާ އެވަރުންނުވެގެން އެގައުމު ތަކަށް ގޮސް ރާއްޖެ ނުދާން ކިޔާ ނުރައްކާތެރިތަނެއްކަމަށް ބުނެފަ ވެރިކަމަށް އާދެވުމުންރައްކާތެރިއޭ ކިޔަސް އެމީހުންގެ ހިތަކުން ބިރުވެރިކަމެއްނުފިލާނެ.