ހެޕީ މާކެޓުން ހދ. ހަނިމާދޫ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނީ، އެރަށުގެ ރައްޔިތުންނަށް ހާއްސަކޮށް އީދުގެ ކުޅިވަރުގެ ހަރަކާތްތައް ފޯރީގައި ކުރިއަށްގެންދެވޭނެ މަގު ތަނަވަސްކޮށްދިނީ ތީއެވެ. މިފަހަރު އީދުގައި އެރަށުގައި ކުރިއަށްގެންދާ ހުރިހާ ހަރަކާތެއް ސްޕޮންސާކޮށްފައި ވަނީ ހެޕީ މާކެޓްގެ ފަރާތުންނެވެ.

އީދު ފާހަގަ ކުރުމުގެ ގޮތުން ހެޕީމާކެޓުގެ އެހީގައި ދަނީ "ހެޕީމާކެޓް އީދު އުފާ 1440 އެޓް ހަނިމާދޫ" ގެ ނަމުގައި ގިނަ ހަރަކާތްތަކެއް ފަށާފައެވެ. މި ހުރިހާ ހަރަކާތެއް އިންތިމާޒްކޮށް ކުރިއަށްގެންދަނީ ހަނިމާދޫގައި ތިން ޖަމިއްޔާއަކުންނެވެ. އެ ތިން ޖަމިއްޔާ ގުޅިގެން އީދު ދުވަހާއި ގުޅިގެން ހަތް ދުވަހުގެ ހަރަކާތްތައް މިހާރު ވަނީ ފަށާފައެެވެ.

މީގެ ތެރޭގައި، ރޮބްމޭން ހަރަކާތްތައް ކުރިއަށްގެންދިޔައިރު، މިއީ އެރަށުގެ ހުރިހާ އެންމެންނަށް ހެޕީ މާކެޓުން ދިން ސަޕްރައިޒްއެކެވެ. އަދި ރަށުގެ ކުދި ބޮޑު އެންމެންނަށް ހާއްސަކޮށް އީދުގެ އެކި ކުޅިވަރުތައް ކުރިއަށްގެންގޮސްފައި ވެއެވެ.

އެގޮތުން އަންހެނުންނަށް ހާއްސަ މަސް ރޭސް، އަންހެނުންގެ މާލި ޕްރޭޑް، އަންހެނުން ވާދެމުންވެސް، ވޮލީ ބޯލް މުބާރާތް، ޓާސްކް ގޭމް ކުރިއަށްގެންގޮސްފައި ވެއެވެ. ފިރިހެނުންނަށް ހާއްސަކޮށް ބައިބަލާ، ވާދެމުން، މަސް ރޭސް، އަދި މީގެ އިތުރުން، ކުޑަކުދިންގެ ހަވީރާއި، އީދު ކުލަ ޖެހުމާއި،ކެތިއަރާ ބޮޑު ބެރު ގްރޫޕްގެ ހަރަކާތްތަކާއި، ޒީނަތު ޑޭންސް ގްރޫޕްގެ ހަރަކާތްތައް ފެނިގެން ގޮސްފައި ވަނީ ސްޓޭޖް ޝޯވގެ ތެރެެއިންނެވެ.

ހަނިމާދޫގައި އީދުގެ ހަރަކާތްތައް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، މި ހަރަކާތްތައް ނިންމުމުގެ ގޮތުން ބާބެކިއުއެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ހެޕީ މާކެޓުން ދަނީ މި އީދު ހަރަކާތްތަކުގެ ތެރެއިން، ރަޝިއާގެ އަން-ނޫރް ބްރޭންޑާއި، ބްރެޒިލްގެ ސީރާ ބްރޭންޑް ޕްރޮމޯޓް ކުރަމުންނެވެ.