އޮސްޓްރޭލިޔާގެ މަޝްހޫރު ކޮފީ ބްރޭންޑެއް ކަމަށްވާ "ގްލޯރިއާ ޖީންސް ކޮފީ" ގެ އައުޓްލެޓް މާލޭގައި ހުޅުވައިފިއެވެ.

މިތަން ހުޅުވާފައި ވަނީ މާލޭގެ މަލަމައްޗަށް ރީތިކަން ގެނެސްދޭ ގޮތަށް ރަސްފަންނުގައި ހަދާފައިވާ ފަވީލާގެ ދެވަނަ ފަންގިފިލާގައެވެ، މިރޭ ފަވީލާގައި ބޭއްވި ރަސްމިއްޔާތެއްގައި ގްލޯރިއާ ޖީންސް ކޮފީ ހުޅުވައިދެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްއެވެ.

ގްލޯރިއާ ޖީންސް ކޮފީގެ އައުޓްލެޓް މެޑަމް ފާތުން ހުޅުއްވައިދެއްވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ގްލޯރިއާ ޖީންސް ކޮފީގެ އައުޓްލެޓް މެޑަމް ފާތުން ހުޅުއްވައިދެއްވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ރާއްޖޭގައި ގްލޯރިއާ ޖީންސް ކޮފީ ހުޅުވާފައި މި ވަނީ "ބްރޫ އެންޑް ފީސްޓް" ކިޔާ ދިވެހި ކުންފުންޏަކާ ގުޅިގެންނެވެ.

މިއީ ރާއްޖޭގައި މި ބްރޭންޑްގެ ތަނެއް ހުޅުވި ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް ވެލާނާ އެއާޕޯޓްގައިވެސް ގްލޯރިއާ ޖީންސް ކޮފީ ހުޅުވަން ނިންމާފައިވާކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

ގްލޯރިއާ ޖީންސް ކޮފީއަކީ އޮސްޓްރޭލިއާގެ މަޝްހޫރު ފްރެންޗައިޒް ކޮފީ ހައުސްއެކެވެ. އެތަނުން ކޮފީގެ އެކި ކަހަލަ ބުއިންތަކާއި އުފެއްދުންތަކަށް ލިބޭއިރު، ރާއްޖެއިންވެސް ސީދާ އޮސްޓްރޭލިޔާގެ ގްލޯރިއާ ޖީންސްއާ އެއް ކޮލެޓީއެއްގައި ކޮފީ ލިބޭނެކަމަށް މައުލޫމާތު ލިބެއެވެ.

ގްލޯރިއާ ޖީންސް ކޮފީގެ އައުޓްލެޓް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ގްލޯރިއާ ޖީންސް ކޮފީގެ އައުޓްލެޓް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

މާލޭގައި މިހާރު ހުރި އެންމެ ހިތްގައިމު މާހައުލުގައި ތިން ބުރިއަށް ތަރައްޤީކޮށްފައިވާ ރަސްފަންނު ފަވީލާގައި ރެސްޓޯރަންޓް އަދި ކެފޭތައް ހުންނާނީ މަތީ ދެ ބުރީގައެވެ.

ފަވީލާއަށް އިތުރު ބްރޭންޑްތައް ގެނައުމަށް ނިންމާފައިވާކަމަށް އެމްޑަބްލިވްއެސްސީ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފޭސް

    ސޭމް ޝިޓް ޖަސްޓް ޑިފަރެންޓް ނޭމްސް

    • ޔޫސުބު

      މަށަށް ޔަޤީން ކަލޭވެސް އެތަނުން ތިބުނާ ޝިޓް ބޯން ދާނެކަން....ހަމަ ޖޭވަނީ...ރައީސް ޔާމީން ހަބޭސް

      • ފޭސް

        މަމީ ޔޫސުބު ކަހަލަ ގުއިނުދެކޭ ކާޅެއް ނޫން

  2. ޝީއިޒްޝީ

    މާލޭގައި ބާގަ ކިންގާއި ކޮފީ ކްލަބް ހުޅުވައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ކޮބާ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. އިޓްސް ޖަސްޓް އެނަދަރ ފްރެންޗައިސް ޑޭ ދޯ. އާފްޓަރ ކެޗިންގް ދަ މަންޑޭ ފީލިންގް މަމެން ގެ ހިތަށް ފިނި ކަން އޯއު އޯއު އޯއު މަންމަ ވެސް ބާރގަރ ކިންގް އަށް ދާން ބޭނުންވަނީއޭ ދެން ކިހިނެއް ހަދަނޫ. އޯއު އޯއު އޯއު އިޓްސް ޖަސްޓް އެނަދަރ ފްރެންޗައިސް ޑޭ އިޓްސް ޖަސްޓް އެނަދަރ ފްރެންޗައިސް ޑޭ ދޯ އެންޖޯއި މަންޑޭ ފްރެންޗައިޒް ފީލިންގް ދޯ.

  3. ފާތުން

    ހަބޭސް!??

  4. ޝީއިޒްޝީ

    ކޮބާ ތަމެންނަށް ފެނޭތޭ އަނެއް ޕްރެންޗައިޒް ހުޅުވުނީ ދޯ. ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ދެން ތަމެންނަށް އަޑު އިވިގެން ދާނީ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭން މަމެން ނިންމާ އެ އެކަމަށް އެދި ފޯރމް ލާފައިވާ 15 ހާސް މީހުންނަށް ފްލެޓްސް ތައް ދޭނެ ކަމުގެ ލިޔުން ހަވާލު ކުރާ ތަން. އެއިރުން ތަމެންގެ ކްރެޑިބިލިޓީ ދާނީ ޗޮކުން ނޭ މަމެން ބުނަން ނެތީމު ދޯ. މީ މަމެން ކިޔާ އެއްޗެއް ނޫނޭ މީ ޓުއިސްޑޭ ކުދިން ބުނަނީ ގޮސިޕްސް ކިޔާ އެއްޗެކޭ އިނގޭތޭ. އައި ޔޫޒުޑް ޓު ތިންކް ދެޓް ލައިފް އިޒް ބިއުޓިފުލް އިން ދިސް ވޯލްޑް. ލައިފް އިޒް ނަތިންގް ވިދައުޓް ފެއިތް އައި ޖަސްޓް ބިލީވް ދެއަރ އިޒް ނަތިންގް ޓު އިޓް އައި ބިލީވް އިން އިޓް. އައި ބިލީވް އިން އިޓް އައި ތިންކް އެބައުޓް އިޓް އެވްރީ ނައު އެން ދެން. އައި ބިލީވް އައި ކޭން ފްލައި ވިދް ފެއިތް އައި ބިލީވް އައި ކޭން ފްލައި. އައި ބިލީވް އައި ކޭން ފްލައި..

    • ރާއްޖެތެރެ މީހާ

      ޒޫނާ! ނުފެނޭ!

  5. ޙަފްޞާ / މާލެ

    ތިވައްތަރުގެ ކޮފީ ކޮލެއްގެމިންވަރު ކިހާވަރަކަށްބާ ލިބެނީ؟