ސުންނަތާ އެއްގޮތަށް ހިޖާމަ ޖެހުމުގައި ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ، އެންމެ ފާހަގަކޮށްލެވޭ ފަރާތަކީ ފަޒީއެެވެ. ފަޒީ ހިޖާމަ ކްލިނިކް ނަމުގައި އަމިއްލަ ކްލިނިކެއް ހުޅުވައިގެން އޭނާ އެކަން ކުރަމުން އަންނައިރު، އޭނާގެ ފަރާތުން ފަރުވާ ހޯދި މީހުންނަށް މިއަދު އަންނަނީ އުފާވެރި ހަބަރުތައް ލިބެމުންނެވެ.

އަދި އެ ވާހަކަތައް ފަޒީ ދަނީ އޭނާގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ހިއްސާ ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ފަޒީ ހިޖާމާ ކްލިނިކް އިން ހިޖާމަ ޖަހަން އައި ދެ ފެލޯޕިއަން ޓިއުބް އާއި އެއް އޯވަރީ ނަގާފައިވާ އަންހެނެއް ފަޒީގެ އިރުޝާދާއި، އެއްގޮތަށް އައިވީއެފްއަށް ތައްޔާރުވެގެން ފަރުވާއަށްފަހު އައިވީއެފް ކާމިޔާބުވެ ދަރިން ނުލިބި އެތައް ދުވަސްތަކެއް ވަންދެން ކުރި ދިގު އިންތިޒާރަށް ނިމުން އައި ވާހަކަ ވާހަކަ ފަޒީ މި ވަނީ ދައްކާފައެވެ.

ފަޒީ ބުނީ، އެ އަންހެން މީހާއަކީ ކުރިން ދެ އައިވީއެފް އާއި އައިޔޫއައިއެފްވެސް ހަދާ އެކަން ކާމިޔާބުވެފައި ނުވާ މީހެއް ކަމަށެވެ.

"ދެން މިފަހަރު ތިން ވަނަ ފަހަރު އައިވީއެފް ހެދީ ފަޒީ ކައިރިން ހިޖާމަ ޖަހައިގެންދިޔައީ، ފަޒީ ބުނިގޮތަށް ހެދީމަ ސަކްސެސްވެފައި އެ އިނީ އިރާދަކުރައްވިއްޔާ"، ފަޒީ ބުންޏެވެ.

ފަޒީ ބުނީ، އެ އަންހެން މީހާއަކީ، ދެ ފެލޯޕިއަން ޓިއުބް އާއި އެއް އޯވަރީވެސް ނަގާފައިވާ އަންހެނަކަށްވުމުން، އައިވީއެފް ނަހަދާ މާބަނޑުވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެެވެ. އަދި ފަހުން ހެދި އައިވީއެފް ކާމިޔާބުވެފައި ވަނީ، ހިޖާމަ ޖަހައިގެން އައިވީއެފް ހެދުމުން ކަމަށް ފަޒީ ބުންޏެވެ.

ފަޒީއަކީ އާއްމުކޮށް ދަރިމައިވުމުގެ މައްސަލަތަކަށާއި، ހަމުގެ މައްސަލަތަކާއި، ބޮލުގެ ރިހުމާއި، ހުޅުހުޅުގެ ރިއްސުން ފަދަ އާއްމު ތަދުތަކުގެ މައްސަލަތަކަށެވެ. ސުންނަތާ އެއްގޮތަށް އޭނާ ހިޖާމަ ޖަހައިގެން ގިނަބަޔަކަށް މިހާރު ވަނީ ކުރިމަތިވަމުންދިޔަ އުނދަގޫތަކަށް ހައްލު ލިބިފައެވެ.

ފަޒީ ހިންގަމުން އަންނަ ފަޒީ ކްލިނިކް ހުންނާނީ، ކޮހިމަލާ ހިނގުމުގައެވެ. ފަޒީ ކްލިނިކް އާއި ގުޅޭނެ ނަމްބަރަކީ 9994616 އެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހިޔަމަ

    ހަމައެކަނި ހިޖާމާ ޖެހީކީނޫން!! ދުއާ ވެސްކުރި!! ޑޮކްޓަރ ބުނިގޮތައް ވެސް އެތައްކަމެއް ކުރި!! ހިޖާމާ ނުޖެހިޔަސް ދެފަހަރަކު ތިންފަހަރަކު މަސައްކަތް ކުރަން ޖެހުމަކީ ބޭސްވެރިކަމުގަ ވެސް ދިމާވާ ހާލަތެއް......

    80
    17
    • ލަޔަން

      ކަލޭމެން އަކަށް ނުވިސްނޭނެ ކަލޭމެން ބޭނުން ވަނީ ޖަދަލް ކުރަން

      33
      41
    • ހިޔަމަ ގޯސް ނުގޮވާ

      ހިޖާމާ އަކީ ތަފާތު އެކި ބަލިތަކަށް ހުރި މޮޅު ފަރުވާއެއް.... ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ބަސްފުޅަކުން ވެސް ވަނީ އެކަން ހާމަ ވެފަ... އެހެން ވީމާ މީގެ ފަހުން ރަސޫލާގެ ބަސްފުޅު ދޮގު ކުރާފަދަ ގޮތަށް ވާހަކަ ނުދައްކާތި... ކިތަންމެ ބަޔަކު އެބަ ތިބި ތިބުނާ މޮޅު އިންޑިއާ އާއި ތަންތަނަށް ގޮސް އުއްމީދު ކަނޑާލާފައި ވަނިކޮށް ހިޖާމާ އާއި އަދި މި ނޫނަސް ރަސޫލާގެ ސުންނަތުން ސާބިތުވެފައިވާ ފަރުވާތަކާއި ދުޢާތައް ކިޔައިގެން.. ވީއިރު ތިފަދަ ގޮތަކަށް ވާހަކަ ދައްކަން ނޫޅޭތި މީގެ ފަހުންވެސް

      85
      4
  2. ޞިޔަ

    ސަދަގާތް ދިނުމަކީވެސް ޝިފާއެއް

    43