ދަތްތައް ހުދުކޮށް ސާފުކޮށް ބެހެއްޓުމަކީ ސާފުތާހިރުކަމާއި ދޭތެރޭ ވިސްނާ ކޮންމެ މީހަކުވެސް ވަރަށް އިސްކަން ދޭނޭ ކަމެކެވެ. އެކަމަކީ މީހެއްގެ ސާފުތާހިރުކަމާއި އެއްވަރަށް އެމީހެއްގެ ރީތިކަން އިތުރަށް ފުރިހަމަވެ އުޖާލާ ކޮށްދޭ ކަމެއްވެސް މެއެވެ. އެހެންކަމުން ރީތި ހުދު ދަތްޕިލައެއްގެ ވެރިޔަކަށް ވުމަށް ކޮންމެ މީހަކުވެސް އެދޭނެއެވެ.

ދަތްތައް ހަޑިވެ އޭގެ ހުދުކަން ކެނޑިގެން ދިއުމުން ދަތްޕިލާ ރީތިކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. މާނައަކީ ދަތްތައް ހަޑިވުމުން އަލުން އަނބުރާ ރީތި ދަތްޕިލައެއް ނުލިބޭނެ ވާހަކައެއް ނޫނެވެ. މި ބޭނުމުގައި ބޮޑު އަގު ދީގެން އާދަކޮށް ބައެއް މީހުން ކްލިނިކުތަކުންނާއި އެފަދަ ތަންތަނުން ދަތްތައް ސާފުކުރާއިރު، އަނެއް ބަޔަކު ތަފާތު އެކި ބާވަތްތަކުގެ ބޭހާއި އުފެއްދުންތައް ބޭނުންކޮށް އުޅެއެވެ. ނަމަވެސް މިކަންކަމުން އެންމެ ހިތްހަމަ ޖެހޭ ފަދަ ނަތީޖާއެއް ދައްކައިދެނީ މަދު ފަހަރެއްގައެވެ.

ދަތްތަކުގެ ރީތިކަން ދެމެހެއްޓުމަށް އެދޭނަމަ އެންމެ މުޙިންމު ކަމަކީ ރަނގަޅު ފައިދާކުރަނިވި، އެކަމަށް ޚާއްސަ އުފެއްދުމެއް އިޚްތިޔާރު ކުރުމެވެ. އެއީ ދަތްތަކަށް ގެއްލުން ލިބި ދާއިމީ ގޮތެއްގައި ދަތްތައް ހަޑިކޮށްލާ ފަދަ އުފެއްދުމެއް ނޫންކަން ޔަޤީން ކުރަން ޖެހެއެވެ. ރާއްޖޭގައި މިހާރު ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރަމުން އަންނަ ފޭސްބުކް ޕޭޖް، "ލިބޭއެމްވީ" އިން ދާދިފަހުން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަން ފަށާފައިވާ އިސްމީ ބްރޭންޑުގެ "ރަސްޔަން" އެކްސްޓްރާ ވައިޓް ހާބަލް ޓޫތްޕޭސްޓް އަކީ އިސްވެ ފާހަގަ ކުރެވުނު ކަންކަމަށް ރާއްޖެއިން މިވަގުތު ލިބޭ އެންމެ އިތުބާރުހުރި އެއް ޕްރޮޑަކްޓެވެ.

ހެޔޮ އަގުގައި މިހާރު "ލިބޭއެމްވީ" އިން ހޯލްސޭލްކޮށް ރީޓެއިލްކުރަމުންދާ "އިސްމީ" ބޭހަކީ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ، ޕަތްޕިލާވެލީގެ އުފެއްދުމެކެވެ. އަލޮވެރާ އާއި ކަރަންފުލާއި ފޭރު ފަތް ހިމަނައިގެން އުފައްދާފައިވާ "އެކްސްޓްރާ ވައިޓް" މި ބޭހަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދަތްތައް ހުދުކޮށްދިނުމާއި އެކު ޖަރާސީމު ފިލުވާލާ އަނގައިން ނުބައިވަސް ދުވުން ހުއްޓުވައިދޭ މޮޅު ބޭހެކެވެ.

މި ބޭހުގައި ހިމެނޭ އަލޮވެރާގެ ބައިތަކަކީ ހިރުގަނޑާއި ދުލުގެ ކައިރިން ކަނޑައިގެން ގޮސް ނުވަތަ ފާރުވެފައިވާ ތަންތަނަށް ފަރުވާއެކެވެ. އާދަކޮށް މި ބޭހުން ދަތްއުނގުޅާން ފަށައިފިނަމަ ހީވެސްނުކުރާ އަވަހަށް ހަލާކުވެފައިވާ އެފަދަ ތަންތަނަށް ފަރުވާ ލިބި ރަނގަޅުވެއެވެ. މީގެ އިތުރުން މި ބޭހުގައި ހިމެނޭ ކަރަންފުލުގެ ބައިތަކުން، އަނގައިން ނުބައިވަސް ދުވުމުގެ މައްސަލައަށް ނިމުމެއް ގެނެސްދީ، އަބަދާއި އަބަދުމެ އަނގައިގެ ތާޒާކަން އިތުރުކޮށްލައެވެ.

ދުވާލަކު މަދުވެގެން ދެ ފަހަރު މި ބޭހުން ދަތް އުނގުޅުމުން ގިނަ ވަގުތުތަކެއް ވަންދެން އަނގައިން ނުބައިވަސް ދުވުމުން ދުރުކޮށްދީ އަނގައިގެ ތާޒާކަން އިތުރުކޮށްދިނުމާއި އެކު، ދުވަސްކޮޅެއްގެ ތެރޭގައި ދަތްތައް ދެގުނައަށް ހުދުވެ ރީތިވެގެންދާ ކަމަށް ތަޖުރިބާގެ އަލީގައި މި ބޭސް ބޭނުންކޮށްފައިވާ ފަރާތްތަކުން ބުނެއެވެ.

ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ މި ޕްރޮޑަކްޓު، ފޭސްބުކް ޕޭޖް، "ލިބޭއެމްވީ" މެދުވެރިކޮށް މިހާރު ވިއްކަމުންދާއިރު، އެ ޕޭޖަށް މެސެޖުކޮށްގެންވެސް މި ޕްރޮޑަކްޓަށް އޯޑަރު ކުރެވޭނެއެވެ. މީގެ އިތުރުން "ލިބޭއެމްވީ"ގެ ފޯން ނަމްބަރު، 9946822 އަށް ގުޅައިގެންވެސް އެފަރާތުން ވިއްކާ ޕްރޮޑަކްޓުތަކަށް އޯޑަރުކޮށް އޭގެ މަޢުލޫމާތު ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ.

މި ޕްރޮޑަކްޓު މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭއެމްވީ" އިން ފޯރުކޮށްދެއެވެ. "ލިބޭއެމްވީ" އިން "އިސްމީ ރަސްޔަން ހާބަލް ކްލޯވް ޓޫތްޕޭސްޓް" ވިއްކަނީ 150 ރުފިޔާއަށެވެ.



"ލިބޭއެމްވީ" އިން ވިއްކާ ބައެއް އެހެން ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. ދަތްފަނިކެއުން ހުއްޓުވާ ޚާއްސަ ދަތްއުނގުޅާ ބޭސް
(އަގު: 145 ރުފިޔާ) [އިތުރު މައުލޫމާތު]


2. ސެންޓިއޯ އަލޮވެރާ & ހަޔަލަނޭޓް ފޭޝަލް މާސްކް އަދި ސްކްރަބް
(އަގު - ފޭޝަލް މާސްކް: 300 ރުފިޔާ) / (އަގު - ފޭޝަލް ސްކްރަބް: 300 ރުފިޔާ) [އިތުރު މައުލޫމާތު]


3. އަލޮވެރާ ޖެލް
(އަގު: 150 ރުފިޔާ) [އިތުރު މައުލޫމާތު]


4. ކްލިނިކް: ފްރެޝް ޕްރެސްޑް - 7 ޑޭއި ސިސްޓަމް (1000 ރުފިޔާ) [އިތުރު މައުލޫމާތު]


5. ވަޓްސަން ބޮޑީ ވޮޝް - ސްޓްރޯބެރީ (410 ގްރާމް: 190 ރުފިޔާ) [އިތުރު މައުލޫމާތު]


6. ވަޓްސަން ބޮޑީ ވޮޝް - ޓަމަރިންޑް (410 ގްރާމް: 190 ރުފިޔާ) [އިތުރު މައުލޫމާތު]


7. ޕަތުންތިޕް - ހެއާކެއާ ޕެކް (1250 ރުފިޔާ) [އިތުރު މައުލޫމާތު]


8. އަނގައިން ނުބައިވަސް ކަނޑުވާލާން އެންމެ މޮޅު "ކޮކޯމޭޓް" (40 ރުފިޔާ) [އިތުރު މައުލޫމާތު]


9. އަތުގެ ހަންގަނޑު މަޑުކޮށް، ތާޒާކޮށްދޭ ""ފުޓްވާން ހޭންޑްކްރީމް" (130 ރުފިޔާ) [އިތުރު މައުލޫމާތު]