ސެމްސަންގްގެ އޭ ސީރީޒްގެ ފޯންތައް ސުޕަރ މޯބައިލް ފިހާރައިން ވިއްކަން ފަށައިފިއެވެ.

ސެމްސަންގްގެ އޭ ސީރިޒްގެ ހުރިހާ ފޯނެއް މިހާރު ސުޕާ މޯބައިލުން ލިބެން ހުންނާނެއެވެ. ސެމްސަންގ އޭ10، އޭ20، އޭ30، އޭ40، އޭ50، އޭ60، އޭ70، އޭ80 ގެ ފޯންތައް މިހާރު އެފިހާރައިން ލިބެން ހުންނާނެއެވެ. މި ފޯންތަކަކީ ކެމެރާ މޮޅުވެފައި ބެޓަރީ ވަރުގަދަ ފޯންތަކެއްކަން ފާހަަގަކޮށްލަން ޖެހެއެވެ.

އޭ ސީރިޒްގެ ފޯންތަކަކީ ސެމްސަންގްގެ އެންމެ ފަހުގެ މޮޑެލްތަކެވެ. އަދި ވަރަށް އަވަަހަށް އޭސީރީޒްގެ އެންމެ ފަހުގެ ފޯން އޭ90 ވެސް އެ ފިހާރައިން ލިބޭނެއެވެ. އަދި މި ފޯންތަކަށް އެއް އަހަރުގެ ދުވަހުގެ ސެމްސަންގް އިންޓަނޭޝަނަލް ވޮރެންޓީވެސް ލިބޭނެއެވެ.

މިއީ ސެމްސަންގްގެ ބަޖެޓް ފޯނެވެ. މި ފޯންތަކުގެ ކަވަރާއި ޓެމްޕާޑް ގްލާސްވެސް ސުޕަރ މޯބައިލުން ލިބެން ހުންނާނެއެވެ.

ސުޕަރ މޯބައިލްއަކީ އެންމެ ފަހުގެ ހެޔޮ އަގެއްގައި ވިއްކަމުން އަންނަ ފޯން ފިހާރައެކެވެ. އެގޮތުން އައިފޯންގެ އެންމެ ފަހުގެ ފޯންތަކާއި، ސެމްސެންގ، ވާވޭ، ޒިއޯމީ، ނޮކިއާ މި ބްރޭންޑްތަކުގެ އެންމެ ފަހުގެ ފޯންތައް އެ ފިހާރައިން ލިބެން ހުންނާނެއެވެ. އަދި އެ ފިހާރައިން އެޕަލް ވޮޗް ސީރީޒް 4 އާއި ސެމްސަންގެ ވޮޗްގެ އިތުރުން ފޯންތައް މަރާމާތުވެސް ކޮށްދެއެވެ.

އަލި ރަސްގެފާނު މަގާއި، ބޮޑު ރަސްގެފާން މަގު ގުޅޭ ކަންމަތީގައި ހުންނަ މި ފިހާރައިން ގަންނަ ފޯންތައް ބޭނުންވާތަކަށް ހިލޭ ޑެލިވަރީވެސް ކޮށްދޭނެއެވެ. އެގޮތުން މާލެ ހުޅުމާލޭގެ އިތުރުން، ރިސޯޓްތަކަށާއި، އަތޮޅު ތެރެއަށްވެސް ޑެލިވަރީ ހިދުމަތް ސުޕަރ މޯބައިލް ފިހާރައިން ދެމުންގެންދެއެވެ.

އެ ފިހާރައާއި ގުޅޭނެ ނަމްބަރަކީ 7519966 އަދި 9918006 އެެވެ. މި ނަމްބަރުތަކަށް ގުޅައިގެން ނުވަތަ ވައިބަރ ކޮށްގެން ބޭނުންވާ ފޯނެއް ޑެލިވަރ ކޮށްދިނުމުގެ ހިދުމަތްވެސް ލިބިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނޫސްކިޔާމީހާ

    އަގު ޖަހާލިނަމަ ދޯ ހިތައް ހާދަފަސޭހަވާނޭ

    • ޢަލީ

      އަސްލުވެސް ދޯ!! އޭރަށްދެން ހާދަ ހިތްގައިމުވީހޭ..

  2. ގޯ

    ފިހާރައަށް ގޮސްބަލާލާ

    1
    4