ދުނިޔޭގެ މަޝްހޫރުކަން ލިބިފައިވާ ދެ ފްރެންޗައިޒް ބްރޭންޑް ކަމަށްވާ "ބާގަ ކިންގް" އާއި "ކޮފީ ކްލަބް" މާލޭގައި ހުޅުވައިފިއެވެ.

މި ދެތަން ހުޅުވާފައި ވަނީ މިއަދުއެވެ. މިހާރު ދެ ތަނުން ވަނީ ހިދުމަތް ދޭން ފަށާފައެވެ.

މާލޭގައި ހުޅުވި ބާގަ ކިންގް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
މާލޭގައި ހުޅުވި ބާގަ ކިންގް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

މި ދެތަން ހުޅުވާފައި ވަނީ މާލެ އިން ހުޅުމާލެއަށް ފުރާ ފެރީ ޓާމިނަލް ހުންނަ އިމާރާތުގައެވެ. ބާގަ ކިންގް ހުޅުވާފައި ވަނީ ސީހައުސް ރެސްޓޯރެންޓާ އިންވެގެން ކުރިން ހިންގަމުން އައި އޯޝަން ބްރީޒް ރެސްޓޯރެންޓްގެ ބައިގައެވެ. އަދި "ދަ ކޮފީ ކްލަބް" ހުޅުވާފައި ވަނީ އެ އިމާރާތަށް ބައެއް އިތުރު ކޮށްގެންނެވެ.

މާލޭގައި ހުޅުވި ކޮފީ ކްލަބް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
މާލޭގައި ހުޅުވި ކޮފީ ކްލަބް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

މާލެ ގައި "ބާގާ ކިންގް" އާއި "ދަ ކޮފީ ކްލަބް" ހުޅުވާފައިވާއިރު، މި ދެ ބްރޭންޑްގެ ރެސްޓޯރެންޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިހާރު ވެސް ދަނީ ހިންގަމުންނެވެ. ވެލާނާ އެއާޕޯޓްގައި ވާ މި ބްރޭންޑްގެ ދެ ތަނުގެ އިތުުރުން މާލޭގެ ދެތަންވެސް ހިންގާނީ ތައިލެންޑްގެ މައިނާ އިންޓަނޭޝަނަލްގެ ސަބްސިޑިއަރީއެއް ކަމަށްވާ މައިނާ ފުޑްސް އިންނެވެ.

އެނގިފައިވާގޮތުގައި، މި ދެތަންވެސް ހުޅުވަން ބޮޑު ހަފްލާއެއް ބާއްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލި

    މާލޭ މީހުން ދުވަސްކޮޅަކުން ތިބޭނީ ފަލަ ބެޓެރިބުރި ތަކެއްހެން.

    • ނަާލީ

      ހަހަހަހަހަހަހހަހަހހަހަހ....... މަ ހިތައް އެރި އެތި ތިބުނީ ކަލޯ

    • އައްޓަމަސް

      މާޅެމީހުންތަ ފަލަވާނީ ނޫނީ ރަށުންމަގޫފަތްހުސްވެގެން މާލެއެރިބަގަތަ ފަލަވާނީ//////؟!

    • ހަސަނު

      މިހާރ ތިބެނީ ވަރަށް ހިކިކޮށް.

  2. ހަނީހަނީ

    ކޮބާ މާލޭގައި ބާރގަރ ކިންގް އައުޓްލެޓް އެއްވެސް ހުޅުވީ އެއީ މަމެން ޕިންކީންގެ ވެރިކަމުގައޭ މަމެން އުއްމީދު ކުރަމޭ މެކް ގެ އޮރިޖިނަލް ފްލޭވަރ އާއި އެކު މެކް ޑޮނަލްޑް ގެ އައުޓް ލެޓް އެއްވެސް މާލޭގައި ހުޅުވިގެން ދާނޭ ކަމަށް. އަދި މޮސްބާރގަރ ގެ އައުޓް ލެޓް އެއް ވެސް ހުޅުވިގެން ދާނެ ކަމަށް މަމެން ނަށް އެންމެ ކަމުދަނީ މޮސްބާރގަރއޭ އެއީ އޮގަނިކް ފުޑްސް އެންމެ ގިނައިން ހުންނަ ބާރގަރސް ތަކޭ. މަމެން ޕިންކީންގެ ވެރިކަމުގައި ރަންރީނދޫ ކުދިން ވެސް މުޒާހަރާ ކުރުމުގެ ކުރިން ފެޓްސް އަޅާލުމަށް ޓަކައި ކާރބޯހައިޑްރޭޓްސް އާއި ޕްރޮޓިން އެންމެ ގިނަ އަދަދަކަށް ހިމެނޭ ބޭރުގެ ފްރެންޗައިޒް އައުޓްލެޓްސް ތައް ލިޓިލް ޓޯކިޔޯ ގައި ހުޅުވިގެން ދަނީއޭ މީ ހަމަ ތަމެން މުޒާހަރާ އަށް ވޯމް އަޕް ކުރުމަށް ޓަކައި ހުޅުވޭ ތަންތަނޭ ކަމޯން ހަނީ ހޭވް އަ ބައިޓް އޮފް ބާރގަރ ޗިކެން އޯރ ބީފް. ކަމޯން ހަނީ ލެޓްސް ގޯ އެން ހޭވް އަ ބައިޓް އޯއު އޯއު އޯއު އޯއު ޑާންސް ޑާންސް ޑާންސް ޑާންސް..