ނިއު އެޑިޝަންގެ ހޯލް ސޭލް ސެންޓަރުން، މެޖިކް ބޮޑީ ސްޕްރޭ ހޯލް ސޭލް މާކެޓަށް ނެރެފިއެެވެ.

މެޖިކް ބޮޑީ ސްޕްރޭއަކީ މިހާރުވެސް ވަރަށް ގިނަބައެއްގެ ތަރުހީބު ލިބެމުން އަންނަ ވަރަށްވެސް މީރުވަސް ދުވާ ބޮޑީ ސްޕްރޭއެކެވެ. ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ މި ބޮޑީ ސްޕްރޭއަކީ ފްރާންސްގެ ކޮލިޓީ އުފެއްދުމެކެވެ. މި ބޮޑީ ސްޕްރޭގެ 250 އެމްއެލްގެ ފުޅި ނިއު އެޑިޝަން ހޯލްސޭލް ސެންޓަރުން ވިއްކަމުން އަންނައިރު، މީގެ ފުޅިއެއް ރީޓެއިލްކޮށް ވިއްކަމުން ދަނީ 50 ރުފިޔާއަަށެވެ. ކުރިން މީގެ ބޮޑީ ސްޕްރޭ ރާއްޖޭގެ މާކެޓުގައި ވިއްކަމުން ދިޔައީ 80 ރުފިޔާއަށެވެ.

މިއީ އެހެން ބޮޑި ސްޕްރޭ ފުޅިތަކަށްވުރެ ބޮޑު، ހައި ކޮންސެންޓްރޭޓެޑް ޕާފިއުމް އޮއިލުން ހަދާފައިވާ ބޮޑީ ސްޕްރޭކެވެ. މި ބޯޑީ ސްޕްރޭގެ ވަސް ވަރަށް ގިނައިރު ވަންދެން ހުންނާނެއެވެ.

މިއީ ދުނިޔޭގެ އެންމެ މަގުބޫލު 20 ވަހެއް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ހައި ކޮލެޓީ ބޮޑީ ސްޕްރޭއެކެވެ. ކުރިންވެސް ނިއު އެޑިޝަން އިން މި ބްރޭންޑްގެ ބޮޑީ ސްޕްރޭ ރާއްޖެއަށް ގެނެސްގެން ވިއްކަމުންދިޔައެވެ. އަދި ކަސްޓަމަރުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއެކު، ނިއު އެޑިޝަނުން ހޯލްސޭލް ސެންޓަރުން ވަނީ މި ބޮޑި ސްޕްރޭގެ ޑިސްޓްރިބިއުޓާޝިޕް ހޯދާ، ކަސްޓަމަރުންނަށް ފަސޭހައިން ގަނެލެވޭނޭ ގޮތަށް އަގު ހެޔޮކޮށްފައެވެ.

ނިއު އެޑިޝަންް އިން ބޭނުންވަނީ ކޮލިޓީ ޕްރޮޑަކްޓްސް ތަކެއް ވީހާވެސް ގަންލަން ފަސޭހަވާނޭ އަގުތަކެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ. އަދި ރާއްޖެއަށް އެންެމެ ހައި ކޮލެޓީ ޕްރޮޑަކްޓްތައް ގެނެސްދިނުމަކީ ނިއު އެޑިޝަނުން ހޯލްސޭލް ސެންޓަރުގެ އެންމެ ބޮޑު އެއް މަގްސަދެވެ. މިގޮތުން މިހާރުވެސް ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ، ނޯޓް ކޮސްމެޓިކްސް، ލޭޔާ ޝޮޓް، ކަންޓޫ،ބާތް އެންޑް ބޮޑީ އަދި ލިލީޑޯ ޕެރިސް ބްރޭންޑްގެ ތަކެތި ރާއްޖެއަށް ގެނެސް ނިއު އެޑިޝަނުން ދަނީ ހޯލްސޭލްކޮށް އަދި ރީޓެއިލޮކށް ހެޔޮ އަގުގައި ވިއްކަމުންނެވެ.

ނިއު އެޑިޝަން އިން ހޯލް ސޭލް ކަސްޓަމަރުންނަށް ހާއްސަކޮށް ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. ނިއު އެޑިޝަންގެ ހޯލް ސޭލް ސެންޓަރ އަށް 9918008 އިން ގުޅާލުމުން އިތުރު މައުލޫމާތު ލިބޭނެއެވެ.