މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފ. އަތޮޅުގެ ރަށްތަކަށް އާއްމު ފެރީގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްޓީސީސީ އިން ބުނެފައިވަނީ ފާފު އަތޮޅުގެ ރަށްތަކަށް އާންމު ފެރީގެ ޚިދުމަތް ފޯރުކޮށް ދިނުން ފެށުނީ 10 އޯގަސްޓް 2019 ގައި ކަމަށެވެ.

އެގޮތުން މި ހިދުމަތް ދިނުމަށް ކަނޑައަޅާފައި ވަނީ ފ. ފީއަލި އިން ފ. ނިލަންދޫ އަށެވެ. މިގޮތުން ހިދުމަތް ދޭ ރޫޓަކީ ފ. ބިލެއްދޫ، ފ. މަގޫދޫ، ފ. ދަރަނބޫދޫ އަދި ފ. ނިލަންދޫ އަށް ކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ފެރީގެ ހިދުމަތް ކޮންމެ އާދިއްތަ، އަންގާރަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަަހަކު ފޯރުކޮށްދޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި މި ހިދުމަތުގެ އަގަކީ އެ ކުންފުނިން ބުނި ގޮތުގައި 20 ރުފިޔާ އެވެ.

އެމްޓީސީސީން ފ. އަތޮޅުގައި ފެރީގެ ހިދުމަތް ފަށާފައިވާއިރު މި މަހު ކުރީ ކޮޅު ވަނީ ދ. އަތޮޅަށް ވެސް ފެރީގެ ހިދުމަތް ދޭން ފަަށާފައެވެ. އަދި މާލެއާއި ހުޅުމާލޭގެ ފެރީގެ ހިދުމަތް އެހާ ގިނަގިނައިނ ރައްޔިތުން ހޯދަމުން ނުދާތީ މިހާރު ވަނީ ބަހުގެ ދަތުރުތަށް ދޭން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަބޭސް

    ދޮންބިލެތައް ރިސޯޓްހިންގާ ރަށްތައް ، ފެރީ އެމް ޓީ ސީ ސީ އަށް. 0 ޓޮލަރެންސް ހަބޭސް
    ދެންބަދަލުގެ ގޮތުގައި 500 މިލިއަން އެ ބިލެތަށް ހޯދާދިނީމަ މީތި ސަޅިވާނީ. ކޮބާ
    ފައިސާ ޔާޒު. ހިނދުކޮޅުގަތޯ ؟