މާލޭ މަސްވެރިންގެ ޕާކުގައި ކުރޫޒް ޓާމިނަލް ބިލްޑިންގ އެއް އިމާރާތް ކޮށްްދޭނެ ފަރާތެއް ހޯދަން އެމްޑަބްލިއުއެސްސީ އިން އިއުލާންކޮށްފިއެވެ.

ކްރޫޒް ޓާމިނަލެއް އެޅުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީ އިން އިއުލާން ކުރި ސަބަބެއް ސާފެއް ނުވެއެވެ. އެމްޑަބްލިއުއެސްސީ އަކީ މީގެ ކުރިން މިބާތުގެ މަސައްކަތްތައް ކުރިއަށްދާ، އަދި މެނޭޖް ވެސް ކުރާ ކުންފުންޏެއް ނޫނެވެ.

ކްރޫޒް ޓާމިނަލެއް މާލޭގައި އެޅުމަށް އެމްޑަބްލިއުއެސްސީ އިން އިއުލާން ކުރިއިރު ހުޅުމާލޭގައި ކްރޫޒް ޓާމިނަލެއް އެޅުމަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމާއި ހަމައިން ފްލޭން ކޮށްފައި އޮތް ކަމެކެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަސައްކަތް ހުޅުމާލޭގައި ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެސް ވިއެވެ.

އެމްޑަބްލިއުއެސްސީ އިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން މާލޭ މަސްވެރިންގެ ޕާކުގައި ކުރޫޒް ޓާމިނަލް ބިލްޑިންގ އެއް ކޮންސްޓްރަކްޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވާކަމަށާއި ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 500.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 21 އޮގަސްޓް 2019 އިން 26 އޮގަސްޓް 2019 އަށެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 28 އޮގަސްޓް ގައެވެ.

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 01 ސެޕްޓެމްބަރ 2019 ވާ ދުވަހު 11:00 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 05 ސެޕްޓެމްބަރ 2019 ވާ ދުވަހު 11:30 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު -/10،000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅުއްވަންވާނެ ކަމަށް އިއުލާނުގައި ވެއެވެ.

މާލޭގައި ކުރޫޒް ޓާމިނަލެއް އަޅަން އެމްޑަބްލިއުއެސްސީ އިން ނިންމައިފައި ވާއިރު މާލޭގައި އިތުރު އެއްވެސް އިމާރާތެއް ސަރުކާރުން ނުކުރުން އެއީ ވެސް މިސަރުކާރުގެ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އެލް ބޯޑު ސަރުކާރު

    މިވަރުން ދަންޏާ އަވަށު އޮފީސްތަކާއި ޖަމިއްޔާތަކުން ވެސް ރިސޯޓްތަށް ބީލަމަށްލާން ހުޅުވާލާ، ހޮސްޕިޓަލުގެ ޑަކްޓަރުން އޮފް ދުވަހު ރާނާ ސިމެންތިޖަހާ، މިހެންވާނީ އުމަރުބުނިހެން ތަޖުރިބާނެތް ބަޔަކު އަރާ ހިންގަން އެލްބޯޑު ޖެހީމަ

    24
    1
  2. އިދުރީސް

    މިނިސްޓްރީ އޮފް ހެލްތް އިން ތިކަން ކުރަން އެނމެ އެކަށީގެން ވަނީ .

    27
    2
  3. ޝާހް، ރ.ވާދޫ

    ކުރޫޒް ޓާމިނަލެއްނޫން އަޅަންވީ. ރާއްޖެތެރެއަށް ފުރާ، ރާއްޖެތެރެއިން އަންނަ ލޯންޗުތަކުން އަންނަ މީހުނަށް ޓާރމިނަލެއް ތިތާ އެޅިއްޔާ މާރަނގަޅުވާނެ. ކޮންމެކަމެއް ތިކުރަނީ ވަކިމީހަކުބޭނުންވާގޮތަށް. އެމީހުން ފައިބާނެ، ފުރަން އައިސް މަޑުކުރާނެތަނެއް އޮތީކީނޫން. ވިއްސާރަޔަސް، އަވިދިނަސް މިތިބެންޖެހެނީ އެއްވެސް ނިވަލެއްނެތި. ބަލަ އެއީވެސް އިންސާނުންނޭ. ހެޔޮވެރިކަމެއް މިއޮތީ ގެނެވިފަ. އަތާ ފަޔާ ޖަހަޖަހާތިބޭދެން.

    29
    1
  4. ނަޒްމީ

    ހައްހައްހައް.. އެމްޑަބްލިޔޫ އެސްސީއިން ދަނޑުވެރިކަން ކޮއް ޓޫރިސްޓު ރިސޯޓުވެސް ހިންގަންވީނުން.

    32
    1
  5. ރަލޭ

    ރާގުދަނެއް ހަދަނީ. ރައްޔިތުންނަށް އަތްފޯރާ ފަށަށް ބަނގުރާ ގެންނަން ކުރާ ކަމެއްތީ. ސަފާރީތައްވެސް މީޙުންނަށް ހިންގަންދީގެން ގަންނަ ގަނޑަކީ މީ. މުޅީ ރާއްޖޭގައި ސަފާރީތަކުގެ ކަމަކީ ރާ ވިއްކަމުން ދިއުން. ގެސްޓުންނަށް ހިދުމަތް ދިނުމުގެ ނަމުގައި ބަނގުރާ ވިއްކަމުން އެސަފާރތަކާ ޔޮޓޫތައް އެދުއްވަނީ. ކާކުތަ ބަލަނީ. މީއަޑިންދދަމާ އެޖެންޑާ ތަފާތު ހަމަ

    18
    1
  6. ާއަޙުމަދު

    ތިއީ ޓާޒާ ފެނަށް އިތުރު މާކެޓެއް ހޯދުމަށް ކުރާ ކަމެއްކަމަށް ފެނޭ.

    10
    10
  7. ޚ

    ކުރީ ސަރުކާރުން ކުންފުނިތައް މެދުވެރިކޮށް ކަނކަން ކުރިއްޔޭ ގޮވާ ހަޅޭއް ލެވި މީހުން މިއަދު މިޖެހީ އުނބަށް. ވާ ވާ ... ވާސަރީ... ތިޔަޖެހީ ހަމަ އުނބަށް....

    4
    1