މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް އެއް މިލިއަން ފަތުރުވެރިން އައިސްފައިވާ ކަމަށާއި، އެހެންކަމުން، މި ސަރުކާރަށް އަހަރެއްވާއިރު، ކަނޑައަޅާފައިވާ 1.5 މިލިއަން ފަތުރުވެރިންގެ ޓާގެޓު ހާސިލްވުމުގެ އުއްމީދު ބޮޑުވެފައިވާ ކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު އާއްމު ކުރި ތަފާސް ހިސާބުން ދައްކާގޮތުގައި، މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް 994،733 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި އަޅާބަލާއިރު 17.2 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 132،144 ފަތުރުވެރިންނެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، އަށް ޕަސެންޓުގެ ކުރިއެރުމެކެވެ.

ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޔޫރަޕުންނެވެ. މިދިޔަ ޖުލައި މަހުގެ ނިޔަލަށް ޔޫރަޕުން 487،165 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. އެހެން ނަމަވެސް ވަކިވަކި ގައުމުތަކަށް ބަލާ އިރު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާ އިންނެވެ. މިދިޔަ ޖުލައި މަހުގެ ނިޔަލަށް ޗައިނާއިން 172،834 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މިއަދު

    ތިއީ ޑިގްޖަހާލަން ރަގަޅުކަމެއް ރައިސްޔާނު އެއާރޕޯޓަށް ގެނައިހެޔޮބަދަލޭނުބުނާތި އެހެންބުނެފިނަމަ ޢަޅިވަހީދަށް ތިތަންނުހިންގުނީ

    14
    1
  2. ލަބީބު

    ތިޔައީ ރައީސް ޔާމީންގެ މަސައްކަތުގެ ފޮނި މޭވާނޫންތަ؟ 75 ރިސޯޓްގެ މަސައްކަތް ފަށާ 2020 އަށް 50 ރިސޯޓް ނިންމަން އޮތީ އަމާޒުހިފާފަ! އޭގެތެރެއިން 25 ރިސޯޓް އެއޮތީ ހުޅުވާފަ! ފޮނި އަނގަތެޅުމާ މަހުންމަހަށް މުސާރަނެގުންފިޔަވައި ކަލޭ ކުރި ކަމެއް ދައްކަބަލަ !

    15
    2
  3. އަފީ

    ކޮބާ ލަދު! ކުނި އަގަތެޅޭތޯ ބަލާ! ތީ ރައީސް ޔާމީން ކުރީ ތިޔަ ބުނާ ވައްކަންތައް!

    12
    1
  4. މޫސަ

    ކިތައްމެ ބައިވަރެއް އައިސްގެން ކިތައްމެ ޑޮލަރެއް ލިބުނަސް ރައްްޔިތުންނަށް ކުރާނެ އެއް ވެސް ފައިދާއެއް ނޯންނާނެ. ބޮޑުންގެ ޖީބަށް ބަރުވެލާނެ.

    16
  5. ހަނދާންވަނީ

    ދެންއަހަރުމެންނަށް ކީއް!؟

  6. ކުކުޅޭ

    އެއްމިލިޔަން އަތުވެއްޖެ. 32 ބި ލިޔަން ހުސްވެއްޖެ. އިތުރު 19 ބި ލިޔަނަށް އެދިއްޖެ. ވީކަމެއް ހަރާން.

    11
    2
  7. ސުޕަރ

    ޝުކުރިއްޔާ ރައީސް ޔާމީންގެ ސަރުކާރަށް.

  8. ކަރާ

    ކަލޭގެ ލަދު ކޮބާ؟ މި އިން ޒަމާނަކު ރާއްޖޭގެ ރިޒޯޓް ތަކުގައި ދިވެހިންނާއި ބޭރު މީހުން ތަފާތު ނުކުރާ ވަރަށް މިހާރު އެބަ ކުރޭ. އަދި މިހާ ތަނަށް ދުވަހަކު ބޭރު މީހުންނަށް ރިޒޯޓް ތަކުގައި ވަޒީފާ ނުދޭ ވަރަށް މިހާރު އެބަދޭ. ރިޒާޓް ތަކުގައި 11 މަސް ދުވަސް އަހަރަކު މަސައްކަތް ކުރާ ނިކަމެތި ދިވެހިން ގޮތެއް ފޮތެއް ނުބަލާ ވަޒީފާއިން ވަކިކޮށް ،ބޭރުމީހުން އެ ވަޒީފާ ތަކަށް ގެންނަމުން ދާ ކަން ކަލެއަށް އެނގޭތަ؟ ފިނިކުރި ކޮޓަރީގަ އިނދެ މޮޅެތި ވާހަކަ ތިޔަ ދައްކަނީ. މި ރާއްޖޭގައި އެންމެ ގިނަ ދިވެހީން ގޮވައިގެން މަސައްކަތް ކުރި ބަނޑޮސް ރިޒޯޓު ގައި މިހާރު މެޖޯރިޓީ ނަގަމުން އެދަނީ ބޭރު ބީހުން. މި ދިޔަ އަހަރު އަހަރެންނަށް ސާވިސް ދޭން ރެސްޓޯރަންޓުގައި ތިބީ ހުސް ދިވެހިން. މިދިޔަ މަހު ދިޔަ އިރު ގިނައީ ބޭރު މީހުން. ރޫމް ބޯއިން، ވެއިޓަރުންގެ ގޮތުގައި ކުރި އަށް އޮތް ދުވަސް ތަކުގައި ހުސް ބޭރު މީހުން ގެންނަން ނިންމާފަ އޮތް ރިޒޯޓެއްގެ ވާހަކަ މި ބުނީ.

  9. ރާސްތާ

    ދެން ކަލެޔަށްކީތް. ބުނެބަލަ އެހާވަރަށް މީހުން އައުމުގާ ތިސޮރުކުރިކަމެއް. ބަލަ އެއީ އެހެންބައެއް ކުރި ކަމެއްގެ ފޮނިކަމޭ!

  10. ބެއްޔާ

    އެއްމިލިޔަން އަތުވެއްޖެ. 32 ބި ލިޔަން ހުސްވެއްޖެ. އިތުރު 19 ބި ލިޔަނަށް އެދިއްޖެ. ވީކަމެއް ހަރާން. ރައްޔިތުންނަށް ހުރިހާ އުނދަގުލެއް. ބޮޑުކުދިންގެ ބޮޑު ޖީބު ފައިސާއިން ފުރެނީ....