ސަރުކާރުގެ ފަރާތުން، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހެޅުއްވި ބިލުގައި ބިދޭސިނަށް ކުދި ވިޔަފާރިތައް ކުރެވޭނެ ގޮތް ފަހިކުރުވައިފިއެވެ.
މިއަދުގެ މަޖިލީހުގެ ބަހުސްގައި ސަރުކާރު މެމްބަރުންނާއި އިދިކޮޅު ގިނަ މެމްބަރުންވެސް މިބިލަށް ފާޑު ވިދާޅުކިޔާފައިވާއިރު ބިލުގައި ވަނީ ބިދޭސީ އެއްވެސް ފަރާތަކަށް ރާއްޖޭގައި ވިޔަފާރިއެއް ހިންގޭނީ ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ކަމަށެވެ.
މި ބަހުސްގައި މާވަށު ދާއިރާގެ މުހައްމަދު ސައީދު ވިދާޅުވީ ދިވެހިރާއްޖޭގެ ކުދި ވިޔަފާރިތަކުގެ ތެރެއަށް ބިދޭސީންނަށް ވަނުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ.
"މި އިސްލާހުގެ ހަވަނަ މާއްދާ ނުރައްކާ ' ހަވަނަ މާއްދާ މިހާރު ސަރުކާރުން ފޮނުވާފައި އޮތް ގޮތަށް ފާސްކޮށްފި ނަމަ ދިވެހިރާއްޖޭގެ ކުދި ވިޔަފާރިތަކުގެ ތެރެއަށް ބިދޭސީންނަށް ވަނުމުގެ ފުރުސަތު ހުޅުވާލެވޭނެ " އޭނާ ވިދާޅުވިއެވެ
ސައީދު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަށް މި ބިލް ފާސްކޮށްފި ނަމަ، އެއް މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ދަށުގެ ހުރިހާ ވިޔަފާރިތަކަކަށް، ބިދޭސީންނަށް، ފޮރިން އިންވެސްޓަރުންނަށް ވަދެވޭނެ ކަމަށެވެ.
މި ބިލަށް ބަހުސް ކުރައްވަމުން މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ އެއީ ސަރުކާރުން ހެޔޮ ނިޔަތުގައި ހުށަހެޅި އިސްލާހެއް ނަމަ ބިލުގެ ހަވަނަ މާއްދާ އިސްލާހު ކުރަން ޖެހޭ ކަމަށެވެ.
ބިލަށް ބަހުސް ކުރައްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ސުވެނިއާ އަދި ވޯޓާ ސްޕޯޓްސް ފަދަ ވިޔަފާރިތަކަކީ ބިދޭސީންނަށް ނުވަދެވޭ ގޮތަށް ހަދަން ޖެހޭ ކަމަށާއި މި އިސްލާހު މިގޮތަށް ފާސްކޮށްފިއްޔާ އެ ވިޔަފާރިތަކަށް އަދި ގެސްޓު ހައުސް ހެދުމުގެ ވިޔަފާރިއަށް ވެސް ބިދޭސީންނަށް ފަސޭހައިން ވަދެވޭނެ ކަމަށެވެ.
" ކޮމިޓީ މަރުހަލާގައި ބިލަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށާއި މިހާރު އޮތް ގޮތުން މިއީ ފާސް ކުރަން ހެޔޮ ވާވަރުގެ އިސްލާހެއް ނޫން " ވެސް ޝަފީގު ވިދާޅުވިއެވެ.
ސަރުކާރުން ބިލް ހުށަހެޅި މަގްސަދު ސާފު ނުވާ ކަމަށެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގާނޫނުން ލިބިދީފައިވާ ރައްކާތެރިކަން މި އިސްލާހުގެ ސަބަބުން ނިގުޅައިގަންނަ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.
މީދެން ކިހާދެރަކަމެއް ރައީސް މަރުޙޫމް ނާސީރު ދިވެހިޤައުމުން ވޯރާވިޔަފާރިވެރިން ބޭރުކުރެއްވީ ޤައުމުގެމުސްތަޤުބަލައްވަރަައްބޮޑައްވިސްނަވާފަ އެއީދިވެހިންގެވިޔަފާރިއައް ގެއްލުންލިބެންބޭނުންނުވާތީ އެކަމަކު މިހާރު އަނެއްކާވެސް އެކަންތަކުރާރުވާންއުޅޭމަންޒަރުފެންނަން އުޅޭހެންހީވަނީ އަހަރެމެންގެވިޔަފާރިހަލާކުކުރަންތިޔަކުރާމަސައްކަތްހުއްޓާލާ އަހަރެމެންނޫޅެން ބަޔަކުމީހުންނާތަޅާކައް
ތިހެން ގޮސް ޤައުމު ވެސް ބަންގްލަ މީހުންގެ ޤައުމަކާށް ހަދަން ބިލް ހުށަހަޅާ ފާސް ކޮށްލާ. މިހާރު ވެސް ދިވެހިންގެ ނިވަލުގަ
ޓިބެގެން ވިޔަފާރި ކުރާ ބަނގްލާ އިން މަދެއް ނޫން. ގެސްޓްހައުސް އޭ ކިޔާ އިންސާނުން ވަފެ ނުކުންނަން ހެޔޮ ނުވާ ވަރު ތަންތަން ކުއްޔަށްދީގެން ދިވެހި މީހާ އަށް ކުޑަ ލާރި ކޮޅެއްދީ ތިޔަ ބަންގްލާ އިން އެބަ މުއްސަނދިވޭ. އެވެރިން އެ ޖަހާ ސަކަރާތް ބަލާ ފިޔަވަޅު އަލާނެ އެއްވެސް ބަޔަކު މި ޤަުމަކު ނެތް . ޢެއަށް ވުރެން މާ ކުރީގަަ އެވެރިން އެ އުޅެނީ.
އުނގުވިޔަފާރި ކުރަންވެސް ބިދޭސީންނަ ދޭންވާނީ އިންޑިޔާގެ ކޮޗިން ފެރީ ފަށަންވާއިރަށް... ބަލާވެރިކަމެ މުގައުމަށް މިއޮތީ ފާކުރައްވާފަ.. މިސަރުކާރަށް ވޯޓުދިން އެއްމެން މިމުސީބާތުން ރައްޔިތުންނާ ގައުމު ސަލާމަތްކުރަން ނުކުންނާކަށްނުވޭތަ؟ވޯޓުވިއްކިމީހުންން މިހެދުނު ގޯސްރަގަޅުކުރަން ނުކުންނާކަށްނުވޭތަ؟ހެޔޮނުވާނެ ރައްޔިތުންނޭ ޕާޓީ ވިސްނުމާ ސިޔާސީ ކެހިވެރިންގެ މަޅިން ސަލާމަތްވެ ގައުމާ ރައްޔިތުންގެ ހައްގުގަނުކުމެ މިވެރިކަން ހަމަޔަކަށް އަޅުވަދީބަލަ.. މިއީ ކޮންފަދަ މުސީބާތެ.. އަހަރެމެންގެ ގެދޮރުން އަހަރެމެން ނެރެ އެއްލާ ނުލަނީސް ސްމާޓް ފޯނާ ކޮފީ އެއްފަރާތްކޮއްފަ ގައުމާމެދު ވިސްނަލަ ކޮންފަދަ ނިކަމެތި ކަމަކަށް މިގައުމު މިދަނީ..
އެހެންތާ ވާނީ ބާޤީ އާއިލާއެއްގެ މެމްބަރެއް ހުރީމާ ތިހުރިހާ ކަމެއްވެސް ވާނެ... ވ.ސަލާމް
އިންޑިޔާއިން ދިންކަމަށްބުނާ ބިލިޔަން އަބުރާ ހޯދަން ކޮށްފަ އޮތް ޝަރުތުތަކުތެރޭ އިންޑިޔާމީހުންނަށް ކުދިވިޔަފާރިކުރެވޭނެ ގޮތް ހެދުމާއެކު އިންޑިޔާ ރައްޔިތުންގެ 100000 މީހުންނަށް ވަޒީފާ ހަމަޖެއްސުން ހިމެނޭ، މިއަދަދު ދެއަހަރުތެރޭ 300000 ބޮޑުކޮށް ފަޅުރައްތައް ގަނެވޭގޮތައްވެސް ގާނޫނަށް ބަދަލުކުރަން އަންގާފަ އޮތީ!
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހޭބުއްދި ފިލާދިޔައީބާ އަނެންކާ
ވަޒީފާތައްވެސް ބަންގާޅިންނަށް ވިޔަފާރިތައްވެސް ބަންގާޅިންނަށް އެންމެފަހުންގޮސް މިގައުމުގެ އާބާދީއަށްވުރެން ބިދޭސީންގިނަވާނެ ގަތަރުގައިވެސްވަނީ މިމައްސަލަބޮޑުވެފައި އަސްލު ގަތަރުގެއާބާދީއަކީ- 300000 ތިންލައްކަ ބަޒަންވެރިވެގެންއުޅޭ ބިދޭސީންގެއާބާދީއަކީ 2500000 ފަންސަވީސްލައްކަ ތަނުގެއަހުލުވެރިންނަށްވުރެން ބަންގާޅިންގެ ބާރުގަދަ
ތިއީ ވަރަށް ހިތާމަ ހުރި ކަމެއް ވޯރާވިޔަފާރި ވެރިން ރާއްޖެއިން ފޮނުވާ ލެވނީވެސް ވަރަށް އުދަގު ލުން، މިހާރުވެސް ........
މިއިން މިދައްކަނީ ޤަވްމުގެ އިޤްތިޞާދުގެ ކުރިއެރުމެއްނޫން. ރާއްޖޭގައި ދަވްރުވޭވޭ ހުންނަންޖެހޭ ފައިސާތަކެއް ރާއްޖޭން ބޭރުވެ ދާތަން. މިހެންވެއްޖެނަމަ ދިވެހި ރަޢިއްޔަތުން މުދާ ގަންނަ މީުންނަށްވެ ބޭރު އަޖްނަބީން ފިހާރަތަކުގެ ވެރިންނަށްވެ ފިހާރަ ތަކުގައި މިނެކިރާންވެސް ބިދޭސީން ތިބޭތަން އަންނާނެ. ބިލެއް ހުށަހަޅާއިރު ވިސްނާނީ ތިމާމެންގެ 5 އަހަރުގެ ދަވްރަށް އެކަންޏެއްނޫން. ކުރިޔަށް އޮތް އަހަރުތަކަށާ ދިވެހި ރަޢިއްޔަތުންނަށް. ތިޔަ މެމްބަރުންގެ ދަވްރު ނިމި އަނެއް ދަވްރަށް ނުހޮވުނަށް ތިބެން އޮތީ ހަމަ މި ޤަވްމު. ލިބޭ ލާރިއެއްވިއްޔާ ބިދޭސީ ވިޔަފާރިވެރިޔާގެ ޖީބަށް ވައްޓާލީމާ ޤަވްމު ދާނީ ފަޤީރުވެ ބިކަވަމުން.
މިހާރުމިއޮތްސަރުކާރުގެނައިބިދެސިންގެއެހިގަ ވިމާާވާަނިއެހެންނުމިކަމާދެކޮޅަށްއިހްތިޖާުކުރަންގޮވާލަން ޝުކުރިއްޔާ
މީޖެހިފައޮތް ބަލާވެރިކަމެއް،،، ވެރިކަން ނުކުރެވެންޔާ އިސްތިއުފާ ދީ. ގަވްމް އަށް އިންޑިއާ މީހުން އަރުވާނެ ކަމެއްނެތް އެހެންނޫނީ ކަލޭމެން އިންޑިއާ އަށް ދޭ މޯދީ ކައިރިއަށް
ޙެޔޮނުވާނެ ދިވެހިންނަށް ތިހެން ހަދަން. މިހާރުވެސް ބަންގާޅިން ވަގަށް ކުދިވިޔަފާރި ކުރޭ.ދިވެހިންގެ ފަސްގަނޑުގަ ބަންގާޅިންނަށް ހުރިހާ މޮޅެއް.އެވެރިން މުސްހަނދިވަނީ.
މޯދީ އަންގައިގެންތޯ؟
ބަނގްލަދޭޝް މީހާ ބިޖްނަސް ހުންނަނީމަ ދިބެހިމިހާ ބަަރާބަރް ބޮރު ލާރި ލިބެނީ. އޭރު ހުރިހާމީހާ އެބައްތަރު ކާން ލިބެނީ ބޯން ލިބެނީ.. އަންނީ ޕުރޭންޑު ބައްތަރު ގަބަރްމަންޓު ލިބެނީމަ ބަނގްލަދޭޝް މީހާ ހުރިހާ މަސައްކަތު ހުއްޓާލާފަ ޑާކާއިން މޯޑިސް އަންނަނީ.