ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ސެމްސަންގް ގެލެކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް ރާއްޖެއަށް ދިރާގުން މިރޭ ލޯންޗް ކޮށްފިއެވެ.
މިރޭ ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައި މި ދެ ފޯނު ލޯންޗް ކުރުމަށް ފަހު ދިރާގުން މީޑިއާތަކަށް މައުލޫމާތު ދެމުން ދިރާގުގެ ޑިވައިސް މެނޭޖަރ އަހުމަދު އިޝާން ވިދާޅުވީ މިރެން ފެށިގެން ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް ފޯނު ޕްރިއޯޑަރ ކުރެއްވޭނެ ކަމަށެވެ.
"ފޯނު ފުރަތަމަ އޯޑަރ ކުރައްވާ ދިރާގުގެ ކަސްޓަމަރުންނަށް ސަންމްސަންގް ގެލެކްސީ ވޮޗް 50 އިންސައްތައިގެ ޑިސްކައުންޓަކާއި އެކު ލިބޭނެ, ދިރާގުގެ ވެބްސަޓުން މިހާރު ފޯނު އޯޑަރ ކޮށްލެއްވޭނެ" އިޝާން ވިދާޅުވިއެވެ.
ސެމްސަންގުން އަލަށް ބާޒާރަށް ނެރެފައިވާ ގެލެކްސީ ނޯޓް 10 އަދި 10 ޕްލަސް އަކީ ގިނަ ބަޔަކު އެފޯނަކަށް އިންތިޒާރުކުރަމުން އަންނަ ފޯނެކެވެ.
ދިރާގުން ބުނި ގޮތުގައި ބާޒާރަށް ނުކުންނަ އެންމެ ފަހުގެ ފޯނުތައް، އެންމެ ފުޅާދާއިރާއެއްގައި ރާއްޖެއަށް ތައާރަފުކޮށް، އެންމެ ލުއި ފަސޭހަ އިންސްޓޯލްމެންޓް ޕްލޭންތައް ކަސްޓަމަރުންނަށް ފޯރުކޮށްދެނީ އެ ކުންފުނިންނެވެ.
ނޯޓް 10 ފޯނުގެ ރެމްގައި 12 ޖީބީ އަދި ސްޓޯރޭޖްގައި 256 ޖީބީ ހިމަނާފައިވާއިރު މެމޮރީ ކާޑާއެކު މި ފޯނުގައި 1 ޓެރަބައިޓްގެ ސްޓޯރޭޖްއެއް ހުރެއެވެ. ނޯޓް 10 ގެ ސްކްރީން ސައިޒަކީ 6.3 އިންޗިއެވެ. ނޯޓް 10 ގައި ހުންނާނީ 3500 މިލިއެމްޕިއަރުއަވަރ ބެޓެރިއެކެވެ.
ނޯޓް 10 ޕްލަސްގައި 12 ޖީބީގެ ރެމްއަކާއި 256 ޖީބީގެ ސްޓޯރޭޖެއް އިންނާނެ އެވެ. މި ފޯނުގައި މައިކްރޯ އެސްޑީ ކާޑް ސްލޮޓެއް އިންނާނެ އެވެ. ޕްލަސްގެ ސްކްރީން ސައިޒަކީ 6.8 އިންޗެއެވެ. ޕްލަސް ބެޓެރިއަކީ 4300 މިލިއެމްޕިއަރއަވަރ ބެޓެރިއެކެވެ.
މިއިން ކޮންމެ ފޯނެއްގައިވެސް ތިން ކެމެރާ ހުންނާނެއެވެ.
ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓާ އެވެ. ދިރާގުން 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ގުޅިގެން ދަނީ ރާއްޖޭގައި ސެމްސަންގްގެ ފޯނުތައް ރަސްމީ ކޮށް ތައާރަފު ކުރަމުންނެވެ.
ކީއްތަވާނީ ވިއްކާ އަގު ބުނެލިނަމަ
އެއް ފަހަރު ކިޔާލަބަލަ އާޓިކަލް
ކިޔަން ނޭންގެނީތަ