ސެމްސަންގްގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯންކަމުގައިވާ ނޯޓް 10 ސީރީޒްގެ ނޯޓް 10 އަދި ނޯޓް 10 ޕްލަސް ފޯންތައް ރާއްޖެއަށް ގެނެސް ތައާރަފްކުރި ބަޔަކަށް މައިޓެކް ވެއްޖެއެވެ.

ރާއްޖެއަށް އަބަދުވެސް އެންމެ ފަހުގެ ފޯންތައް ހެޔޮއަގެއްގައި ވިއްކަމުން އަންނަ މައި ޓެކް އިން މައިޓެކް ސެމްސަންގް ގެލެކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް ރާއްޖެ ގެނެސް ޕްރިއޯޑަރ ކުރި ކަސްޓަމަރުންނާއި ހަވާލުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

މައިޓެކް އިން ބުނީ، އެ ފިހާރައަށް ރޭ ގެނައި ނޯޓް 10 ޕެލްސްގެ ފުރަތަމަ ޝިޕްމެންޓް ހުސްވެފައިވާކަމަށެވެ. އަދި މިހާރު ލިބެން ހުރީ ހަމައެކަނި ނޯޓް 10 އެކަނި ކަމަށް މައިޓެކުން ބުންޏެވެ. އަދި އިތުރު ސްޓޮކްއެއް އަންނަ ހަފްތާ ތެރޭގައި ލިބޭނެ ކަމަށް މައިޓެކް އިން މައުލޫމާތު ދެއެވެ.

މާލޭގެ މަޝްހޫރު ބޮޑެތި ފިހާރަތަކުން ނޯޓް 10 ސީރީޒްގެ ފޯންތަކަށް ޕްރިއޯޑަރު ނަގަން އިއްޔެ ފެށިއިރު، ރާއްޖެއަށް އެންމެ ފުރަތަމަ ފޯން ގެނެސް ކަސްޓަމަރުންނަށް ވިއްކާ ޕްރިއޯޑަރު ކުރި ކަސްޓަމަރުންނާއި ފޯންތައް ހަވާލުކުރީ މައިޓެކް އިންނެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މައިޓެކް އިން ދަނީ އެންމެ ފަހުގެ ބްރޭންޑެޑް ފޯންތައް ވިއްކަމުންނެވެ. އޭގެ ތެރޭގައި، ސެމްސަންގ، އެޕަލް، ވާވޭ، ޒިއޯމީ، ވަން ޕްލަސް މި ބްރޭންޑްތަކުގެ ފޯންތައް އެންމެ އަގުހެޔޮކޮށް ވިއްކަމުން އަންނަނީ މައިޓެކް އިންނެވެ.

މައި ޓެކްއަކީ ވާވޭގެ އޮތޮރައިޒް ޑީލާރެއްވެސް މެއެވެ. އަދި ހުރިހާ ވައްތަރެއްގެ ފޯންގެ އެސެސަރީސްވެސް އެ ފިހާރައިން ލިބެން ހުންނައިރު، ހުރިހާ މޮޑެލްތަކުގެ ފޯންތަކަށް ދުނިޔޭގެ މަޝްހޫރު ހައިޑްރޯޖެލް ވެސް އެ ފިހާރައިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން، ގާމިންގ ފޯންތަކާއި، ސޮން ޕްލޭސްޓޭޝަންވެސް އެންމެ އަގުހެޔޮކޮށް ލިބެން ހުންނާނީ މައިޓެކް އިން ކަން ފާހަގަކޮށްލަން ޖެހެއެވެ.

އެ ފިހާރައިން މޯބައިލް ފޯން މަރާމާތްވެސްކޮށްދެމުން އަންނައިރު، އެ ފިހާރައިން މޯބައިލް ފޯންގސްޕެއާ ޕާޓްތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށްވެސް ވިއްކަމުން ދެއެވެ. މައިޓެކުން ބުނީ، އެ ފިހާރައިން ފޯންތަކަށް ދިމާވާ އެންމެ އާދައިގެ މައްސަލަތަކުން ފެށިގެން އެންމެ ބޮޑެތި މައްސަލަތައްވެސް ހައްލުކޮށްދެމުން އަންނަ ކަމަށެވެ. އަދި އެކަމުގައިވެސް ގިނަބައެއްގެ އިތުބާރު ހޯދާފައިވާކަމަށް މައިޓެކުން ބުންޏެވެ.

މީގެ އިތުރުން، އެ ފިހާރައިން ލިބެން ހުންނަ އިތުރު ހިދުމަތްތަކަށް ބަލާއިރު، އުރީދޫ، ސެޓެލްކޯ، އެމްޑަބްލިވްއެސްސީ، މީޑީއާނެޓް ފަދަ ކުންފުނިތަކުގެ ބިލްތައް ދެއްކޭނެއެވެ. އަދި ފަހުގެ ސީރީސްތަކާއި ފޯންތައްވެސް މި ފިހާރައިން ލިބެން ހުންނާނެއެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ފޯނު ކަވަރަށް އެ ކަސްޓަމަރަކު ބޭނުންވާ ފޮޓޯއެއް ނުވަތަ ޑިޒައިންތައް ލެއްވުމަށްފަހު ޕްރިންޓް ކުރުމުގެ ހިދުމަތްވެސް ލިބިގެން ދާނެއެވެ.

އަދި އެ ފިހާރައިން ފޯނާއި، ސެޕެއަރ ޕާޓްސް އެއްޗެސް ޑެލިވަރީވެސް ކޮށްދޭނެއެވެ. މައިޓެކްގެ ފޯން ނަމްބަރަކީ 7891122 އަދި 9433155 އެވެ. މައިޓެކް ފިހާރަ ހުންނާނީ އަލިވިލާމަގު އިންޑެކްސް ފަރުނީޗަރު ފިހާރަ ކައިރީގައެވެ. މައިޓެކްގެ އެންމެ ފަހުގެ ޕްރޮމޯޝަންތަކާއި އަގުތައް މައި ޓެކް ފޭސްބުކް ޕޭޖް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޔޯލޯ

    ފޯން ސާވިސް ކުރަން އަދި ދިމާވި އެންމެ ސަޅިތަން.

    10
  2. އިމާދު

    ސާބަހޭ..އިމާއްޓޭ

    7
    1
    • އައްމަޑޭ

      ސަަޅިއޭ އިނގޭ

  3. މާނު

    ޢަސްލުވެސް ވަރަށް ސަޅި ތިތާ ސާރ،ވިސް ވަރަށް ހަބޭސް ، މަވެސް މުޅިން ހިދުމަަަތް ހޯދަނީ ތިތަނުން.

    5
    1
  4. އިބުރޭ1122

    ވެރިޔާ ކޮމެންޓެއް ކޮށްލާށޭ ބުނީމަ ކޮމެންޓް ކޮށްފަދޯ މިއޮތީ.