އޯޑަރު ކުރުމުން ކޯކުގެ ބުއިންތައް ސީދާ ގެއާއި ހަމައަށް ގެނެސްދިނުމުގެ ގޮތުން ކޯކާ ކޯލާ ކޮމްޕެނީގެ ފަރާތުން "ކޯކް.ޓު.ހޯމް" ގެ ނަމުގައި ތައާރަފްކުރި އެޕްލިކޭޝަންއަށް ގިނަބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.

އެ ކުންފުނީގެ ފަރާތުން ތައާރްފްކުރި މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ކޯކުގެ އުފެއްދުންތަކަށް އޯޑަރު ކުރެވޭނެއެވެ. މިއީ ޔަގީނުންވެސް ކިއުގައި ނުޖެހި ކޯކުގެ އުފެއްދުންތައް ގަތުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.

މި އެޕް މެދުވެރިކޮށް ކޯކުގެ އުފެއްދުންތަަކަށް އޯޑަރު ކުރުމުން މާލޭގެ ހުރިހާ ތާކަަށް ހިލޭ ޑެލިވަރީކޮށްދޭއިރު، މި ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ކޮކާ ކޯލާ އިން މައުލޫމާތު ދެއެވެ.

މި އެޕް މެދުވެރިކޮށް ކޯކުގެ އުފައްދާ ކުންފުނީގެ ފެނަށްވެސް އޯޑަރު ކުރެވޭއިރު، 24 ގަޑިއިރު ތެރޭގައި އޯޑަރު ދޭ ތަނަކަށް ގެންގޮސްދޭނެއެވެ. އޯޑަރު ކުރާއިރު އެޕްލިކޭޝަނުގެ ތެރެއިން އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމްވެސް ހަމަޖައްސާފައި ވެއެވެ.

މި އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ ސްޓޯރ އިންނާއި އެޕަލް ސްޓޯރ އިން ޑައުންލޯޑް ކުރެވޭނެއެވެ.