ބޮއްސުންލާފައި އޮތް މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ހޯލްސޭލްކޮށް މުދާ އުފުލާ ގަޑިތަކަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން މުދާ އުފުލުގެ މަސައްކަތް ކުރާ މަޖޫރީން ހެނދުނުގެ މަސައްކަތް ފަށާގަޑި ލަސްވުމާއިގުޅިގެން މަސައްކަތް 8:30 ގައި ފެށޭގޮތަށް ހަމަޖައްސައިދީފައިވާނެ ކަމަށް އިކޮނިމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އާދަމް ތައުފީގް މިއަދު "ވަގުތު" އަށް ވިދާޅުވީ، މަޖޫރީން ހެނދުނުގެ މަސައްކަތް 10:30 ގައި ފަށާތީ އެގަޑި ލަސްވުމާއިގުޅިގެން އެކަންތައް ހައްލުކޮށްދިނުމަށް އެފަރާތުން އެދުމުން އެކަމުގެ މަޝްވަރާތައް އިއްޔެ ކުރުމަށްފަހު މިއަދުގެ މަސައްކަތް 8:30 ގައި ފެށޭގޮތަށް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

އޭގެ އިތުރުން އެއްޗެހި އަގުބޮޑުކުރާނެ ކަމަށް މަޖޫރީން މީޑިޔާތައް މެދުވެރިކޮށް ބުނަމުން ދިޔަ ނަމަވެސް އެކަމުގެ މައުލޫމާތެއް އިކޮނަމިކް މިނިސްޓްރީއަށް ލިބިފައި ނުވާކަމަށާއި އެއްޗެހި އަގުބޮޑުވާނަމަ އެކަށް ހައްލުކުރުމަށްވެސް މަޝްވަރާކުރަމުން ގެންދާނެ ކަމަށް ތައުފީގް ވިދާޅުވިއެވެ.

"އަގުބޮޑުކުރާނެ ކަމަށް މަޖޫރީން މީޑިޔާތައް މެދުވެރިކޮށް ދަނީ ބުނަމުން، އެހެން އެކަން ވައްޏާ އެކަށް ހައްލުކުރުމަށްވެސް މަޝްވަރާތައް ކުރަމުން ގެންދާނަށް" ތައުފީގު ވިދާޅުވިއެވެ.

މުދާ އަގުބޮޑުވުމާއި ގުޅިގެން އިކޮނަމިކް މިނިސްޓްރީ އިން މިއަދު ނެރުއްވި ބަޔާނުގައި ވަނީ މުދާ އުފުލާ ގަޑިއަށް ގެނައި ބަދަލާއި ގުޅިގެން މުދާ އަގުބޮޑުކޮށް ވިއްކާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

މާލޭގެ ފިހާރަތަކަށާއި ގުދަންތަކަށް މުދާ އުފުލޭނީ ހަމައެކަނި ރޭގަނޑު ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ނިންމުމުން މަޖޫރީން ވަނީ އެމީހުން ކޮންޓެއިނަރު ކަނޑައިދޭ އަގު ދެގުނަ އަށް ވުރެ ވެސް ބޮޑުކޮށްފައެވެ. އެހެންކަމުން ބައެއް ވިޔަފާރިވެރިން ބުނެފައި ވަނީ މުދަލުގެ އަގު ބޮޑު ކުރަން ޖެހޭނެ ކަމަށެވެ.

އަދި ރޭގަނޑު ޕިކަޕް ދަތުރުތަކުގެ އަގު ބޮޑުވާތީ އާއި މުދާ ޖެހުމަށް ރޭގަނޑު ފިހާރަތައް ހުޅުވާފައި ބަހައްޓަން ޖެހޭތީ ވެސް މުދަލުގެ އަގު ބޮޑުކުރަން ޖެހޭ ކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖައްސަބަލަ

    އިއްޔެ 3 ބަސްތާ ކާޑު ގެންދިޔަ ފިހާރަކުން ބަސްތާ އަކުން 10 ރުފިޔާ ސަރުކާރުން ހެދި ގަވާއިދަށް ޖެއްސުން ކުރަން އެމެން ނެގުމުން އެމެންގެ އިމްޕޯރޓް ލައިސަންސް 3 މަސް ދުވަހަށް ބާތިލް ކޮށްލަބަލަ މުލުން ލުހިގެން އަންނާނެ ދެން ތިބި ހުރިހާ ބަޔެއް. ވިލާ އާއި މެދު ފިޔަވަޅު އެޅުމުން ބުނި ދޯ ބަޔެއްގެ ވަޒީފާ ތަކެއް ގެއްލެނީއޭ ކޮން ބަޔެއްގެ ވަޒީފާ ތަކެއްތޭ ގެއްލުނީ ނުގެއްލޭ ދޯ އެކަކުގެ ވެސް. ޖައްސަންނާ ޖައްސަން ޖެހޭނީ ބުޑުން ލުހިގެން އަންނަވަރަށް އެނޫން ނަމަ ނުޖައްސާނީއޭ.

    • އަލި ދީދީ

      މި އަހަރުގެ ފައްކާ ކޮމެންޓް.. ސާބަހޭ.. ސާބަހޭ

  2. ޖައްސަބަލަ

    ސަރުކާރުން މާލޭގެ ޓްރެފިކްގެ މައްސަލަ ތައް ހައްލު ކުރަން މުދާ ނެރޭ ގަޑިތައް ބަދަލު ކުރުމުން އެކަން އެއީ ރަނގަޅު ނޫން ކަމެއް ކަމަށް ދައްކަން އުޅެނީ އެއީ މިހާރު ނޫހުންނޭ. މިހާރު ނޫހުން ބަލަނީ މަމެން ޕިންކީންގެ ސަރުކާރު ވައްޓާލެވޭނީ ރައްޔިތުންނާއި ސަރުކާރާއި ޖައްސައިގެން ކަމަށްވާތީވެ އެމެންނޭ މަޖޫރީންނަށް ވަސްވާސް ދީގެން ނޮއިސް މޭކް ކޮށްގެން މިހާރު ނޫސް މެދުވެރިކޮށް ރައްޔިތުންނާއި ސަރުކާރާއި ޖެހޭ ގޮތަށް ޚަބަރު ގެނެސްދެނީ. ދެން ދިރާގުން ކީއްވެތޭ ސްޕޮންސަރ ދޭން ޖެހެނީ މިހާރަށް ދެން ބީއެމްއެލް އިން ކީއްވެތޭ މިހާރަށް ސްޕޮންސަރ ދެނީ އެކަން ޖެހޭނީ ހަމަ މިހާރުން މިހާރަށް ޖެހޭނީ އެކަން ހުއްޓާލާ މިހާރު ނޫހާއި ދެކޮޅަށް އިގްތިސާދީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅު އަޅަންއޭ އެއިރުން އެމެން މުލުން ލުހިގެން އަންނާނެއޭ. މީ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ވިސްނަން ޖެހޭނެ ކަމެކޭ.

  3. ޤައުމު

    ރޭގަނޑު ފިހާރަތަކުގަ މުދާ ޖަހަންޖެހުނަސް މުދާ އުފުލަން ޖެހުނަސް ނުޖެހޭނެ މުދާ އަގުބޮޑު ކުރާކަށް.

  4. ފިރުޓޭ

    ނުޖެހޭ ބޮޑު ކުރާކަށް! ދުނިޔޭގެ އެހެން ތަންތަނުގަ ވެސް މުދާ އުފުލޭނީ ރޭގަނޑު ދަންވަރު، ބޭނުންހާ އިރަކު ނޫން!

  5. މުހައްމަދު ޢައްޑޫ ސިޓީ

    މިހާރަކަސް އެހާރަކަސް ސަރުކާރާ ޖައްސާލައިގެން ނޫޅެވެނެ

  6. އަލީ ފަވާޒު

    މިހާރުންމިހާރަށް ކުރަންވި ދެ ކަންތައް (1) ވިޔަފާރިވެރިން އަމިއްލައަށް އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން. (އޭރުން ބޮޑެތި ކުންފުނިތަކުން އަމިއްލައަށް ކުރާނެ.) (2) ސަރުކާރުގެ ކުންފުންޏެއް (އެމްޕީއެލް) މެދުވެރިކޮށް އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން. (އޭރުން ތިބޭނީ އެކުންފުނީގެ މަސައްކަތު މީހުން. މިހާރު ވަރުއަރުވާ މަޖޫރީން ޖެހޭނީ އެކުންފުނީގެ މުސާރަލިބޭ މީހުނަށްވާން). މި ދެ ގޮތް ހަދައިގެން މަޖޫރީންގެ ކަންތައް ހަމައަކަށް އަޅުވާލުން އަވަސްކުރަންވެއްޖެ.