މުދާ އުފުލާ ގަޑިއަށް ގެނައި ބަދަލާއި ގުޅިގެން މުދާ އަގުބޮޑުކޮށް ވިއްކާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިކޮނަމިކް މިނިސްޓްރީ އިން ދީފިއެވެ.

އިކޮނަމިކް މިނިސްޓްރީ އިން ދެންމެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމާއި އަދި ދުވާލުގެ ވަގުތަކުގައި މާލޭގެ މަގުތައް ބޭނުންކުރާ ސްކޫލް ކުދިންނާއި ބެލެނިވެރިން އަދި އާންމު ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މުދާ އުފުލާ ގަޑިތަކަށް ގެނެވިފައިވާ ބަދަލާއި ގުޅިގެން ވިއްކާ މުދަލުގެ އަގުބޮޑުކުރާނެ ކަމަށް ބައެއް މީޑިއާތައް މެދުވެރިކޮށް ޚަބަރުތައް ފަތުރަމުންދާ ކަމަށާއި ނަމަވެސް މުދާ އުފުލުމުގެ ގަޑިތަކަށް ގެނެވުނު ބަދަލަކީ އޭގެ ސަބަބުން މުދަލުގެ އަގު ބޮޑުކުރަންޖެހޭ ފަދަ ބަދަލެއް ނޫން ކަމަށެވެ.

"މިކަމާއި ގުޅިގެން މުދާ އަގުބޮޑުކޮށް ވިއްކާނަމަ ފިޔަވަޅާނެ ވާހަކަ ދަންނަވަމެވެ." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މާލޭގެ ފިހާރަތަކަށާއި ގުދަންތަކަށް މުދާ އުފުލޭނީ ހަމައެކަނި ރޭގަނޑު ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ނިންމުމުން މަޖޫރީން ވަނީ އެމީހުން ކޮންޓެއިނަރު ކަނޑައިދޭ އަގު ދެގުނަ އަށް ވުރެ ވެސް ބޮޑުކޮށްފައެވެ. އެހެންކަމުން ބައެއް ވިޔަފާރިވެރިން ބުނެފައި ވަނީ މުދަލުގެ އަގު ބޮޑު ކުރަން ޖެހޭނެ ކަމަށެވެ.

އަދި ރޭގަނޑު ޕިކަޕް ދަތުރުތަކުގެ އަގު ބޮޑުވާތީ އާއި މުދާ ޖެހުމަށް ރޭގަނޑު ފިހާރަތައް ހުޅުވާފައި ބަހައްޓަން ޖެހޭތީ ވެސް މުދަލުގެ އަގު ބޮޑުކުރަން ޖެހޭ ކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހައިރާން

    ސާބަހޭ

  2. ފޭސް

    މުޅި ކަސްޓަމް އޭރިއާ ހިސޯރުކޮށްގެން އުޅޭ މަޖޫރީ ބައިގަނޑުމަތިން ހަނދާން ނައްތާލައިގެން ނުވާނެ.

    • ހިޕިރި

      ތީ ވަރަށް ބޮޑު ތެދެއް. އެމީހުން އެތަނުން ދުރަށް ލައި، ތަންކޮޅެއް ފްރީ ޓްރޭޑް ކޮށް އެކަން އެބަ ކުރަން ޖެހޭ!

  3. ދިވެހި

    މިހާރުވެސް ހަނީކޯނަރ އިން ޑެލިވަރީ ކުރާ ކޮންމެ

    ބަސްތާ އަކުން 10ރ ގެ ޗާޖެއް ެިތުރަށް ނަގާ...

  4. ވޮއިސް އޮފް ހުވަދޫ

    ބާބޭރިއަން އެކުޝަން ނެގީމަ ގޯސް ، ޕިކަޕަކާހުރެ މުޅިނިޒާމް ފުޑާލީމާ ގޯސް ! ސިންޕަލް ކޮށް ނިމެން ހުންނަ ކަންކަން މާ ދެން ސީރިއސް ކޮށްލީމާ ގިލަނުގައި މިޖެހެނީ ރައްޔިތުން ، ކިކޭ އަޅެފަހެ ބުނަނީ ... ވެރިކަމެއް ކަލޯމެނާއި ރައީސުލްޖުމްހޫރިއްޔާ ހަވަލުކުރީމާ ރައީސް ބޮލަށް އެރުން ތޯ މޮޅީ .... ވަރުގަދަ މިނިސްޓަރެއް ތާ !!!

  5. އަހަންމާބެ

    މައިތިރިކުރަންޖެހޭނެ! މުދާވެރިން ބޭނުންވާހާ ގޮތަކަށް ކަންކަން ކޮށްގެނެއް ރައްޔިތުންނަށް ލުއިފަސޭހަކަމެއް ނުގެނެވޭނެ.

  6. ކަރުންމަތީގެ ޑޮކްޓަރު

    ވިޔަފާރިވެރިން ތީ އަބަދުވެސް ރައްޔިތުން ފެލައިގެން އުޅޭ ބައެއް. ޜޯދަ.މަހުވެސް އެއްޗެތީގެ އަގު އެހާބޮޑު ކުރެ. ފީވެގެން އުކާލިޔަސް އެންމެ ތަންކޮޅެއްވެސް އަގުހެވެއް ނުކުރާނެ. ރައްޔިތުންނަށް ލުޔެއް ލިބުނީމާ މިމިހުން ހާދަވަރެކޭ މިހުންނަނީ.

  7. ހުސޭނުބޭ

    ވަރަށް ތާޢީދު! އެންމެ ފުރަތަމަ މަޖޫރީން ބޭރުކޮށް ބަންގާޅީންނާ އެ މަސައްކަތް ހަވާލުކުރަންވީ!

  8. Anonymous

    މުދާ އުފުލާ އަގުބޮޑުވަންޏާ މުދާ އަގުބޮޑު ނުކޮށް ދެކޮޅު ޖައްސާނެ ގޮތެއް ނެތެއްނޫންތޯ.

  9. ހުސޭނުބެ

    މަޖޫރީން އެކުރާ ކަންތަކަށްވެސް ފިޔަވަޅު އަޅަންޖެހޭ!!! އެމީހުންވަނީ ގަޑިތަކަށް ގެބެވުނު ބަދަލާ ގުޅިގެން ކޮންޓެއިނާ ކަނޑާދޭ އަގު ދެގުނައަށްވުރެންވެސް ބޮޑުކޮށްފަ!!! މިކަމަށްވެސް ޙައްލެއް ބޭނުންވޭ އެބަ!! މިމަޖޫރީންނޭ މިކިޔާ 200 ވަރަކަށް މީހުނަށްވެސް ބޭނުން އެއްޗެއް ހެދިގެން ނުވާނެ!!!

  10. ރައްޔިތު

    ސަރުކާރުވެސް ވިޔަފާރިވެރިންވެސް ވިސްނަނީ އަމިއްލަ ޖީބަށް ބޮޑު އެއްޗެއް ލާން. ރައްޔިތަކަށް ހެޔު އެކަކުވެސް ނެތީޔޭ ހަމަ މި ސިޔާސަތުގަ މުޅި ގައުމުގަވެސް

  11. މޯ

    ހުރިހާ ހަނީ ކޯނާތަކާ މަޖޫރީން އެއްފަރާތްކޮށް އަހަރެމެން ކަހަލަ އަލަށް ވިޔަފާރި ފަށަން ބޭނުންވާ މީހުނަށް ފުރުސަތު ދެއްވާ. އެއްބަޔަކު ބަގުޑި ބައްދައިގެން ތިބުމުގެ ސަގާފަތް ނައްތާލަން ޖެހޭ. ބަގުޑި ބައްދައިގެން ތިބި އެންމެންގެ ވިޔަފާރި ބަގުރޫޓު ވާވަރަށް ފިޔަވަޅު އަޅާ. ކިހާ ބޮޑު ވެލާއެއް. ހަނީ ކޯނާ އަށް އެކަނި ކުރެވޭނެ ކަމެއް ނޫން އެއީ

  12. އަމީގޯ

    އަގު ބޮޑު ކުރަންޖެހެނީ މުދާ ނެރޭ މީހުން އަގު ބޮޑު ކުރާތީ. ކުރިން މަޖޫރީ 4100ރ އަށް ކޮއްދޭ ކަމެއް މިހާރު ކޮއްދެނީ 10،000ރ ރުފިޔާ އަށް. އެއްވެސް ބަޔަކު ބޭނުމެއް ނުވާނެ ކުންފުންޏަށް ގެއްލުން ވާކަށް. ކިތަންމެވަރަކަށް އިނަޒާރު ދިނަސް އަގު ބޮދު ކުރަން ޖެހުނީމަ ކުރާނެ. އެހެން އަގުތަށް ތިރިކޮއްފަ ދެން އިންޒާރު ދީބަލަ. ކަމުގެ ދެކޮޅު ނުބަލާ ކަންކުރަން ނިންމާތީ ދެރައީ.

  13. މުދާ

    ހެޔޮ އަގުގައި މުދާ އުފުލަން ސަރުކާރުން މީހިުން ފޮނުވާ! މުދާ އުފުލަނީވެސް އިންސާނުން! ކަލޭމެން ފިނިކޮޓަރީގަ ތިބެގެން ބޭނުންހާ އެއްޗެއް ނުހެދޭނެ! އަގުވެސް ބޮޑުކުރާނަން! ކެރެޓު -/120 ކިލޯ ވިއްކީ މީގެ ދެދުވަސް ކުރިން! ހަމަޖެހޭނީ ގަންނަން! އަހަރެމެން ދައްކާ ޓެކުހުން ގައުމު ހިންގާ، އޭގެން ލިބޭ މުސާރައިން ދަރިންނަށް ކާންދީގެން އުޅޭއިރު ލަދެއް ނުގަނޭތަ އިންޒާރު ދޭކަށް!

    • Anonymous

      މަޖޫރީން އެކުރަނީ ސަރުކާރަށް ޖެއްސުން. މިކަމުން ގެއްލުން ލިބޭނީ ރައްޔިތުންނަށް. ފިނިކޮޓަރީގަތިބެނީ ވަރަށް ޚަރަދުކޮށް އެހާ މަސައްކަތުން ކިޔަވައިގެން އެތަނަށް އެކަށީގެންވާ ވަރުކޮށްގެންވަދެއޭ. އެކިލެވަލްގެ މަސައްކަތްކުރާނީ އެކިފެންވަރުގެ މީހުން

  14. ޢަހުމަދު ސާހު އަލީ

    ބަލަސަރުކާރުން ދޭ ލާރީގަތަ މުދާ ގެންނަނީ ހޭބަލި ވީތޯ އަމިއްލަ ލާރީގަ ގެންނަނީ ބޭނުން އަގަކަށް ވިއްކާނީ ނުވެސް ހުއްޓުވޭނޭ އަދުރޭ ަކަށް މުއީޒަކާށް ލޯނަކަށް އެދުނީމަ ލޯނުގަނޑެއް ކާރޑު ގަނޑެއް ދިނީކީނުން ނުބެހޭ ކަންކަމާ ނުބެހުން ސަރުކާރަށް ގޮވާލަން

  15. ާައަހުމަދު

    ސަރުކާރު އޮފީސްތައް ރޭގަދޑު ހުޅުވުމުން ރައްޔިތުން ނަށް މާލުއިފަސޭހަ ވާނެ