ރާއްޖެއިން ބޭރުން ގެންނަ މުދާ މަޖޫރީން ބޭނުން ނުކޮށް މުދާ އެތެރެ ކުރާ ވިޔަފާރިވެރިންނަށް އަމިއްލައަށް ކްލިއަރ ކުރެވޭނެ އިންތިޒާމް އެމްޕީއެލް އިން ހަމަޖައްސައިފިއެވެ.

އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅުމަށް ދަތިވަމުންދާތީ އާއި ސްކޫލްތަށް ކުދިން ގެންގޮސް ގެނައުމާއި އާންމު ރައްޔިތުން މަގުތައް ބޭނުންކުރުމުގައި ދަތިވަމުންދާތީ މުދާ އުފުލުމުގެ ޤަވައިދަށް ސަރުކާރުން ބަދަލުގެންނަވައި އޭޕްރިލް 01 އިން ފެށިގެން އެޤަވައިދަށް އަމަލު ކުރުމަށް ނިންމާފައި ވާތީ އެޤަވައިދާއި އެއްގޮތަށް މާލެ ވިޔަފާރި ބަނދަރުން މާލެތެރެއަށް ނެރެގެން ގެންދާ މުދާ ނެރުމުގެ ހުރިހާކަމެއް އެމްޕީއެލް އިން ވަނީ ހަމަޖައްސާފައެވެ.

"މިބަދަލާއި ގުޅިގެން މާލެ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ ބައެއް މުދާ ކްލިއަރ ކުރާ ގްރޫޕްތައް ޚިދުމަތުގެ އަގު ބޮޑުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ހާމަކޮށްފައި ވާތީއާއި އަދި މިކަމުގެ ސަބަބުން ބާޒާރުގައި މުދަލުގެ އަގު ބޮޑުކުރާނެ ކަމަށް ބައެއް ވިޔަފާރިވެރިންނާއި ހަވާލާދީ މީޑިއާތަކުން ބުނެފައި ވާތީ މިކަމާއި ގުޅިގެން މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ވިޔަފާރިވެރިން އަމިއްލައަށް މުދާ ކްލިއަރ ކުރެވޭނެ އިމްތިޒާމް މިކުންފުނިން ހަމަޖައްސާފައިވާ ވާހަކަ މައުލޫމާތައްޓަކައި ދަންނަވަމެވެ." ބަޔާނުގައި ވެއެވެ.

މުދާ އުފުލާ ގަޑިއަށް ގެނައި ބަދަލާއި ގުޅިގެން މަޖޫރީން މަސައްކަތް ހުއްޓާލުމަށް ފަހު ރޭ އަލުން ވަނީ މަސައްކަތް ފަށާފައެވެ. ނަމަވެސް އަލުން އެމީހުން މަސައްކަތް ފެށީ ކުރިން މަސައްކަތް ކުރާ އަގަށް ވުރެ ދެގުނަ އަށް ވުރެ ވެސް ބޮޑުކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޝީއިޒްޝީ

    މުދަލުގެ އަގު ބޮޑު ކުރާނަމަ ފިޔަވަޅު އަޅަނީ ނަމަ އެއީ ރަނގަޅު ހެޔޮ ފާލެކޭ އެއަށް ވުރެން ބޮޑޭ މަމެން ނަށް އެމްޕީއެލްގެ މަޖޫރީން ނަށް އުޅޭ ބަގަ ތައް ދެކެ. އެމެން އެބަޖެހޭ ސައިޒުން ކަނޑާތިރި އަރުވާލާ މަޖޫރީ ކުރުމަކީ އެއީ އެމްޕީއެލް މުވައްޒަފުން ކުރާ ކަމަކަށް ހަދާލާ މަޖޫރީ ދެން މީގެ ފަހުން ކުރާނީ އެމްޕީއެލް ކަމުގައި ހަދަން. ރަންރީނދޫ ޓްވިޓަރޭ މެން ފަދަ ރާއްޖެތެރޭން މާލެ އަށް އަރާ ތިބި އަތުން ފައިން އެއްވެސް މަސައްކަތެއް ނުކޮށް ސަރުކާރުން ވައްކަން ކޮށްގެން ކައިގެން އުޅޭ އެއްޗެހި ތައް ބުނާ ގޮތަށް ނޫން އެމްޕީއެލްގެ މަޖޫރީން ޑްރައިވް ކުރަން ޖެހޭނީ އެމްޕީއެލްގެ މަޖޫރީން ޑްރައިވް ކުރަން ޖެހޭނީ މަމެން ޕިންކީންގެ ސަރުކާރު ބުނާ ގޮތަށޭ ބިކޮޒް ރައްޔިތުންގެ %85 ވޯޓް އިން ވެރިކަން ރައްޔިތުން ހަވާލު ކުރީ މަމެން ޕިންކީން ނާއި އޭ އެެމެން ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރާއި ނޫނޭ ހަވާލު ކުރީ .

  2. ޙަފްޞާ / މާލެ

    ބަރާބަރު!

    • އެންމެ ހެޔޮވަރު ޙަފްޞާ

      ހަފްސާ އަށް ބަރާބަރުވާނެ.. ކޮންމެ އެއްޗެއް ބަރާބަރުވެގެން އުޅޭ، ހަފްސާމެން ކަހަލަ ދެތިން މީހުންނާހެދި މި ހިސާބަށް ކަންތައް މިދަނީ..

  3. ބަލާތި

    ކޮންމެހެން ވިޔަފާރި ވެރިންނަށް މަޖްބޫރެއް ނޫން މަޖޫރީން މެދުވެރިކޮށް ފިޔާ އަލުވި އަދި ބިސް ނެރެން. އެއްގޮތަކަށް ވެސް މަޖްބޫރެއް ނޫނެވެ. މަޖޫރީން ނަށް ކުޑާ ކޮށް ސައިޒު އޮޅިގެން އުޅޭ ހެން ހާދަ ބޮޑަށް ހީވެއެވެ.

  4. ޖައްސާތި

    މަޖޫރީންގެ އަގު ބޮޑުކޮށްފި، މުދާ އަގު ބޮޑުވުމުގެ ބިރު އޮތް ކަމަށްވާނަމަ ކީއްވެތޭ އިކޮނޮމިކް މިނިސްޓަރު މިހެން ވާން މިޖެހެނީ މަޖޫރީން ނަށް އެމްޕީއެލް އިން ހިލޭ ދީފައިވާ ހަރުގެ މިހާރު އެމެން އަތުލާ އަދި އެމްޕީއެލް ގައި ރަޖިސްޓްރީ ކޮށްފައިވާ މަޖޫރީން ފިޔަވައި އެއްވެސް ފްރީ ލާންސް ކޮށް އުޅޭ މަޖޫރީން ނަށް މަޖޫރީ ކަން ނުކުރެވޭނެ ކަން ސަރުކާރުން އިއުލާން ކޮށްލާ ތިޔާ ރާއްޖެތެރޭން މާލެ އަށް އަރާ ތިބި ހަޔެއްކަ ކެނައިން ނަށް މާލޭން ދޫ ދޭން ނުޖެހޭނެ ކަން ސަރުކާރުން އަންގާދީ ބަލަ އެއިރުން ސައިޒުން އެމެން ކެނޑިގެން ނާށިގަނޑު ހިފައިގެން ސަލާމް ޖަހަން ފަށާނެއޭ ސަރުކާރު ގާތު އަލިފާނޯއި އޭ ކިޔަމުން. ތިޔާއީ ދަ ރާއްޖެތެރޭ މީހުން ނޫންތޭ ވަރަށް އަވަހަށް ރިޝްވަތަށް ހެއްލޭނެއޭ ރިޝްވަތުގައި ހިފާނެއޭ.

  5. އަލިބެއްޔާ

    މަޖޫރީންނަށް ހީވޭކަމެންހެން.. ކަލޯމެން ތީ ބޭކާރު ބައެއްކަމަށް އެމް.ޕީ.އެލް އިން އެ ނިންމީ.. ދެން މަހަށް ދާން ފަށަން ހިނގާ.. ހެހެހެހެހެ..

  6. ޖައްސާތި

    އަލުވި، ފިޔާ، ބިސް ކަސްޓަމުން ނެރެދޭ އަގު ވެސް ބޮޑުކުރަނީ އެއީ އެމެން މަޖޫރީން ނޭ އެމްޕީއެލް ސަރަަހައްދުގައި އުޅޭ 100 އެއްހާ މަޖޫރީން ނާއި ނޫނޭ ސަރުކާރު ހަވާލު ކުރީ ރައްޔިތުން އަދި އެމެން ދަށުވާން ނުޖެހެއޭ ސަރުކާރުން ބިކޮޒް ވޯޓް ލީ ރައްޔިތުންގެ %85 މީހުން ވޯޓް ދިނީ މަމެން ޕިންކީން ރާއްޖޭގައި ވެރިކަން ކުރަން އެހެން ކަމަށްވާނަމަ އެމެން މަޖޫރީން ޖެހޭނީ ސައިޒުން ކަނޑާ ތިރިއަރުވާލާ ދެން އެމްޕީއެލް ގައި ރަޖިސްޓަރޑް ލައިސަންސް މަޖޫރީންނަށް ނޫނީ އެމްޕީއެލް ގައި ފްރީލާންސް ކޮށް މަޖޫރީ ކަން ނުކުރެވޭ ގޮތް ހަދަން މިއަދުން މިއަދަށް ގަވާއިދެއް ހަދަންވީއޭ. އެއިރުން ހުންނާނެ އެމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައި ދޯ. ޖައްސަބަލަ ސަރުކާރުން ތަންކޮޅެއް ލާރޖް ކޮށް.

  7. ރީ

    ވަރަށް އުފާވެއްޖެ! އެމީހުން ހީކުރީ އެމީހިންގެ އެކަނިކަމަށް އަނބިދަރީން ތިބީ! މަޖޫރީން މިއުޅެނީ ވިޔަފާރިން އަތްދަށުލާން! ސޮރީ މަޖޫރީން ދެންވެސް ހަމަބިމަށް ފައިބާ އެމް.ޑީ.ޕީ އިން ދަމާ ގުއިރޯނުގަ ޖެހެންޏާ އަނބިދަރީން ބަނޑަށް ޖެހިދާނެ!

  8. އޮޅާލާ

    އަމިއްލައަށް މުދާ ކްލިއާ ކުރުމުގެ ފުރުސަތު އެބައޮތް ނޫން އެގޮތަށް އެކަން ނިންމަންވީއޭ މަޖޫރީން ނަށް އަމިއްލަ އަށް މަސައްކަތް ހޯދައިގެން އެމްޕީއެލް ތެރޭން މުދާ ނުނެރެވޭނެއޭ އެއީ ވާނެ ކަމެއް ނޫނޭ އެމެން ދުއްވާލަން ޖެހޭނެއޭ މާލޭ އެމްޕީއެލް ސަރަހައްދުން. ކޮން މަޖޫރީންނެއް ތޭ މަޖޫރީން އޮޅާލަބަލަ ތަމެން އޮޅާލާ އޮޅާލާ އޮޅާލާ..

  9. ޝޯމީ

    އަލުވި، ފިޔާ، ބިސް ކަސްޓަމުން ނެރެދޭ އަގު ވެސް ބޮޑުކޮށްފިއޭ އެއީ މަޖޫރީން ޗާންސް އެބިއުޒް ކޮށް ސޮޑޮމޯ ތިއަރީ ބޭނުން ކޮށްގެން އެމެން ކުރި ކަމެކޭ އެކަންކަމަކީ އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫނޭ ސެންސް މޭކް ނުކުރޭ މަޖޫރީން ފަދަ ލޯލެވެލޭ މެންނަށް އެމެން އަމިއްލަ އިޚްތިޔާރުގައި ކަސްޓަމްސް އިން މުދާ ނެރެދޭ އަގު ކަނޑައެޅުމުގެ އިޚްތިޔާރު އޮންނަން ޖެހޭނެ ކަމަށް. ޝޯ މީ ދަ މީނިންގް އޮފް އިޓް. ޓެލްމީ ވައި އައި ކާންޓް ބިލީވް އިޓް.