ހުޅުމާލޭގައި ތަރައްގީކޮށްފައިވާ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އަދި އައުޓް ޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ ކޮމާޝަލް ސްޕޭސްތައް ކުއްުޔަށް ދޭން އެޗްޑީސީން ނިންމައިފިއެވެ.

ހުޅުމާލޭ ގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރުވެސް ތަރައްޤީކޮށް ނިމި، ހުޅުވަން ތައްޔާރުވެފައިވާ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ހުޅުވުން މިސަރުކާރުން ލަސްކުރާތީ ގިނަ ބަޔަކު ވަނީ މީގެ ކުރިން ފާޑުކިޔާފައެވެ. އެއީ ސްވިމިން ޕޫލެއް ވެސް ހިމަނައިގެން ތަރައްޤީ ކޮށްފައިވާ ތަނެކެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ، ސްޕޯޓްސް ކޮމްޕްލެކްސްތަކުގައި ހުރި ކޮމާޝަލް ސްޕޭސްތަކުގެ މައުލޫމާތާއެކު އެތަންތަން ކުއްޔަށް ދޫކުރަން ނިންމާފައިވަނީ ކޮން ވިޔަފާރިތަކަކަށްކަން އާންމުކޮށްފައެވެ.

އެގޮތުން ހުޅުމާލެ އިންޑޯ ސްޕޯޓްސް ކޮމްޕެކްސްގައި ކެފޭ/ރެސްޓޯރެންޓް ތަރައްގީ ކުރުމަށް 2443.32 އަކަ ފޫޓުގެ ސަރަހައްދެއް ކުއްޔަށް ދިނުމަށް ނިންމާފައިވާއިރު، އިންޑޯ ސްޕޯޓްސް ކޮމްޕެލްްކްސްގައި ސްޕޯޓްސް އިކިއުޕްމެންޓާއި އެސެސަރީސްއަށް ހާއްސަކޮށް 1343.44 އަކަ ފޫޓުގެ ސަރަހައްދެއް ކުއްޔަށް ދިނުމަށް ނިންމާފައި ވެއެވެ.

ރީޓެއިލްކޮށް އެއްޗެހި ވިއްކާ ތަންތަން ހެދުމަށް އައުޓް ޑޯ ސްޕޯޓްސް ކޮމްޕްލެކްސް އިން، 650.79 އަކަ ފޫޓުގެ ސަރަހައްދަކާއި، 655.52 އަކަ ފޫޓުގެ ސަރަހައްދެއްގެ އިތުރުން، 655.73 އަކަ ފޫޓުގެ ސަރަހައްދެއް ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ސްޕޯޓްސް އިކިއުޕްމެންޓާއި އެސެސަރީސްއަށް ހާއްސަކޮށް އައުޓް ޑޯ ސްޕޯޓްސް ކޮމްޕްލެކްސް އިން، 987.8 އަކަ ފޫޓުގެ ސަރަހައްދަކާއި، 655.63 އަދި 656.28 އަކަފޫޓު ސަރަހައްދެއް ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ.

މި ހުރިހާ ސްލޮޓެއްގެ ކުއްޔަކީ އަކަފޫޓަކަށް 30 ރުފިޔާ އެވެ. ކުއްޔަށް ދޭނީ 10 އަހަރުގެ މުއްދަތަކަށެވެ.

އެޗްޑީސީ އިން ބުނީ މި ކަމައި ގުޅޭ ގުޅޭ މައުލޫމާތު ސާފުކުރުމަށް އެޗްޑީސީގެ ބިޒްނަސް ޑިވެލޮޕްމެންޓް އެންޑް ސޭލްސް ޑިވިޝަން އާ ގުޅުމަށް އެދޭ ކަމަށެވެ. އަދި ބިޑް ހުށަހަޅަންޖެހޭ ތާރީހާއި އިތުރު މައުލޫމާތު ފަހުން އާންމު ކުރާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތު މީހާ

    ސަރުކާރުން މީގެ ކުރިން ކިޔަމުން އައީ ނިކަމެތީންނަށް އިިިސްކަން ދޭނަމޭ. އެކަމަކު ނިކަމެތި މީހާވެސް ފިޔަވަޅެއް ކުރިއަށް ޖައްސާލެވޭތޯ ކިތަންމެ މަސައްކަތެއް ކުރިޔަސް މި ވަރުގެ ބޮޑެތި ކުލި ސަރުކާރުން ހުށަހެޅީމަ އާދައިިގެ މީހަކަށް ކުއްޔަށް ހިފޭނެތޯ..އަބަދުވެސް ސަރުކާރުން ދައްކަނީ މާލޭގެ ގެތައް ކުއްޔަށް ދޭ އަގު ބޮޑު ވާހަކަ. މިހާރު ސަރުކާރުން މިކުރަނީ އެ ކަންކަމަށް ތާއީދު ތޯ؟

  2. އަހުމަދު

    ސްވިމިންގ ޕޫލް ހެެދީ ކޮން ރައީސް އެއް.... ހައިވޭ ހެދީކޮން ރައީސް އެއް..... ހުޅުމާލޭގައި ފެނުގެ ކުޅިވަރު ކުޅޭ ޕާކް ހަދަން ފެށީ ކޮން ރައީސް އެއް.... ފުޓްސަލް ދަނޑުތައް އަޅާން ފެށީ ކޮންރައީސް އެއް.... ޒަމާނީ މާރުކޭޓް އެޅީ ކޮންރައީސްއެއް... 54 މެގަވޮޓްގެ އިންޖީނުގެއެއް ހުޅުމާލޭގައި އެޅީ ކޮން ރައީސް އެއް ....25 ބުރީގެ ފްލެޓް ތައް ހުޅުމާލޭގައި އިމާރާތް ކުރާން ފެށީ ކޮން ރައީސްއެއް.... ހުޅުމާލޭގައި ރީތި ޕާކުތަކާއި ކަސްރަތު ކުރެވޭ ތަންތަން ހެެދީ ކޮން ރައީސް އެއް... ހުޅުމާލޭ ހޮސްޕިޓަލުގައި އެމް އާރު އައި މެޝިން ބެހެއްޓީ ކޮން ރައީސް އެއް..... ހުޅުމާލެއާއި މާލެ އާއި ދެމެދު ބޮޑު ބްރިޖެއް އަޅާ ހައިވޭ އެއް ހެދީ ކޮން ރައީސް އެއް....... ހަމަ ރައީސް ޔާމިން... އަލީ ވަހީދާ މަހުލޫފު އުޅެ އުޅެ ދުވަހަކު ކުޅިވަރު ކޮންޕްލެކްސް ހުޅުވޭ ގޮތެއް ނުވޭ... އަބަދު ބުނަމަުން ދަނީ 100 ދުވަސް ތެރޭ ހުޅުވާނަމޭ

    3
    1