ބޮލުން އިސްތަށި ފައިބައި ބޮލުގައި ހަންފޮޅޭ މައްސަލައަށް އެންމެ އަވަހަށް ޙައްލު ހޯދައިދޭ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ، ފުޓަވަން" ބްރޭންޑުގެ ޝޭމްޕޫ އާއި ކޮންޑިޝަނާ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭއެމްވީ" އިން ތަޢާރަފްކޮށްފިއެވެ.

ހަންފޮޅޭ މައްސަލަ އާއި ބޮލުން އިސްތަށި ފައިބާ މައްސަލަ އަށް ޚާއްސަ ދެ ބާވަތެއްގެ ޝޭމްޕޫ އަދި ކޮންޑިޝަނާ މިހާރު "ލިބޭއެމްވީ" އިން ވިއްކަމުންދާއިރު، މިއީ ހަމައެކަނި ގުދުރަތީ މާއްދާތައް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ އިސްތަށިގަނޑަށް ފައިދާ ހުރި އުފެއްދުންތަކެކެވެ.

ހުރިހާ ވައްތަރެއްގެ އިސްތަށިގަނޑަކާއި ވެސް ގުޅޭ ގޮތަށް އުފައްދާފައިވާ މި ބްރޭންޑުގެ އެންޓި ޑޭންޑްރަފް ޝޭމްޕޫ އާއި ކޮންޑިޝަނާ އަކީ، އިސްތަށިގަނޑުން އެންމެ އަވަހަށް ޑޭންޑްރަފް ފިލުވާލަން އޮތް ފަރުވާއެވެ. އަދި އިސްތަށިގަނޑަށް ގެއްލުންދޭ ބައިތައް ފިލުވާލައި ދުޅަހެޔޮކަންމަތީ އިސްތަށިގަނޑު ބޭއްވުމަށްވެސް މި ޕެކު އެހީއަކަށް ވެއެވެ.

ފުޓަވާން ބްރޭންޑުގެ އެންޓި ހެއާ ލޮސް ޝޭމްޕޫ އަދި ކޮންޑިޝަނާ އަކީ އިސްތަށިގަނޑު ވަރުގަދަކޮށް ހަލާކުވެފައިވާ ބައިތަކަށް ފަރުވާއެކެވެ. އިސްތަށިގަނޑަށް ބޭނުންވާ ގުދުރަތީ ގިނަ މާއްދާތައް ހިމެނޭހެން އުފައްދާފައިވާ މި ޝޭމްޕޫ އަދި ކޮންޑިޝަނާ ބޭނުންކޮށްގެން ފަރުވާ ހޯދުމުން، މަދު ދުވަސްކޮޅެއްގެ ތެރޭގައި އިސްތަށި ފައިބާ މައްސަލަ ހައްލުވެގެންދާ ކަމަށް ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ.

ކޮންމެ ދުވަހަކުވެސް އާދަކޮށް، އިސްތަށިގަނޑަށް ދިމާވެފައިވާ މައްސަލަ އަކާއި ގުޅުންހުރި ޝޭމްޕޫ އަދި ކޮންޑިޝަނާ ބޭނުންކޮށްގެން ބޯ ދޮވެލުން ރަނގަޅެވެ. އެގޮތުން އެންމެ ފުރަތަމަ ފެނުން އިސްތަށިގަނޑު ރަނގަޅަށް ދޮވެލުމަށްފަހު، ޝޭމްޕޫ ބޭނުންކޮށްގެން ބޮލަށް މަސާޖު ވާނެހެން އިސްތަށިގަނޑު ދޮވެލާނީއެވެ. މިގޮތަށް ދޮންނަ އިރު، އިސްތަށިގަނޑުގެ ކޮޅުތަކަށްވުރެ ބޮޑަށް އެތެރޭގައި ޝޭމްޕޫ ހޭކުމަކީ ރަނގަޅު ގޮތެވެ.

އެއަށްފަހު ފެނުން އަނެއްކާވެސް އިސްތަށިގަނޑު ދޮވެ، ޝޭމްޕޫ ފިލުވާލުމަށްފަހު ކޮންޑިޝަނާ ބޭނުންކޮށްގެން ބޯ ދޮވެލާނީއެވެ. ކޮންޑިޝަނާ އިން ބޯ ދޮންނައިރު، އިސްތަށިގަނޑުގެ ކޮޅުތަކުގައި ރަނގަޅަށް ކޮންޑިޝަނާ ހާކަން ވާނެއެވެ. އެއަށްފަހު ފެނުން ރަނގަޅަށް ދޮވެލާނީއެވެ. ކޮންޑިޝަނާ ފިލުވާއިރު ބޮޑަށް ރަނގަޅުވާނީ ފިނިފެން ބޭނުން ކުރުމެވެ.

އާދަކޮށް މިގޮތުގެ މަތީން އިސްތަށިގަނޑު ދޮވެ ފަރުވާ ހޯދާނަމަ މަދު ދުވަސްކޮޅެއްގެ ތެރޭގައި އިސްތަށި ފޭބުމުގެ މައްސަލަ ނުވަތަ ބޮލުގައި ހަންފޮޅުމުގެ މައްސަލަ އަށް ނިމުމެއް އަންނާނެއެވެ. އަދި އިސްތަށިގަނޑު ރީތިކަން އިތުރުވެ ވަރުގަދަވާނެއެވެ.

ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ފުޓަވަން ބްރޭންޑުގެ އުފެއްދުން ރާއްޖޭގައި ވިއްކަމުން ދަނީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭއެމްވީ" އިންނެވެ. "ލިބޭއެމްވީ" އިން ތަކެތި އޯޑަރު ކުރުމުގެ ފުރުސަތު، އެފަރާތުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް އޮތްއިރު، "ލިބޭއެމްވީ"ގެ ނަމްބަރު، 9946822 އަށް ގުޅައިގެންވެސް އޯޑަރުކޮށް މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު ވަނީ ހުލުވާލާފައެވެ. "ލިބޭއެމްވީ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ.

"ލިބޭއެމްވީ" އިން "ފުޓަވަން - އެންޓި ޑޭންޑްރަފް" ގެ ޝޭމްޕޫ ފުޅިއެއް ވިއްކަނީ 250 ރުފިޔާއަށެވެ. އަދި "ފުޓަވަން - އެންޓި ޑޭންޑްރަފް"ގެ ކޮންޑިޝަނަރ ފުޅިއެއް ވެސް ވިއްކަނީ 250 ރުފިޔާއަށެވެ. މި ބްރޭންޑުގެ "އެންޓި ހެއާ ލޮސް" ޝޭމްޕޫ އާއި ކޮންޑިޝަނާވެސް ހުރީ މި އަގުތަކުގައެވެ.



"ލިބޭއެމްވީ" އިން ވިއްކާ ބައެއް އެހެން ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. ދަތްފަނިކެއުން ހުއްޓުވާ ޚާއްސަ ދަތްއުނގުޅާ ބޭސް
(އަގު: 145 ރުފިޔާ) [އިތުރު މައުލޫމާތު]


2. ސެންޓިއޯ އަލޮވެރާ & ހަޔަލަނޭޓް ފޭޝަލް މާސްކް އަދި ސްކްރަބް
(އަގު - ފޭޝަލް މާސްކް: 300 ރުފިޔާ) / (އަގު - ފޭޝަލް ސްކްރަބް: 300 ރުފިޔާ) [އިތުރު މައުލޫމާތު]


3. އަލޮވެރާ ޖެލް
(އަގު: 150 ރުފިޔާ) [އިތުރު މައުލޫމާތު]


4. ކްލިނިކް: ފްރެޝް ޕްރެސްޑް - 7 ޑޭއި ސިސްޓަމް (1000 ރުފިޔާ) [އިތުރު މައުލޫމާތު]


5. ވަޓްސަން ބޮޑީ ވޮޝް - ސްޓްރޯބެރީ (410 ގްރާމް: 190 ރުފިޔާ) [އިތުރު މައުލޫމާތު]


6. ވަޓްސަން ބޮޑީ ވޮޝް - ޓަމަރިންޑް (410 ގްރާމް: 190 ރުފިޔާ) [އިތުރު މައުލޫމާތު]


7. ޕަތުންތިޕް - ހެއާކެއާ ޕެކް (1250 ރުފިޔާ) [އިތުރު މައުލޫމާތު]


8. އަނގައިން ނުބައިވަސް ކަނޑުވާލާން އެންމެ މޮޅު "ކޮކޯމޭޓް" (40 ރުފިޔާ) [އިތުރު މައުލޫމާތު]


9. އަތުގެ ހަންގަނޑު މަޑުކޮށް، ތާޒާކޮށްދޭ ""ފުޓްވާން ހޭންޑްކްރީމް" (130 ރުފިޔާ) [އިތުރު މައުލޫމާތު]


10. ދުވަސްކޮޅެއްގެ ތެރޭގައި ދަތްތައް ދެގުނައަށް ހުދުކޮށްދޭ "ރަސްޔަން - އެކްސްޓްރާ ވައިޓް ހާބަލް ޓޫތްޕޭސްޓް" (150 ރުފިޔާ) [އިތުރު މައުލޫމާތު]

11. އިސްތަށިގަނޑު ހަލާކުވާ މައްސަލައަށް އޮތް ފަރުވާ [އިތުރު މައުލޫމާތު]