މާލެ ތެރޭގައި މުދާ އުފުލާ ގަޑިއަށް ގެނައި ބަދަލާއި ގުޅިގެން އެމްޕީއެލް އިން މުދާ ކްލިޔާކޮށްގެން އުފުލާ ޕިކަޕުތަކުން އަގުބޮޑު ކޮށްފިނަމަ އެކަން ހުއްޓުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެމްޕީއެލް އިން މުދާ ކްލިޔާކޮށްގެން އުފުލާ ޕިކަޕުތަކުން އަގުބޮޑު ކޮށްފިނަމަ އިތުރު ޕިކަޕުތަކަށް މުދާ އުފުލުގެ ހުއްދަ ދޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ބެހޭގޮތުން ރަސްމީ ސިފައެއްގެ ޝަކުވާއެއް އަދި އައިސްފައި ނުވާ ކަމަށެވެ. އަދި އެފަދަ އަގު ބޮޑުކުރުމުގެ މައްސަލައެއް ފެންމަތި ވެއްޖެ ނަމަ މިހާރު އޮތް ކިއު ތަރުތީބު އުވާލައި އިތުރު ޕިކަޕްތަކަށް ފުރުސަތު ދޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އޭރުން އިތުރު ޕިކަޕުތަކަށް ހުއްދަ ދޭނަން. އެމްޕީއެލްގައި ރަޖިސްޓްރީ ކުރާއިރު ފުރުސަތު ދޭނީ އަގުބޮޑު ނުވާނެ ގޮތަކަށް" މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެގޮތައް އިތުރު ޕިކަޕް ޑްރައިވަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްގެން ވެސް އެ މައްސަލަ ހައްލު ނުވެއްޖެ ނަމަ ސަރުކާރުން އެ ހިދުމަތްދޭން ފަށާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެފަދަ ހާލަތެއްގައި އެކަން ކޮންޓްރޯލު ކުރުމަށް ސަރުކާރަށް މަޖުބޫރުވާނެ ކަމަށް ވިދާޅުވިއެވެ.

މުދާ އުފުލާ ގަޑިއަށް ބަދަލު ގެނައުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިިނިސްޓަރ ސައީދު އިތުރަށް ވިދާޅުވީ ރޭގަނޑު ގަޑީގައި މުދާ އުފުލުމުން އެކަމަށް ހޭދަވާ ވަގުތު ދަށްވެ ޕެޓްރޯލު ހަރަދުވެސް ކުޑަވާ ކަމަށް ވިޔަފާރިވެރިން ބުނަމުންދާ ކަމަށެވެ.

އެ ބަދަލާއި ގުޅިގެން މިހާރު ޓްރެފިކް ވަރަށް ބޮޑަށް ލުއި ވެފައިވާ ކަމަށާއި އަދި އެކަން އާންމު ރައްޔިތުން ވެސް ފާހަގަ ކުރާ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވަނީ އެ ނިންމުގެ ސަބަބުން ލިބެމުންދާ ފައިދާތަކުގެ ވާހަކަތައް މީޑިއާތަކުން ރިޕޯޓު ނުކުރަނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޝަޒީން

  ސީފައީން ނެރެގެން ގަދަބާރުން ތީކަން ކުރަންޖެހޭނީ..

 2. ހަސަން ހުސޭން

  މަޖޫރީންވެސް ހަމަމަގައް ފައްތަން ބަންގުލަދޭސް މީހުންގެނެސް ގެންވެސް އެކަންކުރެވިދާނެ އެކަމަކު މިސަރުކާރު ރަގަޅުކަމުން އެކަން ނުކުރަނީ

 3. ފަރީދާ

  މިހާރުވެސް މަޖޫރިން ކޮންޓެއިނަރު ކަނޑައިދޭއަގު ވަރަށްބޮޑުތަންބޮޑުވެއްޖެ އެހެންވީމައި ކޮންމެގޮތެއްވިއަސް ވިޔަފާރިވެރިން ކޯސްޓްހަދާއިރު ހުރިހާހަރަދެއް ހިމަނައިގެންނޭ ކޯސްޓް ހަދާނީ އެހެންވީމައި ހަމަ ޔަގީނުންވެސް މުދަލުގެ އަގުބޮޑްވާނެ

 4. ހަލް

  ތީ ހަމަ ހޮޅި ވާހަކަ. ތިހެން ހެދޭނެ ނަމަ މާލޭގައި ފެހި ބޯޑު ދިއްލައިގެން ފަސިންޖަރުނ އަރުވާ ފުރައިގެން "ބަސްދަތުރު" ކުރާ ޓެކްސީތައް ހުއްޓުވުނީސް. އެކަން ހުއްޓުވަބަލަ! މަބުނާނަން ތިދައްކާ ވާހަކައިގަ ފެންވަރެއް އެބަހުއްޓޭ!

 5. ނޫސްގަނޑު

  ރައްޔިތުން ވިސްނާ! މިކަމަކީ މިދިޔަ މަހެއްހާ ދުވަހު ހިނގައިދިޔަ ސިޔާސީ ކަންތައްގަނޑުގެ ފޯކަސް އަނބުރާލަން ކުރި ކަމެއް