މިއަހަރު ދައުލަތުގެ ބަޖެޓުން މިހާތަނަށް 15 ބިލިއަން ރުފިޔާ ޚަރަދުކޮށްފައި ވާއިރު އޭގެ ތެރެއިން 11.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައި ވަނީ މުވައްޒަފުންގެ މުސާރައާއި ޕެންޝަނާއި ހިންގުމުގެ ޚަރަދުތަކާއި ގެއްލުމުގެ ބަދަލު ދޭން ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހަފްތާގައި އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މުވައްޒަފުންގެ މުސާރަ އަށް ވަނީ 5.7 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. އިދާރީ ކަންތައްތަކަށް 4.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވާއިރު ގެއްލުމުގެ ބަދަލުގެ ގޮތުގެ އެކި ފަރާތްތަކަށް 569.8 މިލިއަން ރުފިޔާ މިއަހަރު ސަރުކާރުން ދީފިއެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓަށް ހަތް ބިލިއަން ރުފިޔާ ޚަރަދު ކުރަން ބަޖެޓް ކޮށްފައި އޮތް ނަމަވެސް އަހަރުގެ އަށް މަސް ދުވަސް ނިމިގެން ދިޔައިރު ޚަރަދު ކޮށްފައި ވަނީ އެންމެ 2.2 ބިލިއަން ރުފިޔާ އެވެ.

ކެޕިޓަލް އެހެން ޚަރަދަށް ބަލާއިރު ތަރައްޤީގެ މަޝްރޫޢުތަކަށާއި އިންވެސްޓްމަންޓްތަކަށް ސަރުކާރުން ޚަރަދު ކޮށްފައި ވަނީ އެންމެ 696.1 މިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން ކެޕިޓަލް އިކްއިޕްމެންޓަށް 237 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މިއަހަރު އާމްދަނީގެ ގޮތުގައި އަދި މިހާތަނަށް ލިބިފައި ވަނީ 14.9 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބުނު 11 ބިލިއަން ރުފިޔާ އާއި އެހެނިހެން އާމްދަނީގެ ގޮތުގައި ލިބުނު 2.9 ބިލިއަން ރުފޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބުނު 573 މިލިއަން ރުފިޔާ ހިމަނައިގެންނެވެ.

ތަފާސް ހިސާބަށް ބަލާއިރު ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތަކަށް ހޭދަކުރި މިންވަރު ދަށްކަމަށް ދެއްކި ނަމަވެސް ސަރުކާރުން ވިދާޅުވާ ގޮތުގައި ގިނަ އަދަދެއްގެ ޕްރޮޖެކްޓްތައް ހަވާލު ކުރެވި، މަސައްކަތްތައް ވަނީ މިހާރު ފެށިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހުމަދު

    ތިޔޮތީ ވާ ސަރުކާރެއް އިރާދަކުރެއްވިއްޔާ ވ ސަލާމް

    15
    1
  2. ހުސޭނުބޭ

    ހިންގުމުގެ ޚަރަދޭ! ކޯންޗެއް ހިންގީ! ބާ އިންޖީނުގަނޑެއްތަ ހިންގީ! ހަމަ ގައިމުވެސް ސަރުކާރެއް ނުހިނގާ!

    20
    1
  3. ޒާ

    ކޮބާ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ހެދި ބޮޑު ދޮގު ފަޅާއެރީ. އޭނާ ބުނި ރާއްޖޭން ބޭރަށް ދަތުރުތައް ކޮށްގެން ހިލޭ އެހީގެ ގޮތުގައި ހައްކަ ބިލިއަން ރުފިޔާ ލިބުނުވާހަކަ އެކަމަކު ފިނޭންސުން އެބުނީ ލިބުނީ އެންމެ 573 މިލިއަން ރުފިޔާކަމަށް. މިވަރުގެ ދޮގު ހަދާ ރައްޔިތުންގެ ބޮލުގައި ތެތްގޯނި އަޅުވަން ނުތިބެ އިސްތިއުފާ ދީފައި ޔާމީނަށް ވެރިކަން ހަވާލު ކޮށްބަލަ. އޭރުން ކާއެއްޗެއް ކައިފާވެސް މަގުތަކާއި ބުރިޖްތަކާއި ހޮސްޕިޓާތައްވެސް އަޅައިދޭނެ. ތީ ކީއްކުރާ ބައެއް؟ ބަޖްހުލިވީ ވީކަމެއް ހަރާމް.

    28
  4. ާައަސްލަމް

    އެއީ ކުރީގެ ސަރުކާރެއްނު އަޖައިބް