ރާއްޖޭގައި ހުޅުވާ އިންޓަރ ކޮންޓިނެންޓަލް ހޮޓެލްސް އެންޑް ރިސޯޓްސްގެ ފުރަތަމަ ރިސޯޓް، އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައުގެ ނަމުގައި ހުޅުވައިފިއެވެ. މި ރިސޯޓު ތަރައްޤީ ކޮށްފައި ވަނީ ރ.އަތޮޅު މާމުނާގައުގައެވެ.

81 ބީޗް ވިލާ ހިމެނޭ މި ރިސޯޓަކީ އެންމެ މަތީ ފެންވަރުގެ ޚިދުމަތްތަކަށް ހާއްސަ ކޮށްފައިވާ ރިސޯޓެކެވެ. މިރިސޯޓްގައި އެންމެ ދުވަހަކު މަޑުކޮށްލަން ވެސް މަދުވެގެން 15000 ރުފިޔާ ހޭދަކުރަން ޖެހޭނެއެވެ.

މާމުނާގައު އިން އެރިސޯޓްގެ ފުރަތަމަ މެހެމާމުންނަށް މިއަދު މަރުހަބާ ކިޔާނެ ކަމަށް ފަތުރުވެރިކަމާއި ގުޅޭ ޚަބަރުތައް ގެނެސްދޭ ބައިނަލްއަޤުވާމީ ނޫސްތަކުން ބުނެއެވެ.

އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓުގައި އެކި ކަހަލަ ކެއުންތައް ލިބޭ ހަ ރެސްޓޯރެންޓު ހުންނާނެއެވެ. އަދި ސްޕާއެއްގެ ޙިދުމަތާއި ތަފާތު އެކި ކަހަލަ މޫދު ކުޅިވަރުތަކަށް ޙާއްސަ ވޯޓަރ ސްޕޯޓްސް ސެންޓަރެއްވެސް އެ ރިސޯޓުގައިހުންނާނެއެވެ.

އިންޓަކޮންޓިނެންޓަލް އިން ރާއްޖޭގެ ރިސޯޓް މާކެޓަށް އިންވެސްޓް ކޮށްފައި ވާއިރު އެކުންފުނިން މިހާރު ގެންދަނީ އޭޝިއާ ސަރަހައްދުގައި ވެސް އިތުރު އިންވެސްޓްތަކެއް ކުރަމުންނެވެ. އެކުންފުނިން ބުނާ ގޮތުގައި އޭޝިއާ ސަރަހައްދުގައި އިތުރު އިންވެސްޓްމަންޓްތަކެއް ކުރުމުގެ އެއް ސަބަބަކީ އޭޝިއާ މީހުން ދަތުރު ކުރާ މިންވަރު އިތުރު ވަމުން ދިއުމެވެ. އަދި އެހެން ބައްރުތަކުން އޭޝިއާ އަށް ދަތުރު ކުރާ މީހުންގެ އަދަދު ވެސް އިތުރު ވަމުން ދިއުމެވެ.

މިއަހަރު ރާއްޖޭގައި އަދިވެސް އިތުރު ދިހަ ވަރަކަށް ރިސޯޓް ހުޅުވާނެ ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ފިޔާތޮށި ބޮކްސާ

  އޭ ކިނބޫ ސޯލިހޫ ތިވެސް މަގޯތި ސޮރު ހެދިހާ ތަންތަނެވެ . މަާކަ ތާހިރެއް ނޫނޭ ރިސޯޓު ހުޅުވަނީ އޭ ކިޔާ ފޮނިކަޑާކަށް .،ކަލޯގެ އަނބި ރުއްސަން ބޭރު ކަރަކަރައަށް ދިއުންނޫން ކަމެއް ކަލޯ އަކަށް ނުކުރެވެއޭ . ރާއްޖޭގެ ހަޒާނާ ބާޣީ ސިއްކަގެ އާއިލާ ކައި ހުސްކޮށްފިއޭ

  11
  4
 2. ފެނޭތަ

  ކޮބާ ތަމެންނަށް ފެނޭތަ ފެނޭތަ އަންނަކުރިއެރުން.

  3
  8
 3. ސަންތިމަރިޔަބު

  މި ސަރުކާރު މަސައްކަތްތައް މާހަލުވި މާއަވަސް މާފާސްޓް ރިބަން ކެނޑުންވެސް ރޮކެޓް ސުޕީޑުގާއި މި ސަރުކާރަށް އެންމެ 8 މަހާއި 14 ދުވަސް ފުރޭއިރު ރީސޯޓުތައް ހުޅުވަމުން މިޔޮއްގެން ދަނީ “ކަނދިކަމަނާގެ މަސްތެއްލުން” ބަންދު ކަނޑާއި ގުނާ 100 ދުވަސް ހަމަވާއިރު މިގައުމުގާއި ދިވެހި މުސްލިމް ރަށްޔިތަކު އުޅޭނެބާ؟ ގޯނިބޭ ކުޑައަލީ މިހާރު ބަނދިވަރު ގޮވަމުން ދުވަން ފަށާއިފި ކޮކަޑި ކޭ މީދާ ވާރޭފެންވެސް ބޮއިފި އިހުނަށްވުރެ ވަރުގަދަކޮއް ފެންނަނީ ހަމަ ހިނިއަންނަނީ ޝުކުރިއްޔާ ރައީސް ޔާމީން

  17
 4. ދުވާފަރު މިހާ

  ކިނބޫ ކިތައްމެއް ވަރެއްއެރިޔަސް ތީ ހަމަ ރައީސް ޔާމިންގެ މަސއްކަތް. މިހާރު މިއުޅޭނި ދެބިލިއަން ރުފިޔާ ވެސް ތރައްގީ އަށް ހޭދާ ނުކުރެވިގެން. ސޮނި އަންނި ކީކޭ ކިޔާކަށް.. ކިނބޫގެ އައުވާނުންނަށް އެއްޗެއް ދީފަދޯ އެހެންކަމެއް ކުރެވޭނީ

  2
  1
 5. ފެންނަންހުރި ހަގީގަތް

  އެމްޑީޕީގެ ގުންޑާމެންނަށްފެނޭތަ ތަރައްގީއެއީ ކޮންއެއްޗެއްކަން ރޮކެޓުސްޕީޑު ސުކުރިއްޔާ ރައީސް ޔާމިން

 6. ހުސެން

  ތިޔަރަށަކީ ބޭރު އިޓަލީމީހަކަށް 2.5 މިލިޔަން ޑޮލަރު ނަގާފަ ސަރުކާރުން ދީފަ އޮތްރަށެއް ނަމަވެސް ކުއްލިޔަކަށް އަދީބު އެމީހާގެ އަތުންއެރައްވަކިއޮއްފަ އޮންބެންސިންގ އަށް 2 މިލިޔަންޑޮލަރ އަށް ވިއްކާލާފަ އެފައިސާވަނީ ކާލާފަ. ސަރުކާރުން މިރައް ތިޔަބުނާ އިންޓަކޮންޓިނެންޓް އަށް ދިން ގޮތް ބައްލަވާ މިގައުމުގެ ހުރިހާރަށެއްވަނީ ތިޔަ ސިންގަޕޫރު ގެ ބޮޑު ކަރައްޕްޓް މަހުޖަނު އޮންގް ގަވާއިދާހިލާފަށް އެއިރެއްގަ ސަރުކާރެއްގަތިބި ބާރުގަދަ ފަރާތްތަކަށް ރިސްވަތުދީގެން ނަގާފަ. ދިވެހިންގެ ބިންތައް އެގޮތަށް ވިއްކާލަފަ. އިންޓަކޮންޓިނެންޓުން ރިސޯޓުހުޅުވުމަކީ އަހަރުމެން އުފާކުރާކަމެނޫން މިގޮތަށް ރައްޔިތުންގެ ހައްގުތައް ފޭރި ގަނެގެން.