ރާއްޖެ އާއި ޗައިނާއާ ދެމެދު ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެ، ދަތުރުތައް ފަށާނެ ކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

ޗައިނާގައި މިހާރު ކުރިއަށްދާ، ޓްއާއޮޕަރޭޓަރުންގެ ކޮންފަރެންސެއްގެ ތެރޭގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ އަންނަ އަހަރު މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރާ އޭ-330 މަރުކާގެ ފްލައިޓާއިއެކު ރާއްޖެ-ޗައިނާއާ ދެމެދު ސީދާ ދަތުރުތައް ފަށާނެ ކަމަށެވެ.

އޭ-330 ގެ ދެ ފްލައިޓް ކުރިއަށް އޮތް ހަމަސް ދުވަސް ތެރޭގައި ރާއްޖެ ގެނެސް ޚިދުމަތައް ނެރޭނެ ކަމަށް މޯލްޑިވިއަން އިން ކުރިން އޮތީ ބުނެފައެވެ.

މޯލްޑިވިއަން އިން ޗައިނާގެ ހަ މަންޒިލަކަށް މިހާރު ދަތުރުތައް ކުރަނީ، އެ އެއާލައިންގެ ފްލީޓްގައި ހިމެނޭ އެންމެ ބޮޑު ބޯޓް އެެއާބަސް، އޭ-321 މަރުކާގެ ފްލައިޓްގަ އެވެ. އެއީ ވައިޑް-ބޮޑީ އެއާކްރާފްޓަކަށް ނުވާތީ، މޯލްޑިވިއަން އިން އެ ދަތުރުތައް ކުރަނީ ބެންކޮކް މަގުން އެވެ.

މޯލްޑިވިއަން އިން މިހާރު އޮޕަރޭޓް ކުރަނީ ޑޭޝް8-200 މަރުކާގެ ދެ ބޯޓާއި ޑޭޝް8-300 މަރުކާގެ އަށް ބޯޓާއި އެއާބަސް އޭ 320 މަރުކާގެ އެއް ބޯޓާއި އެއާބަސް އޭ 321 މަރުކާގެ އެއް ބޯޓް އަދި ޑީއެޗްސީ ޓްވިން އޮޓާގެ 11 ބޯޓެވެ.

މޯލްޑިވިއަން އިން ކުރިން ވަނީ އަށް މަތިންދާބޯޓަކަށް ފައިސާ ދައްކައިފަ އެވެ. އޭގެ ތެރޭގައި، މިހާރު އޮޕަރޭޓް ކުރަން ތައްޔާރުވަމުން އަންނަ އޭ 330 މަރުކާގެ ދެ ބޯޓު ވެސް ހިމެނެ އެވެ. ބާކީ ބޯޓުތައް ގެންނާނެ އިރެއް އެ ކުންފުންޏަކުން އަދި ނުބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފެނޭތަ

    ކޮބާ ތަމެންނަށް ފެނޭތަ ފެނޭތަ އަންނަކުރިއެރުން.

  2. ާއަލީ

    ޗައިނާގެ ޓްއާއޮޕަރޭޓަރެއް ދިވެހި ކުންފުންޏަކުން ހަޯދާދިނީމަ ރިޒްވީ ވަރައް ފަރިތަ ވާނެ އަމިއްލަ ކަމަކަމައް ބަދަލުކަޮއްލަން