މާލޭ ސިޓީ ކައުންސިލުން މިއަދު ހެނދުނު ދަތުރުވެރިންގެ މާރުކޭޓް ބަންދުކޮށްފިއެވެ. ދަތުރުވެރިންގެ މާރުކޭޓް ބަންދުކުރީ އެތަނުގައި ހުރިއްޔާ ހުރި މުދަލެއް ވެސް އެތަނުގެ އެތެރޭގައި ހުއްޓައެވެ.

މާރުކޭޓްގައި ގޮޅިއެއް ހިންގާ ވިޔަފާރިވެރިޔަކު ބުނީ އޮގަސްޓް 31 އާއި ހަމައަށް މާރުކޭޓް ހުސްކުރަން ސިޓީ ކައުންސިލުން ކުރިން އެންގި ނަމަވެސް ފަހުން އެނިންމުން ބަދަލުކޮށް، މާރުކޭޓްގައި ތިބި ދިވެހިންނަށް ވަގުތީ ޓެންޓެއް ޖަހައިދޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.

"ހުރިހާ ދިވެހިން ޓެންޓެއް ޖެހުމަށް ފަހު ބަދަލު ކޮށްދޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައި އޮތީ. އެހެންވެ އެންމެން ވެސް މިތިބީ އެ ޓެންޓަށް ބަދަލު ވެވޭނެ ކަމަށް. އެހެންވެ ރެއާއި ހަމައަށް ތަން ހުސްނުކޮށް ތިބީ. ކުއްލިއަކަށް މި ފެނުނީ މިއަދު ހެނދުނު 06:00 ގައި ސިޓީ ކައުންސިލުން އައިސް މާރުކޭޓްގައި ތަޅު އެޅުވިތަން. އެތަނުގެ ތެރެއިން އެއްވެސް އެއްޗެއް ނެރުމުގެ ފުރުސަތު ވެސް ނުލިބުނު." އޭނާ ބުންޏެވެ.

އިތުރު ވިޔަފާރިވެރިޔަކު ބުނީ ކުއްލިއަކަށް ސިޓީ ކައުންސިލުން އައިސް މާރުކޭޓް ބަންދު ކުރުމުން އެތައް ލައްކަ ރުފިޔާއެއްގެ ގެއްލުން ވިޔަފާރިވެރިންނަށް ވަމުންދާ ކަމަށެވެ.

"ޓެންޓަކަށް ބަދަލު ވާން ފުރުސަތު ދޭނަމޭ ބުނީ އަޅުގަނޑުމެން މިތިބީ. ނަމަވެސް ކުއްލިއަކަށް އައިސް މިގޮތައް ބަންދުކޮށްލީމަ ހުރިހާ މޭވާ އަކާއި ތަރުކާރީއެއް ދެން ހަލާކުވެގެން ދާނީ." އޭނާ ބުންޏެވެ.

ވިޔަފާރިވެރިން ބުނީ އެމީހުން ތިބީ ސިޓީ ކައުންސިލަށް އެއްބާރުލުންދޭން ތައްޔާރަށް ކަމަށާއި ނަމަވެސް ސިޓީ ކައުންސިލުން އެތައް ިރައްޔިތުންނެއް މިއަދު މަގުމަތިކޮށްލާފައިވާ ކަމަށެވެ.

"ވަރަށް ބޮޑު ގެއްލުމެއް މިލިބުނީ. އަޅުގަނޑުމެންނަކީ ވެސް މާލޭގައި ގެ ކުއްޔަށް ހިފައިގެން އަނބިދަރިން ގޮވައިގެން އުޅޭ މީހުން. އެތައް މުދަލެއް ހަލާކުވެގެން ދިޔައިމަ ފޫނުބެއްދޭނެ ގެއްލުމެއް ލިބިގެން މިދަނީ." ވިޔަފާރިވެރިޔަކު ބުންޏެވެ.

މާލޭ ސިޓީ ކައުންސިލުން ކުރިން ބުނެފައި އޮތީ ދަތުރުވެރިންގެ މާރުކޭޓް ބަންދުކުރަނީ އެތަނުގައި ބައެއް މަރާމާތުގެ މަސައްކަތްތައް ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އަހުމަދު

    ކޮން ވާހަކައެއް ދައްކާކަށް. ޙުރިހާ ގޮޅިއެއް ބަންގާޅީންނާ ހަވާލުކޮށްފަ ހުންނަނީ.

    61
    10
  2. ކުލިބޮޑޭ

    ރަނގަޅަށް ތިހެދީ.މުއްދަތުދީފަ ހުސްނުކުރީމަ ހަދަންވީގޮތްތީ.އެމީހުން ހީކުރީ ތާއަބަދަށް އެތާ ތިބެވޭނެކަމަށް ކައުންސިލުން ނިންމުން ބަދަލުކުރާނެކަމަށް.ޓެކްސީ މީހުންވެސް ހީކުރީ އެހެން.މާލޭގަ ކުލި ނުދައްކާ އުޅެނީ މިމީހުން ބުނާގޮތުން ޓެކްސީ ނުކުރާ މީހުނާއި ގޮޅި ނުހިންގާ މީހުން އެކަނި.

    38
    13
    • މަންޖެ

      ތިޔައީ މުޅިން އެހެންކަމެއް. ބަންގާޅިން ފިޔަފާރި ކުރުން އެއީ ތަންބަންދުކުރަން ޖެހޭކަމެއްނޫން. ބޮޑުވަރަށް އެގޮޅި ބަންދު ކުރަންޖެހޭނީ.

      1
      3
  3. ޙޯރަ ބޭ

    ރަގަޅު އެތަނުގަ ތިބެނީ ބަންގާޅުން މިހާރުންމިހާރަންވެސް ބަންދުކުރަންވީ

    51
    6
  4. ދޮންބެ

    އަނިޔާވެރިކަން ނިންމަން އައި ސަރުކާރުން އަނިޔާވެރިވަނީތަ؟ ނޫނީ މާލޭ ސިޓީ ކައުންސިލަކީ މިސަރުކާރާ ގުޅުމެއް ނެތް ތަނަކީތަ؟ ނޫނީ މިއީ އަނިޔާވެރިކަން ނިންމަން ސަރުކާރާ ގުޅިގެން ސިޓީ ކައުންސިލުން އެޅި އިތުރު ފިޔަވަޅަކީތަ؟

    54
    8
  5. އަލި

    ތަޅު ހަލާކު ކޮށްލައިގެނ

    17
    4
    • ޏަމްޏަމް

      ޔާމީން ހާދަ އަނިޔާވެރިޔޭ ދޯ. އަދިވެސް ޔާމީންތަ ވެރިކަމުގަ ހުރީ. މިއޮތީ ހެޔޮ ވެރިކަން. ކޮބާތަ ދުފާއެއްޗިއްސޭ ގޮވަމުން ދުވި އަނގަތައް. ދެންތިތާ ބޭރުތިބެ ދެއަތް ފޫދަންދެން އަތްޖަހާ.

      17
  6. އަލި

    ވަރަށް ބޮޑު ރޭވުމެއްގެ ދަށުން މިކަން މިކުރަނީ އަންނި އެއްޔެ ބުންޏެއްނެ އެކްޓިވެސްޓުންނަށް ވަޒީފާ ނުދެވުނަސް ކޮންމެ ވެސް ގޮތެއް އޮންނަން ވާނެއޭ އެއީ އެމީހަކު އުޅުނު ވަރަކުން ލިބޭ ކަމެކޭ އެކަން ކޮށްދޭން ޝިފާ ދައިތަ ކައިރީ ބުނެގެން ހިންގާ ޖަރީމާ އެއް ގޮޅިތައްވެސް ބޮޑެތި ކޮށްފައި ދެނީ..... ހެ ހެ މިއޮތީ ވާ ދުނިޔެއެއް އިންސާފާ ހަމަ ހަމަ ކަން.... މިހާރު އެމް ޕީ އެލް ސަރަހައްދުގައި އުޅޭ މީހުންވެސް ދަނީ ހޫނު އަރަމުން....

    16
  7. Agenda 19

    Vote dhee adhives agenda 19 ah

    12
  8. ސަންތިމަރިޔަބު

    ބަލަގަ ތިބުނާ ޓެންޓް ހުރީ ހަނދު ގައޭ ސިޓީ ކައުންސިލުން ހަރަދު ކޮށްގެން މޯދީ ހަދާއި ދިނީ އެތަނަށް ބަދަލުވުމަކީ ކަލޭމެންގެ އަމިއްލަކަމެކޭ ދެން ފާއިގެ ބޮޑުވާ އިނގިލިބޯލަބޯލާތިބޭ އަތްޖަހަން ހަމަހިހިނިއަންނަނީ

    14
  9. އައިޝަތު ސަމާ އަލީ ނަސީރު

    ކުއްލިއަކަށޭ ތިކިޔަނީ މޮޔަޔާ 31 އޮގަސްޓުގެ ނިޔަަލަށް ހުސްކުރަން އަންގާފަ އޮތީ މީގެ 6 މަސްކުރިން. ތިހެން ހަމަ ގަދަދައްކާފަ ތިބެނީ ވެރިކޮށްލައިގެން ބަންގާޅިންނަށް. ގަޑިއަށް ނުނުކުތީމަ ދެން ބަލާނެކަމެއްނެތް ހަމަ ތަން ބިމާހަމަ ކޮށްލަންވީ ހުރިއްޔަ ހުރިއެއްޗަކާ އެއްކޮށް.

    8
    2
  10. ނާދިރާ

    ރަގަޅު ނިންމުމެއް

    10
    4
  11. ދަންސޫރަ

    ބަރާބަރު ތިމާފޭހިއިލޯށިގަނޑް ތިމާލޮލަށް ހިޔޮވެރިކަން ސަޅި

    13
    1
  12. ލޮނުމިރުސް ޓޯޓޯ

    މިހެޔޮވެރިކަމުގަ ވާނެ ތިކަހަލަ ކަންތަން ނަސީބެއްނު މީހުންކޮޅާއެއްކޮއް ބައްދު ނުކުރިކަން މަށަށް ފެންނަނީއެތަނަށް އަންނިބެ ލާފަ ތަޅުލަން އޭނަ އިސްލާހްވޭތޯ

    12
  13. ޒާ

    ކޮން ޓެންޓެކޭ ކިޔާކަށްތަ؟ ސިޓީ ކައުންސިލުން އޮތި ލިޔުމުން ތަން ހުސްކުރަންޖެހޭވާހަކަ އަންގާފަ. ބަންގާޅީންނަށް ތަން ކުއްޔަށް ދީގެން ނާޖާއިޒް ވިޔަފާރިކޮށްކޮށް ތިބެނީ އެއްވެސް އެންގުމަކަށް ބޯލެނބުމެއްވެސްނެތް. ތިހެދީ ހަމަ ރަނގަޅަށް.

    10
    2
  14. ހީވޭ

    މީ ތަޅުއަޅުވާ ސަރުކާރު.

    10
  15. ގައުމު

    ތިގޮތަށް މަސް މާރުކޭޓު ކުރިމަތީ އޮތް މާރިކޭޓް ބަންދުކޮއްބަލަ ފުރަތަމަ މީދަލަ ކުރަތް ޕާ އެއްޗެހި މުޅިތާ އެދުވަނީ ކާ އެއްޗެގިތަށް މަތިން..ގޮޑު ކަމުން މުޅި ސަރަހައްދުން ނޯވޭ ހިނަގަލެވެން ވެސް
    މީ ގާއިމު ކާ އެއްޗެއްސޭ.މި ނުވާނެ މިހާ ރައްކަތެރިކަން ކުޑަ ގޮތަކަށް ބަހަޓަން.ތި ނެގި މާރުކެޓު ތޯ ފުރަތަމަ މަރާޠް މަތް ކުރަންވީ..ތި އުޅެނީ ރަނގަޅު ނިޔަތެއް އޮވެގެނެއް ނޫން.ޕަޓީ ކުދިން ނަށް ގޮޅި ތަށް ނުބެހިގެން ކައުންސިލް އިންތިހާމަށް އިހުލާސް ރެރިކަމެއް ހުރިޔާ ބަންގާޅިން ތަ ބޭރު ކޮއްލާފަ ކާބޯތަކެތި ވިއްކޭ މިންގަޑަށް ތަން ވަދަލްކޮށް ބަނަގާލިން ބޭތިއްޔާ ގޮޅި އަތުލަބަލަ.މަސް މާރުކޭޓް ވެސް ނޫވޭތޯ ބަންދު ކުރަން.އެތާ އެވިއްކަނި ގިނަ މަސް ތަށް ކާން އެކަޝީގަން ވާ މިންގަޑަށް ތޯ..މިޔަދު ނުވިކޭ މަސް ފިނި ކެނޑުނީ މަ ވެސް ގެން ގޮސް އައިސް ފޮއްޓަ މާދަން ހަމަ އެމަސް އެހުންނަނީ ވިއްކަން ބަހައްޓާފަ.އެމަސް އެދޮންނަނި އޮޑި ތަށް އަޅާފަ ހުންނަ ފަޅު ލޮނުގަނޑުން.މި ފަޅަށް ބޮޑުކަމު ދަނި ކުޑަ ކަމުދަނި.މި ތޯ ދިވެހިންނަ ހައްގުވާ މިންވަރަކި.މި ކަންކަމަ ގުޅިގެން އެތަށް ބަލިބަޔެއް އިންސާނުން ނަށް އެބަކުރިމަތި ވޭ މި އެއްޗެހި ކާއިގެން.

  16. އިސްމާލު

    ކޮންމެ މީހަކު ނުގަވައިދުން ކަންތައް ކޮށްފައި އެއިގެ ބަދަލުގައި ސަރުކާރުންފިޔަވަޅު އަޅާއިރަށް ކޮން ހާސަރެއްތަ މި ދަމަނީ ކުއްޔަން އުޅެނީއްޔޭ އަނބިދަރިންނޭ. ޓެކްސީ މީހުންވެސް ރައްޔިތުން ފެލާފައި ސަރުކާރުން ކަމެއް ކުރާއިރަށް ކުއްޔޭ މިކިޔަނީ. ގޮޅިތަކުގެ މީހުންވެސް ބަންގާޅީންނާ ގޮޅި ހަވާލުކޮށް ރައްޔިތުންނަށް ވިހަ ކެމިކަލް އެޅި ތަރުކާރީ އެންމެ އަގުބޮޑުކޮށް ކާންދީފައި، ކަމެއް ވާއިރަށް ގޭގެ ކުއްޔޭ.

  17. ޓރޭސް

    ހައްހައްހައްހައްހައްހައް. ދެން ތިބޭ ހެވިފަ! އަމިއްލަޔަށް ފޭހުނު އިލޮށިތައް ލޮލަށް ތިޔަ ދަނީ ހެރެމުން!

    13
  18. ކޮރަލް

    ކައުންސިލް ތަކަށް މީހުން ހޮވަން ވޯޓް ލާއިރު ކުލިވަރު ދައްކާލާ ނަމެވެވެ.