ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ ރެޑް ވޭވުން މިހާރު ކުރިއަށްގެންދާ "ރެޑްވޭވް ހަފްތާ ސޭލް" ވަރަށް ކާމިޔާބު ކަމަށް ރެޑްވޭވް އިން ބުނެފިއެވެ.

ރެޑް ވޭވުން މިއަދު ބުނީ، ރެޑްވޭވުން ޖުލައި މަހުގެ ފަހު ހަފްތާއިން ފެށިގެން ކުރިއަށްގެންދާ "ރެޑްވޭވް ހަފްތާ ސޭލް"އަަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި، އެ ޕްރޮމޯޝަން ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށްދާ ކަމަށެވެ.

ރެޑްވޭވްގެ މޮ ޕްރޮމޯޝަން މާލެ އަދި ހުޅުމާލޭގައި ޤާއިމް ކުރެވިފައިވާ ރެޑްވޭވް ގެ ހުރިހާ ފިހާރައެއްގައި ކުރިއަށްދެއެވެ. އަދި މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ތިންފަރާތެއް ޤުރުއަތުންދަނީ ހޮވަމުންނެވެ.

އެގޮތުން "ރެޑްވޭވް ހަފްތާ ސޭލް"ގައި ކޮންމެ ހަފްތާއެއްގެ އާދިއްތައިން ބުދައަށް، 100ރ މަތީގެ ކޮންމެ ބިލެއް ހައްދަވާ ކަސްޓަމަރަކަށް ނަސީބު އަގުވަޒަންކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. މީގެ ތެރެއިން 1ވަނަ އަށް 5،000ރ، 2ވަނަ އަށް 3،000ރ އަދި 3ވަނަ އަށް 2،000ރ ރެޑްވޭވުން ދޭނެއެވެ.

ރެޑްވޭވުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން މިގޮތުން ހަތަރު ހަފްތާގެ ނަސީބުވެރިންނަށް ފައިސާގެ އިނާމް ހަވާލުކުރެވިފައިވާކަމަށެވެ. އަދި އިނާމް ލިބޭފަރާތްތައް ދަނީ ރެޑްވޭވްގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި ފޮޓޯއާއިއެކު އިއުލާން ކުރެވެމުންދާކަމަށްވެސް މައުލޫމާތު ދެއެވެ.

މީގެއިތުރުންވެސް ހަފްތާ ސޭލްގައި ކުރިއަށްދާ ކްލިއަރެންސް ސޭލްތަކަށް ވެސް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބިގެންދާކަމުގައި ރެޑްވޭވުން ބުންޏެވެ.

ރެޑްވޭވުން ވަނީ ވީހާވެސް ގިނަ ކަސްޓަމަރުން ރެޑްވޭވްގެ ފިހާރަތަކަށް ވަޑައިގެން، ހަފްތާ ސޭލްގައި ބައިވެރިވެ ނަސީބު އަގުވަޒަންކޮށްލުމަށް އެދިފައެވެ.

ރެޑްވޭވްގެ ހަފްތާ ސޭލް ކުރިއަށްދާގޮތަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް ކަސްޓަމަރުންގެ ފަރާތުން ލިބިގެންދާ ތަރުހީބަށް ބެލުމަށްފަހު ޕްރޮމޯޝަންގެ މުއްދަތު އިތުރުކުރެވިގެންދާނޭ ކަމުގައި ރެޑްވޭވުން ބުންޏެވެ.