އޮސްޓްރިއާގެ އުފެއްދުމެއްކަމައްވާ ރައުޚް ބްރޭންޑްގެ ޕްރޮޑަކްޓްތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުން ދަނީ ހެޕީ މާކެޓުންނެވެ. މި ބްރޭންޑްގެ އުފެއްދުންތަކަކީ ދިވެހިންގެ މަޤްބޫލްކަން ހޯދާފައިވާ ޕްރޮޑަކްޓްތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ. މި ބްރޭންޑްގެ އުފެއްދުންތައް 1997 އިން ފެށިގެން ހެޕީމާކެޓުން ދަނީ ރާއްޖެއަށް އެތެރެކޮށް މާކެޓްކުރަމުންނެވެ. ރައުޚް ބްރޭންޑްގެ 3 ޕްރޮޑަކްޓެއް ބާޒާރުން ލިބެން ހުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހެޕީޑޭ، ރައުޚް ޖޫސް އަދި ރައުޚް ޔެލޯއެވެ.

މީގެ ތެރެއިން ދިވެހިންގެ މަޤްބޫލުކަން އެންމެ ބޮޑަށް ހޯދާފައިވާ ރައުޚްގެ އުފެއްދުމަކީ ހެޕީޑޭ ޖޫހެެވެ. މިއީ ރެސްޓޯރަންޓް ތަކުގައި އާއި ރިސޯޓްތަކުގެ ބުފޭ މޭޒުގައި ހުންނަ ޖޫސް ޑިސްޕެންސަރ އިން އާންމުކޮއް ލިބެންހުންނަ ޖޫހެކެވެ. މި ޖޫސް ރާއްޖޭގެ ސުޕަރ މާކެޓްތަކުގައި އާއި ކަންމަތީ ފިހާރަ ތަކުގެ ޑިސްޕްލޭ ރެކްތަކުން ހުސްނުވެ ފެންނަން ހުންނާނެއެވެ.

ހެޕީޑޭގެ ތަފާތު 14 ފްލޭވަރ އެއް ލިބެން ހުންނާނެއެވެ. މީގެ ތެރެއިން ދިވެހިންނަނަށް އެންމެ ކަމުދާ ފްލޭވަރ ތަކަކީ އެޕަލް، އޮރެންޖް، ޕެޝަން ފްރުޓް، ޕިންކް ގޯވާ، ޕޯމަގްރެނޭޓް، މަލްޓިވިޓަމިން، ކްރޭންބެރީ އަދި މެންގޯ އެވެ.

 

ރައުޚް ޖޫހަކީ 200 އެމްއެލްގެ ބިއްލޫރި ފުޅިއެއްގައި ހުންނަ ތަފާތު ރަހަމީރު ޖޫހެކެވެ. ރައުޚް ޖޫހުގެ ލިބެން ހުންނަ ފްލޭވަރ ތަކަކީ އެޕަލް، ކްރޭންބެރީ، މަލްޓިވިޓަމިން، އޮރެންޖް، ސްޓޯބެރީ، މެންގޯ، އޭސް ނެކްޓަރ، އަދި ބްލެކް ކަރަންޓް އޯގޭނިކް އެވެ.

ރައުޚް ޖޫސްތަކުގެ ތެރޭގައި ހިމެނޭ ރައުޚް އޭސް ނެކްޓަރ އަކީ އޮރެންޖް، ކެރެޓް އަދި ލެމަން ޖޫހުގެ މިކްސް ޖޫހެކެވެ. އަދި ރައުޚް ބްލެކް ކަރަންޓް އޯގޭނިކްއަކީ 100% އޯގޭނިކް ޖޫހެކެވެ. ރައުޚް 250 އެމްއެލް އަދި 900 އެމްއެލްގެ ލިބެން ހުންނަ ފްލޭވަރ ތަކަކީ ސްޕާކްލިންގް އެޕަލް، ވައިޓް ގްރޭޕް، އެޕަލް އަދި ރެޑް ގްރޭޕްއެވެ.

 

ބާޒާރުން ލިބެންހުންނަ އެހެން ފްރުޓް ޖޫސްތަކަށްވުރެ ރައުޚް ޖޫހުގެ ފްރުޓް ކޮންޓެންޓް މަތިވާނެއެވެ. ރައުޚް ޔެލޯ ރޭންޖްގެ ޖޫހަކީ ޖުލައި މަހުން ފެށިގެން ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފް ކޮށްފައިވާ ޖޫހެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ރައުޚް ޔެލޯގެ ހެޕީމާކެޓުން މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރާ ފްލޭވާރސްތަކަކީ ރައުޚް ޔެލޯ އެޕަލް، އޮރެންޖް، ގޯވާ، ޕައިންއެޕަލް، މެންގޯ، ކޮކްޓެއިލް، ރެޑް ގްރޭޕްސް އެވެ. މި ފްލޭވާރސް ތަކުގެ 1 ލީޓަރު އަދި 250މލ ގެ ޓެޓްރާ ޕެކެޓްސް ލިބެން ހުރެއެވެ. މީގެ ތެރެއިން 250މލ ސައިޒް މިއީ ސްކޫލްތަކުގެ އިންޓަވަލްގަޑިއަށާއި އިވެންޓްތަކުގައި ރިފްރެޝްމަންޓައް އަދި ކުޑަކުދިންގެ ޕާޓީތަކުގައި ބޭނުން ކުރުމަށް އެންމެ އެކަށީގެންވާ ސައިޒެވެ.

 

ރައުޚް ބްރޭންޑަށް 100 އަހަރު ފުރުނީ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ. އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހެޕީ މާކެޓުން ވަނީ އެތަނުގައި މަސައްކަތް ކުރާ ސްޓާފުންނާއެކު ހަރަކާތެއް ބާއްވާފައެވެ. ހެޕީ މާކެޓުން ރައުޚް ބްރޭންޑްގެ ޕްރޮޑަކްޓްތައް ވިއްކަމުން އަންނަތާ 20 އަހަރު ވެއްޖެއެވެ.