ގޭތެރޭގައި، ޚާއްސަކޮށް ދިރިއުޅޭ ކޮޓަރީގައި އާއި ގިނަވަގުތު ދަތުރުކުރާ ކާރު ތެރޭގައި ނުބައި ވަސް ހިފާފައި ހުރުމަކީ ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލައެކެވެ. ފިހާރަތަކުގައި ވިއްކަން ހުންނަ އެކި ބާވަތްބާވަތުގެ އެއާފްރެޝްނާ ތަކުން މިކަމަށް ވަގުތީ ހައްލެއް ލިބިގެން ދިޔަނަމަވެސް، މާގިނައިރަކަށް އެތަކެތިން ވަސް ރަނގަޅުކޮށް ނުދެއެވެ.

ދުނިޔޭގެ ގިނަ ބަޔަކު ދަންނަ، އަދި އެތައް ބައެއްގެ އިތުބާރު ލިބިފައިވާ "ފުޓަވާން" ބްރޭންޑުން މިވަނީ މިކަމަށްވެސް ޚާއްސަ މޮޅު އުފެއްދުމެއް ތައްޔާރުކޮށްފައެވެ. އެތައް ދުވަހެއް ވަންދެން ކޮޓަރީގައި އާއި ކާރު ތެރޭގައި މީރުވަސް އަށަގެނައުމަށް ޚާއްސަކޮށްގެން އުފައްދާފައިވާ މި ޚާއްސަ އުފެއްދުމަކީ ގިނަ ބަޔަކަށް ކަމުދާ އުފެއްދުމަކަށް ވަނީ ވެގެން ގޮސްފައެވެ.

"ފުޓަވާން - ވޮލްކެނިކް ސްޓޯން އެރޯމާ ސާޝޭ"ގެ ނަމުން ނަންދީފައިވާ މި އެރޯމާއަކީ 100 އިންސައްތަ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ ތަފާތު އުފެއްދުމެކެވެ. މި އުފެއްދުމުގެ އެންމެ ޚާއްސަ އެއް ކަމަކީ، އެތައް ދުވަހެއް ވަންދެން އޭގައި އެކުލެވޭ ހިތްފަސޭހަ މީރު ވަހުގެ ސަބަބުން ތާޒާކަން ގެނެސްދިނުމާއި އެކު ސިއްޙަތައް ނޭދެވޭ އެއްވެސް އަސަރެއް އެއިން ނުކުރާ ކަމެވެ.

ކާރުތަކާއި އެނޫންވެސް ބަންދު ވެހިކަލްތަކުގެ ތެރޭގައި އާއި، ކުޑަ ކޮޓަރިތަކުގެ އިތުރުން އަންނައުނު ބަހައްޓާ އަލަމާރި ތެރޭގައި ބޭނުންކޮށްލެވޭ މި އެރޯމާ އަކީ ކުޑަ ކޮތަޅެއްގައި ބަންދުކޮށްފައިވާ މީރުވަސް އެކުލެވޭ ހިލަތައް ބޭނުންކޮށްގެން ހަދާފައިވާ އެރޯމާއެކެވެ. މަދުވެގެން އެއް މަސް ދުވަހު ބޭނުންކޮށްލެވޭ މި އެރޯމާގެ މީރުވަސް ކެނޑެން ފެށުމުން މި ހިލަކޮޅުތައް ތަޅުވާލުމުން އަނެއްކާވެސް އެއަށް ތާޒާކަން ގެނުވައި ވަސް ރަނގަޅުކޮށްދޭ ކަމީ މި އުފެއްދުމުގެ އެންމެ އަޖައިބު ކުރުވަނި އެއް ސިއްރެވެ.

މި އެރޯމާ ބޭގުގައި އަތްލުމަށްފަހު ރަނގަޅަށް އަތް ދޮވެލުމަކީ ރައްކާތެރި ކަމަށްޓަކައި ކޮށްލުން މުޙިންމު ކަމެކެވެ. އަދި ކުޑަކުދިން އަތް ނުފޯރާ ހިސާބުގައި، ކޮޓަރީގައި ނަމަ އުސް ތަނެއްގައި އަޅުވާފައި ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތެވެ. އަލަމާރީގައި މި އެރޯމާ ބޭގް އަޅުވާފައި ބަހައްޓާއިރު، ހެދުމުގައި ނުޖެހޭ ގޮތަށް ބެހެއްޓުމަށްވެސް ސަމާލުކަން ދިނުން މުޙިންމެވެ. އެއީ މި އުފެއްދުމުގައި އެކުލެވޭ ބައިތަކުގެ ސަބަބުން ފޮއްޗަށް ކުލަ އަރާފާނެ ކަމަށްޓަކައެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭއެމްވީ" އިން މިހާރު މި އުފެއްދުން ވިއްކަމުންދާއިރު، އެފަރާތުން ދަނީ މި އެރޯމާގެ ހަތަރު ވައްތަރެއް ވިއްކަމުންނެވެ. އޭގެތެރޭގައި ހިމެނެނީ، "ލެމަން ގްރާސް ލަވާ އެރޯމާ"، "ޑްރީމް ސެންޓް އެރޯމާ"، "ބްލޫމިންގް ސަކޫރާ އެރޯމާ" އަދި "ވައިލްޑް އެރޯމާ" އެވެ. ތަފާތު އެކި ވަސް އެކުލެވޭހެން އުފައްދާފައިވާ މިއިން ކޮންމެ އެރޯމާ އެއްވެސް "ލިބޭއެމްވީ" އިން ވިއްކަމުން ދަނީ 250 ރުފިޔާ އަށެވެ.

"ލިބޭއެމްވީ" އިން ތަކެތި އޯޑަރު ކުރުމުގެ ފުރުސަތު، އެފަރާތުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް އޮތްއިރު، "ލިބޭއެމްވީ"ގެ ނަމްބަރު، 7660630 އަށް ގުޅައިގެންވެސް އޯޑަރުކޮށް މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު ވަނީ ހުލުވާލާފައެވެ. "ލިބޭއެމްވީ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ.



"ލިބޭއެމްވީ" އިން ވިއްކާ ބައެއް އެހެން ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. ދަތްފަނިކެއުން ހުއްޓުވާ ޚާއްސަ ދަތްއުނގުޅާ ބޭސް
(އަގު: 145 ރުފިޔާ) [އިތުރު މައުލޫމާތު]


2. ސެންޓިއޯ އަލޮވެރާ & ހަޔަލަނޭޓް ފޭޝަލް މާސްކް އަދި ސްކްރަބް
(އަގު - ފޭޝަލް މާސްކް: 300 ރުފިޔާ) / (އަގު - ފޭޝަލް ސްކްރަބް: 300 ރުފިޔާ) [އިތުރު މައުލޫމާތު]


3. އަލޮވެރާ ޖެލް
(އަގު: 150 ރުފިޔާ) [އިތުރު މައުލޫމާތު]


4. ކްލިނިކް: ފްރެޝް ޕްރެސްޑް - 7 ޑޭއި ސިސްޓަމް (1000 ރުފިޔާ) [އިތުރު މައުލޫމާތު]


5. ވަޓްސަން ބޮޑީ ވޮޝް - ސްޓްރޯބެރީ (410 ގްރާމް: 190 ރުފިޔާ) [އިތުރު މައުލޫމާތު]


6. ވަޓްސަން ބޮޑީ ވޮޝް - ޓަމަރިންޑް (410 ގްރާމް: 190 ރުފިޔާ) [އިތުރު މައުލޫމާތު]


7. ޕަތުންތިޕް - ހެއާކެއާ ޕެކް (1250 ރުފިޔާ) [އިތުރު މައުލޫމާތު]


8. އަނގައިން ނުބައިވަސް ކަނޑުވާލާން އެންމެ މޮޅު "ކޮކޯމޭޓް" (40 ރުފިޔާ) [އިތުރު މައުލޫމާތު]


9. އަތުގެ ހަންގަނޑު މަޑުކޮށް، ތާޒާކޮށްދޭ ""ފުޓްވާން ހޭންޑްކްރީމް" (130 ރުފިޔާ) [އިތުރު މައުލޫމާތު]


10. ދުވަސްކޮޅެއްގެ ތެރޭގައި ދަތްތައް ދެގުނައަށް ހުދުކޮށްދޭ "ރަސްޔަން - އެކްސްޓްރާ ވައިޓް ހާބަލް ޓޫތްޕޭސްޓް" (150 ރުފިޔާ) [އިތުރު މައުލޫމާތު]


11. އިސްތަށިގަނޑު ހަލާކުވާ މައްސަލައަށް އޮތް ފަރުވާ [އިތުރު މައުލޫމާތު]


12. ބޮލުން އިސްތަށިފައިބާ ހަންފޮޅެންޏާ ބޭނުންކުރަން އެންމެ ރަނގަޅީ "ފުޓަވަން" [އިތުރު މައުލޫމާތު]