ގޭތެރޭގައި، ޚާއްސަކޮށް ދިރިއުޅޭ ކޮޓަރީގައި އާއި ގިނަވަގުތު ދަތުރުކުރާ ކާރު ތެރޭގައި ނުބައި ވަސް ހިފާފައި ހުރުމަކީ ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލައެކެވެ. ފިހާރަތަކުގައި ވިއްކަން ހުންނަ އެކި ބާވަތްބާވަތުގެ އެއާފްރެޝްނާ ތަކުން މިކަމަށް ވަގުތީ ހައްލެއް ލިބިގެން ދިޔަނަމަވެސް، މާގިނައިރަކަށް އެތަކެތިން ވަސް ރަނގަޅުކޮށް ނުދެއެވެ.

ދުނިޔޭގެ ގިނަ ބަޔަކު ދަންނަ، އަދި އެތައް ބައެއްގެ އިތުބާރު ލިބިފައިވާ "ފުޓަވާން" ބްރޭންޑުން މިވަނީ މިކަމަށްވެސް ޚާއްސަ މޮޅު އުފެއްދުމެއް ތައްޔާރުކޮށްފައެވެ. އެތައް ދުވަހެއް ވަންދެން ކޮޓަރީގައި އާއި ކާރު ތެރޭގައި މީރުވަސް އަށަގެނައުމަށް ޚާއްސަކޮށްގެން އުފައްދާފައިވާ މި ޚާއްސަ އުފެއްދުމަކީ ގިނަ ބަޔަކަށް ކަމުދާ އުފެއްދުމަކަށް ވަނީ ވެގެން ގޮސްފައެވެ.

"ފުޓަވާން - ވޮލްކެނިކް ސްޓޯން އެރޯމާ"ގެ ނަމުން ނަންދީފައިވާ މި އެރޯމާއަކީ 100 އިންސައްތަ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ، ވަރަށް ތަފާތު އުފެއްދުމެކެވެ. މި އުފެއްދުމުގެ އެންމެ ޚާއްސަ އެއް ކަމަކީ، އެތައް ދުވަހެއް ވަންދެން އޭގައި އެކުލެވޭ މީރު ވަހުގެ ސަބަބުން، ހިތްފަސޭހަ ކަމާއި ތާޒާކަން ގެނެސްދިނުމާއި އެކު ސިއްޙަތައް ނޭދެވޭ އެއްވެސް އަސަރެއް އެއިން ނުކުރާ ކަމެވެ.

ކާރުތަކާއި އެނޫންވެސް ބަންދު ވެހިކަލްތަކުގެ ތެރޭގައި އާއި، ކުޑަ ކޮޓަރިތަކުގެ އިތުރުން އަންނައުނު ބަހައްޓާ އަލަމާރި ތެރޭގައި ބޭނުންކޮށްލެވޭ މި އެރޯމާ އަކީ ކުޑަ ކޮތަޅެއްގައި ބަންދުކޮށްފައިވާ މީރުވަސް އެކުލެވޭ ހިލަތައް ބޭނުންކޮށްގެން ހަދާފައިވާ އެރޯމާއެކެވެ. މަދުވެގެން އެއް މަސް ދުވަހު ބޭނުންކޮށްލެވޭ މި އެރޯމާގެ މީރުވަސް ކެނޑެން ފެށުމުން މި ހިލަކޮޅުތައް ތަޅުވާލުމުން އަނެއްކާވެސް އެއަށް ތާޒާކަން ގެނުވައި ވަސް ރަނގަޅުކޮށްދޭ ކަމީ މި އުފެއްދުމުގެ އެންމެ އަޖައިބު ކުރުވަނި އެއް ސިއްރެވެ.

މި އެރޯމާ ބޭގުގައި އަތްލުމަށްފަހު ރަނގަޅަށް އަތް ދޮވެލުމަކީ ރައްކާތެރި ކަމަށްޓަކައި ކޮށްލުން މުޙިންމު ކަމެކެވެ. އަދި ކުޑަކުދިން އަތް ނުފޯރާ ހިސާބުގައި، ކޮޓަރީގައި ނަމަ އުސް ތަނެއްގައި އަޅުވާފައި ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތެވެ. އަލަމާރީގައި މި އެރޯމާ ބޭގް އަޅުވާފައި ބަހައްޓާއިރު، ހެދުމުގައި ނުޖެހޭ ގޮތަށް ބެހެއްޓުމަށްވެސް ސަމާލުކަން ދިނުން މުޙިންމެވެ. އެއީ މި އުފެއްދުމުގައި އެކުލެވޭ ބައިތަކުގެ ސަބަބުން ފޮއްޗަށް ކުލަ އަރާފާނެ ކަމަށްޓަކައެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ" އިން މިހާރު މި އުފެއްދުން ވިއްކަމުންދާއިރު، އެފަރާތުން 250 ރުފިޔާއަށް ވިއްކާ މި އެރޯމާގެ ތަފާތު އެކި ވަސްތައް އެކުލެވޭ 10 ވައްތަރެއް ވިއްކަމުން ދެއެވެ. އެއީ:

1. ބްލޫމަރިންގް ސަކޫރާ ވޮލްކެނިކް އަރޯމާ
2. ސޭޑަރ ބްލޮސަމް ވޮލްކެނިކް އަރޯމާ
3. ޑްރީމްސެންޓް ވޮލްކެނިކް އަރީމާ
4. ޑްރީމީ ވަޔަލެޓް ވޮލްކެނިކް އަރޯމާ
5. ލެމަން ގްރާސް ލަވަރ ވޮލްކެނިކް އަރޯމާ
6. އޮކޭޝަން ރޯޒް ވޮލްކެނިކް އަރޯމާ
7. ޕޮމެގްރަނޭޓް އަލްމަންޓް ވޮލްކެނިކް އަރޯމާ
8. ވާބެނާ ވޮލްކެނިކް އަރޯމާ
9. ވައިޓް ކަމޭލިއާ ވޮލްކަނިކް އަރޯމާ
10. ވައިލްޑް ވޮކްލަނިކް އަރޯމާ

"ލިބޭ" އިން ތަކެތި އޯޑަރު ކުރުމުގެ ފުރުސަތު، އެފަރާތުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް އޮތްއިރު، "ލިބޭއެމްވީ"ގެ ނަމްބަރު، 9946822 އަށް ގުޅައިގެންވެސް އޯޑަރުކޮށް މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު ވަނީ ހުލުވާލާފައެވެ. "ލިބޭ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ.




"ލިބޭ" އިން ވިއްކަމުންދާ އިތުރު ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. އަނގައިން ނުބައިވަސްދުވުން ހުއްޓުވައިދޭ ކޮކޯމޭޓް ޓޫތްޕޭސްޓް (10 އެމްއެލް 40 ރުފިޔާ / 110 އެމްއެލް 200 ރުފިޔާ)


2. ހަށިގަނޑު ދޮންކޮށްދޭ، ވަޓްސަންސް ސްޓޯބެރީ އެކްސްޓްރެކްޓް (190 ރުފިޔާ)


3. ބަނޑު ހިންދާލުމަށް ޚާއްސަ ކޮފީ (200 ރުފިޔާ)


4. hހަލާކު ވެފައިވާ އިސްތަށިގަނޑަށް ޚާއްސަ ސެރަމް (100 ރުފިޔާ)


5. މަދިރީގެ އުނދަގުލުން ސަލާމަތްވުމަށް ޚާއްސަ އެއާފްރެޝްނަރ އެއް (100 ރުފިޔާ)


5. ހަންގަނޑުން ރޫ ފިލުވާލެވޭ "ޝީ ބަޓަރ" (150 ރުފިޔާ)