ސައިކަލު ޓެކްސީ ދިވެހިންގެ ތެރެއަށް ތައާރަފްވެގެން ގޮސް އެތައް ބަޔަކު އެ ހިދުމަތް ހޯދަމުން ދެއެވެ. އެ ހިދުމަތް ދިނުން ދުވަސްކޮޅަކަށް މަޑު ޖެހުނު ނަމަވެސް، އަލުން އެ ހިދުމަތް އިއާދަކޮށްދިނީ އަވަސް ރައިޑް އިންނެވެ. ސައިކަލް ޓެކްސިގެ ހިދުމަތް އެނބުރި އައިސް، ވައިގައި ހިފީ، އަވަސް ރައިޑްގެ ސަބަބުންނެވެ.

އަވަސް ރައިޑް އިން އެ ހިދުމަތް މިހާރު މާލެ ސިޓީއަށް ދެމުން އަންނައިރު، އެ ހިދުމަތް މިހާރު، މިހާ މަޝްހޫރު ވެފައި ވަނީ އަވަސް ރައިޑްގެ ސަބަބުންނެވެ.

ޓްރެފިކް ބާރުބޮޑު މި މާލޭގައި އަވަސް ރައިޑްގެ ފަރާތުން ދެމުން އަންނަ ސައިކަލު ޓެކްސީގެ ސަބަބުން، ގަޑިޖެހިގެން ތަންތަނަށް ދެވުން މަދުވެއްޖެއެވެ. އެކަނި އަވަހަށް ތަނަކަށް ދާން ބޭނުންވެއްޖެ ނަމަ އަަވަސް ރައިޑްގެ އެޕް މެދުވެރިކޮށް، ސައިކަލު ޓެކްސީއެއް ނަގާ ބޭނުންވާތަަކަށް ދާންވީއެވެ.

އަވަސް ރައިޑް އެޕާއެކު، އެ ހިދުމަތް ހޯދަންވެސް މިހާރު އުދަގުލެެއް ނޫނެވެ. އަވަސް ރައިޑް އެޕް މެދުވެރިކޮށް ސައިކަލް ޓެކްސީ ފަސޭހައިން ލިބެއެވެ. އަގުވެސް އެހާ ކުޑައެވެ. އެ ހިދުމަތުގެ އަގަކަށް މާލެ ތެރޭގައި ނަމަ ނަގާނީ 10 ރުފިޔާއެވެ. މާލެ އިން ހުޅުމާލެ، ހުޅުމާލެ އިން މާލެއަށް ދަތުރު ކުރާނަމަ 40 ރުފިޔާ ނަގާނެއެވެ. އެއާޕޯޓަށް ނަމަ 35 ރުފިޔާއެވެ.

https://www.facebook.com/293498351263734/posts/361496324463936?sfns=mo

އަވަސް ރައިޑުން މައުލޫމާތުދިންގޮތުގައި، މިހާރު ސްކޫލްތަކަށް ކުދިން ފޮނުވާއިރުވެސް އަވަސް ރައިޑްގެ ސައިކަލް ޓެކްސީ ހިދުމަތް ހޯދަމުން އަންނަ މީހުން މަދެއް ނޫނެވެ. އޮފީހުގެ ކަމެއްގައި ވިޔަސް އަދި އެ ނޫން ކަމެއްގައި ވިޔަސް މާލެ ސިޓީގެ ތަނަކަށް ދާން ގިނަބަޔަކު މިހާރު ސައިކަލު ޓެކްސީ ބޭނުން ކުރެއެވެ.

އަވަހަށް ތަނަަކަށް ދެވޭ ގޮތް އަވަސް ރައިޑްގެ ސައިކަލު ޓެކްސީ މެދުވެރިކޮށް ވާތީ މިއަދު ގިނަބަޔަކު އަވަސް ރައިޑްއަށް ތައުރީފްވެސް ކުރަމުން ދެއެވެ. މިއީ ހަރަދު ކުޑަ އަދި އެހާމެ އަވަސްކަމާއެކު ލިބޭ ހިދުމަތެކެވެ.

މިއީ އެކަނި ދަތުރުކޮށްލާ ފަރާތްތަކަށް އަވަސް އަދި ރައްކާތެރި ހިދުމަތެއްވެސް މެއެވެ.