ގައުމީ އެއާލައިން މޯލްޑިވިއަން އިން މާލެ އާއި އިންޑިއާގެ ކޮޗިން އާ ދޭތެރޭ ސީދާ ދަތުރުތައް ފަށާއިރު، ދެކޮޅު ޓިކެޓުގެ އަގު އުޅޭނީ 150 ޑޮލަރަށްކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މާލެ-ކޮޗިންގެ އިތުރުން މޯލްޑިވިއަން އިން ވަނީ ހަނިމާދު އާއި ކޮޗިން އާ ދޭތެރޭ ވެސް ދަތުރުތައް ފަށާނެކަން އިއުލާނުކޮށްފައެވެ.

މޯލްޑިވިއަން އިން ބުނީ، އަންނަ އޮކްޓޯބަރު މަހުގެ 27 އިން ފެށިގެން މޯލްޑިވިއަން އިން މާލެ-ކޮޗިންގެ އިތުރުން ހަނިމާދޫ-ކޮޗިން އާއި ދެމެދު ދަތުރުތައް ފަށާނެ ކަަމަށެވެ.

މާލެ-ކޮޗިންގެގެ ކޮޅު ޓިކެޓުގެ އަގު އުޅެނީ 150 ޑޮލަރަށެވެ. ހަނިމާދުއިން ކޮޗިން އަށް ދެކޮޅު ޓިކެޓު އުޅެނީ 199 ޑޮލަރަށެވެ.

އެ އެއާލައިނުން މައުލޫމާތުދިންގޮތުގައި، މާލެ-ކޮޗިން، ހަނިމާދޫ-ކޮޗިން އާއި ދެމެދު ކޮންމެ ހަފްތާއަކު ތިން ދަތުރު ކުރާނެއެވެ.

މޯލްޑިވިއަން އިން ދަނީ ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް އަވަސް މުސްތަޤްބަލެއްގައި ދަތުރުފަށަން ތައްޔާރުވަމުންނެވެ. އެގޮތުން އިންޑިޔާގެ އިތުރު ސިޓީތަކަށާއި ސްރީލަންކާގެ ކޮލަމްބޯއަށްވެސް ދަތުރުފަށަން މޯލްޑިވިއަން އިން ދަނީ ތައްޔާރުވަމުން ކަމަށް މޯލްޑިވިއަން އިން ވަނީ ހާމަކޮށްފައެވެ.

ފަހަކަށް އައިސް އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމަށް ވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު