އިންޓެންސް.އެމްވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ސެންޓުގެ ވިޔަފާރި ކުރަމުން އަންނަ އޮންލައިން ޕޭޖެކެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ސެންޓުގެ ވިޔަފާރިއަށް ވަދެ، މިއަދު ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ ސެންޓްތައް އިންޓެންސް.އެމްވީން ވަނީ ދިވެހިންނާއި ހަމައަށް ގެނެސްދީފައެވެ.

ނަންް ހުސްކޮށް އެތައް ވައްތަރެއްގެ މީރު ވަސް ދުވާ ސެންޓް އެ ޕޭޖުން ވިއްކަމުން އަންނައިރު، އެ ޕޭޖުން ވިއްކާނީ ހަމައެކަނި ބްރޭންޑެޑް ސެންޓެވެ. ސެންޓް ގަންނަ މީހުންގެ އެންމެ ބޮޑު އިތުބާރެއް ކުރާ ޕޭޖަކަށް ވެސް އިންޓެންސް.އެމްވީ ވެގެން ދިއުމުގެ ހަޤީޤީ ސަބަބަކީ ހަމައެކަނި އޮރިޖިނަލް ސެންޓް ވިއްކާ ޕޭޖަކަށް އެޕޭޖް ވެފައިވުމެވެ.

ދެ ޖިންސަށްވެސް ހާއްސަކޮށް ސެންޓު އެ ޕޭޖް މެދުވެރިކޮށް ލިބެން ހުންނައިރު، މި އަހަރު ތެރޭގައި އެންމެ ފަހުން ނެރުނު ސެންޓްތައް މިހާރުވެސް އެ ޕޭޖުން ލިބެން ހުންނާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ޕޭޖުން ވިއްކަމުން އަންނަ ސެންޓްތަކުގެ ތެރޭގައި، ދުނިޔޭގެ ބާޒާރަށް ނެރެމުން އަންނަ އެންމެ ފަހުގެ ސެންޓްތައް ހިމެނޭނެއެވެ.

އިންޓެންސް.އެމްވީ ވިއްކާ ސެންޓްތަކަކީ ރާއްޖޭގައި ސެންޓް ވިއްކާ ފިހާރަތަކަށްވުރެ އަގުހެޔޮކޮށް ސެންޓް ވިއްކަމުން އަންނަ ބައެކެވެ. އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ އިންޓެންސް.އެމްވީން ވިއްކާ ސެންޓްތައް ފަށާ އަގަކީ 350 ރުފިޔާއެވެ.

އިންޓެންސް.އެމްވީން ވިއްކާ ސެންޓްތައް މާލެ އާއި ހުޅުމާލެއަށް ފްރީ ޑެލިވަރީ ހިދުމަތް ދޭނެއެވެ. އަދި މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ރަށްރަށަށް ފްރީ ޑެލިވަރީގެ ހިދުމަތްވެސް އެ ޕޭޖުން ދެއެވެ.

އެ ޕޭޖުން ވިއްކާ ސެންޓްތައް ގަތުމަށް، ފޭސްބުކް މެދުވެރިކޮށާއި، 7750004 އަށް ގުޅައިގެން ނުވަތަ ވައިބާ/ވަޓްސްއެޕް ކޮށްގެންވެސް ބޭނުންވާ ސެންޓް ފުޅިއެއް ގަތުމުގެ ފުރުސަތު އޮންނާނެއެވެ.

އިންޓެންސް އެމްވީ ވަނީ އޮރިޖިނަލް ސެންޓް ގަންނަން ބޭނުންވާ މީހުންގެ އެއްވަނަ ޗޮއިސް އަށް މިއަދު ވެފައެވެ. އިންޓެންސް އެމްވީގެ އަމާޒަކީ އެމަގާމު ދެމެހެއްޓުމެވެ.