އެންމެ ހެޔޮއަގުގައި ބްރޭންޑެޑް ފޯން ވިއްކަމުން އަންނަ ސުޕަރ މޯބައިލް ފިހާރައިން އިންސްޓޯލްމެންޓަށް ފޯން ދޫކުރަން ފަށައިފިއެވެ.

އެ ފިހާރައިން މައުލޫމާތުދިންގޮތުގައި، ކަސްޓަމަރުންނަށް ވީހާވެސް ލުއި ގޮތަކަށް، އެ ފިހާރައިން ވިއްކަމުން އަންނަ ބްރޭންޑެޑް ހުރިހާ ފޯންތައްވެސް އިންސްޓޯލްމެންޓަށް ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ކަސްޓަމަރަކު ބޭނުންވާ ފޯން އިންސްޓޯލްމެންޓަށް ނަގަން ބޭނުންވެ އެކަމަށް ހުށަހަޅާތާ، އެއް ދުވަސް ނުވަތަ ދެ ދުވަސް ތެރޭގައި ފޯން ލިބޭނެ ކަމަށް އެ ފިހާރައިން މައުލޫމާތު ދެއެވެ.

ސުޕަރ މޯބައިލް އިން ދަނީ އެންމެ ފަހުގެ ބްރޭންޑެޑް ފޯނުތަކާއި، އެ ފޯނުތަކާއި ގުޅުން ހުރި އެސެސަރީސްތައް ވިއްކަމުންނެވެ. އަދި ފޯންތައް މަރާމާތު ކުރުމުގެ މަސައްކަތްވެސް އެ ފިހާރައިން ކުރަމުން ދެއެވެ.

ސެމްސެންގ، ވާވޭ، ޒިއޯމީ، ނޮކިއާ މި ބްރޭންޑްތަކުގެ އެންމެ ފަހުގެ ފޯންތައް އެ ފިހާރައިން ލިބެން ހުންނާނެއެވެ. އަދި އެ ފިހާރައިން އެޕަލް ވޮޗް ސީރީޒް 4 އާއި ސެމްސަންގެ ވޮޗްވެސް ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން، ސެމްސަންގ އިން އެންމެ ފަހުން ނެރުނު ސެމްސަންގ ނޯޓް 10 އާއި 10 ޕްލަސް މިހާރު އެ ފިހާރައިން ލިބެންް ހުންނާނެއެވެ.

ސުޕަރ މޯބައިލް ފިހާރައާއި ގުޅޭނެ ނަމްބަރަކީ 7519966 އަދި 9918006 އެެވެ. މި ނަމްބަރްތަކަށް ގުޅައިގެންނާއި، މެސެޖްކޮށްގެން އިންސްޓޯލްމެންޓް ޕްލޭންތަކާއި ގުޅުން ހުރި މައުލޫމާތު ލިބޭނެއެވެ. އަދި އެ ނަމްބަރުތަކަށް ގުޅައިގެން ނުވަތަ ވައިބަރ ކޮށްގެން ބޭނުންވާ ފޯނެއް ޑެލިވަރ ކޮށްދިނުމުގެ ހިދުމަތްވެސް ލިބިގެން ދާނެއެވެ.

ސުޕަރ މޯބައިލް ފިހާރައިން މާލެ ހުޅުމާލޭގެ އިތުރުން، ރިސޯޓްތަކަށާއި، އަތޮޅު ތެރެއަށްވެސް ޑެލިވަރީ ހިދުމަތް ދެއެެވެ.

އެ ފިހާރަ ހުންނާނީ އަލި ރަސްގެފާނު މަގާއި، ބޮޑު ރަސްގެފާން މަގު ގުޅޭ ކަންމަތީގައެވެ.