މަޝްހޫރު ހޮންޑާ ބްރޭންޑްގެ ސައިކަލު ވިއްކަމުން އަންނަ ރާއްޖޭގެ ހަމައެކަނި ހޮންޑާ އޮތޮރައިޒް ޑިސްޓްރިބިއުޓަރ ޝީޝާ އިން "ބޯނަސް"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދު ފެށިގެން އެއް މަސް ދުވަހުގެ ނިޔަލަށް ޝީޝާ އިން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އެތަނުން ގަންނަ ސައިކަލުތަކުން ޙާއްސަ ޑިސްކައުންޓެއް ލިބޭނެއެވެ. އެގޮތުން މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ގަންނަ ކޮންމެ ސައިކަލަކު 3000 ރުފިޔާ އާއި 6000 ރުފިޔާ ދެމެދުގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް ޝީޝާ އިން މައުލޫމާތުދެއެވެ.

ޝީޝާ ޝޯރޫމް - ފޮޓޯ: ޝީޝާ

މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ޝީޝާ އިން ގަންނަ ކޮންމެ ސައިކަލަކާއެކު ހާއްސަ ހަދިޔާއެއްވެސް ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި، ހޮންޑާ ބްރޭންޑް ގެ ޕްރޮޓެކްޓިވް ކަވަރު، ހޮންޑާ ބްރޭންޑްގެ ހެލްމެޓް، އެޗް.ޓޫ.ސީ ބްރޭންޑްގެ ހެލްމެޓް އަދި ކުޑަކުދިންގެ ޓީޝާޓު ހިމެނެއެވެ.

ޝީޝާ ޝޯރޫމް - ފޮޓޯ: ޝީޝާ

 

މި ހާއްސަ ޑިސްކައުންޓް ޝީޝާ އިންސްޓޯލްމެންޓަށް ސައިކަލު ނަގާ ފަރާތްތަކަށާއި އިސްލާމިކް ބޭންކް މެދުވެރިކޮށް ސައިކަލި ގަންނަ ފަރާތް ތަކަށްވެސް ލިބިގެންދާނެއެވެ.

ޝީޝާ ޝޯރޫމް - ފޮޓޯ: ޝީޝާ

ޝީޝާ އިން މިހާރުވެސް ދަނީ ހޮންޑާ ބްރޭންޑްގެ އެންމެ ފަހުގެ ސައިކަލު ވިއްކަމުންނެވެ. މީގެ ތެރޭގައި، ރާއްޖޭގެ އެންމެ މަގުބޫލު އެއާބްލޭޑްގެ އެންމެ ފަހުގެ މޮޑެލްގެ ސައިކަލާއި، އެންމެ ތެޔޮ ހަރަދުކުޑަ މޮޑެލް ސައިކަލުކަމުގައިވާ ވޭވް125އައި، އަދި ވޭވް110އައިގެ އެންމެ ފަހުގެ މޮޑެލް ސައިކަލާއި، ދެ ޖިންސަށް ހާއްސަ ފަހުގެ ސްކޫޕީއައި މޮޑެލްގެ ސައިކަލާއި، ޒޫމާއެކްސް ހިމެނެއެވެ.

ޝީޝާ ޝޯރޫމް - ފޮޓޯ: ޝީޝާ

ޝީޝާގެ އައުޓްލެޓްތައް މާލޭގެ އިތުރުން، ހުޅުމާލެ، އައްޑޫ ސިޓީ، ކުޅުދުއްފުށި، އަދި ފުވައްމުލަކުގައިވެސް ދަނީ ހިންގަމުންނެވެ. މި ހުރިހާ އައުޓްލެޓެއްވެސް މި ޙާއްސަ ޕްރޮމޯޝަން ކުރިއަށްދާނެއެވެ.

ޝީޝާ ޝޯރޫމް - ފޮޓޯ: ޝީޝާ

ޝީޝާއަކީ ރާއްޖޭގެ މަޝްހޫރު "ހޮންޑާ" ސައިކަލު ވިއްކުމުގެ ހަމައެކަނި އޮތޮރައިޒް ޑިސްޓްރިބިއުޓަރކަން ލިބިފައިވާ ކުންފުންޏެވެ.