ދިވެހިންގެ ފުރަތަމަ އަތަރު ބްރޭންޑް "އޫދު އަލް ސަބާޔާ"ގެ ކަސްޓަމަރުންނަށް އަނެއްކާވެސް މިއޮތީ އުފާވެރި ހަބަރެކެވެ.

ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ވެލްވެޓް މަސްކްގެ ޕާފިއުމް ރޭ "އޫދު އަލް ސަބާޔާ" އިން މިވަނީ ތައާރަފްކޮށް، ކަސްޓަމަރުން ކުރަމުން އައި ދިގު އިންތިޒާރަށް ނިމުމެއް ގެނެސްފައެވެ. ވެލްވެޓް މަސްކް ޕާފިއުމް އަކީ ދެ ޖިންސައްވެސް ހާއްސަ ސެންޓެކެވެ.

އޫދު އަލް ސަބާޔާގެ މޭނޭޖިންގ ޑިރެކްޓަރު ހުސެއިން ޝަބީން "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ، ވެލްވެޓް މަސްކްގެ ޕާފިއުމް ތައާރަފް ކުރުމަށް އަހަރެއްހާ ދުވަސް ހޭދަވި ކަމަށާއި، އެ ޕާފިއުމް މާކެޓަށް ނެރުމަށް ގިނަ ދިރާސާތަކެއް ކުރަން ޖެހުނު ކަމަށެވެ.

"ވެލްވެޓް މަސްކަކީ ވަރަށް މަޑު މީރު ވަހެއް އެކުލެވޭ ސެންޓެއް. އެހެންކަމުން އަޅުގަނޑުމެން މި ޖެހުނީ މީގެ ވަސް ގިނަ އިރު ހުންނާނެ ގޮތެއް ހޯދަން. އެގޮތުން އަހަރެއްހާ ދުވަހުގެ މަސައްކަތަށް ފަހު ރޭ އަޅުގަނޑުމެން މި ސެންޓް މި ތައާރަފްކުރީ. އިންޝާﷲ އެންމެ މަދުވެގެން އެއް ދުވަސް ވަންދެން ސެންޓުގެ ވަސް ނުކެނޑި ހުންނާނެ،" ހުސެއިން ޝަބީން ވިދާޅުވިއެވެ.

ޝަބީން އިތުރަށް ވިދާޅުވީ، އޫދު އަލް ސަބާޔާ، އޯއޭއެސްގެ ސެންޓުތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި، ގިނަ ކަސްޓަމަރުންގެ ޑިމާންޑް އޯއޭއެސްގެ ސެންޓުތަކަށް އޮންނަ ކަމަށެވެ.

އޮންލައިން ޕޭޖަކުން ފެށި "އޫދު އަލް ސަބާޔާ" އަކީ މިއަދު ދިވެހިންގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ބްރޭންޑެެކެވެ. ދިވެހިންގެ ފުރަތަމަ އަތަރު ބްރޭންޑްގެ އިތުރުން "އޫދު އަލް ސަބާޔާ" އަކީ ދިވެހިންގެ ފުރަތަމަ އަތަރު ޕާފިއުމް އަދި އަތަރު ލޯޝަންގެ އިތުރުން އަތަރު އެއަރފްރެޝަނަރ ބްރޭންޑްވެސް މެއެވެ.

"އޫދު އަލް ސަބާޔާ" ގެ އުންމީދަކީ މުސްތަގުބަލުގައި ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ އަތަރު ބްރޭންޑަކަށް ހަދައި ދުނިޔޭގެ ކޮންމެ ހިސާބަކުން "އޫދު އަލް ސަބާޔާގެ" ޕްރޮޑަކްޓްތަށް ގަނެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމެވެ.

އޫދް އަލް ސަބާޔާގެ މާލެ ފިހާރަ ހުންނާނީ މާފަންނު މިރިޔަސް މަގުގައެވެ. މި ބްރޭންޑްގެ ފިހާރައެއް އައްޑޫގައި ވެސް ހިންގަމުންދެއެވެ. އަދި އޫދް އަލް ސަބާޔާގެ ޕްރޮޑަކްޓްތައް ރީޓެއިލްކޮށް ހުޅުމާލެ ޝަރޫ މާޓުން ލިބެން ހުންނާނެއެވެ. އޫދް އަލް ސަބާޔާއާ ގުޅޭނެ ފޯން ނަމްބަރަކީ 9495757 އެވެ.